އިސްރާއީލް މީހުންގެ ގާތު އަލިފާނާ ނުކުޅުމަށް ތަކުރާރުކޮށް ބުނެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ވަރަކަށް އަޑު އަހާފައި ނުވާ ކަމަށް ހަމާސްއިން ބުނެފިއެވެ.

ހަމާސްގެ ލީޑަރޝިޕްގެ އިސްވެރިޔާ އިސްމާއީލް ހާނިޔާ ނެރެފައިވާ މެސެޖެއްގައި ބުނެފައިވަނީ އަލިފާނާއި ނުކުޅުމަށާއި ރަތް ރޮނގު ހުރަސް ނުކުރުމަށް އިސްރާއީލް މީހުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަން އަޑު ނާހާ ކަމަށާއި ދެއްކި އެއްޗެއް ފެންނަ ކަމަށް ވެސް އެމީހުން ނެހެދި ކަމަށެވެ.

އިސްރާއީލް މީހުން އެކަން އަޑު ނޭހިކަން، މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތަށް ދިން ހަމަލާތަކުން އެނގޭ ކަމަށާއި އެހަމަލާތަކުގެ އިތުރުން އަންހެނުންނަށް ވެސް އެކި ގޮތް ގޮތުން އަނިޔާ ކުރުމުން އެނގޭ ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.

އެކަން އެހެން ދިއުމުން އިސްރާއީލަށް އިންޒާރު ދިން ކަމަށާއި ނަމަވެސް، އެފަދަ އެއްވެސް އިންޒާރަކަށް އިސްރާއީލުން ބަލާފައި ނުވާ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

ހަމާސްއިން ބުނެފައިވަނީ މިހާރު ކުރަމުން އަންނަ ހަނގުރާމައިގައި އެމީހުންނަށް ކާމިޔާބު ލިބޭނެ ކަމަށެވެ. އަދި އެފަރާތުން ވަނީ ހައްގު ހޯދުމަށް ކުރަމުން އަންނަ އެ ހަނގުރާމައިގައި އެމީހުންގެ ކޮޅަށް އެހެން ފަރާތްތަކުން އެރުމަށް ގޮވާލާފައެވެ.

އިސްރާއީލުގެ މީހުން ތިބޭ ބިންތަކަކީ އެއީ އިސްރާއީލުގެ ބިންތަކެއް ނޫން ކަމަށާއި އެއީ ފަލަސްތީނުގެ ރައްޔިތުންގެ ބިމެއް ކަމުން އެ ބިމުން އިސްރާއީލް މީހުން ފޭބުމަށް ހަމާސްއިން ވަނީ ގޮވާލާފައެވެ. އަދި އެމީހުންނަކީ އެހެން ގައުމެއްގެ ބައެއް ކަމަށާއި ފަލަސްތީނުގެ ބިމުން އެމީހުންނަށް ޖާގައެއް ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ފަލަސްތީނުގެ މުސްލިމުރައްޔިތުންގެ ދިފާއުގައި ޖިހާދުކުރަމުންގެންދާ ހަމާސްޖަމާއަތުގެ މުޖާހިދުންނަށް މާތްﷲގެހެޔޮރަހުމަތުން ކާމިޔާބާއި ނަސްރު މިންވަރުކޮއްދެއްވާފާނދޭއެވެ. އާމީން

    13
  2. ރާއްޖެ

    އިރާދަކުރެއްވީޔާ މާގިނަ ދުވަހެއްް ނެތް ފަލަސްތީން މިނިވަންވެ އިޒުރޭލުގެ ވަސް ދުނިޔޭން ފޮހެވެން ކާމިޔާބް ވާނީ މުޖާހިދުންނައް އިންޝާﷲ ﷲއަަކްބަރު އަހަރެމެން މުސްލިމުންގެ ދުޢާ ވަނީ ތި އަޚުންނާއި އުޚްތުންނާއި އެކު

    14
    1
  3. Anonymous

    إن شاء الله

    20
  4. ޑިމޮކްރަސީ

    މުސްލިމް ހުރިހާ ޤަވްމަކުން ތެދުވެ ފަލަސްތީންގެ މުޖާހިދުންނަށް އެއްބާރުލުންދޭނެޖެހޭ މިއޮތީ އެވަޤުތުޖެހިފަ އެހާލުގަ ފަލަސްތީނުން އުޅެމުންދާތާ 60 އަހަރަށްވުެރެ ގިނަވެފަ މިވަނީ މީ އެވަޤުތު ހުރިހާ މުސްލިމުން ނުކުމެ އިސަރާއީލް ފަހާލަންވީ ވަޤުތު ޔާ ﷲ ފަލަސްތީނު ގެ މިނިވަނަކަމަށް ކުރާ ޖިހާދު ކާމިޔާބު ކޮށްދެއްވާދެވެ،

    33
    1
  5. މުޙައްމަދު

    ކާފަރުންނަށް ހަލާކު މިންވަރު ކުރައްވާފާނދޭވެ

    26
    0