23:56

އެމެރިކާގެ އިލިނޮއިސްގައި އެމެރިކާ މީހަކު ވަޅިން ހަމަލާދީ މަރާލި ފަލަސްތީން ދަރިކޮޅުގެ ހައަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ ވަދިއާ އަލް-ފައްޔޫމްގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެއްޖެ. 28 ފަހަރު ވަޅި ހަރައި ހައަހަރުގެ ކުއްޖަކު މަރާލި އެމެރިކާ މީހާ އެކުއްޖާއަށް ހަމަލާ ދިނީ ފަލަސްތީން މީހުން ދެކެ ނަފްރަތު ކުރާތީ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނޭ.

23:53

ޔޫކްރޭންގެ ރައީސް ޒެލެންސްކީ އިސްރާއީލަށް ވަޑައިގަންނަވަން މަސައްކަތް ކުރުމުން އޭނާ އިސްރާއީލަށް ދަތުރު ކުރުމުގެ ހުއްދަ ނުދޭން އިސްރާއީލް ސަރުކާރުން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި.

23:49

އަލްޖަޒީރާ: އިސްރާއީލުން މިވަގުތު ވެސް ޣައްޒާއަށް ބޮން އަޅަމުން އެބަގެންދޭ.

23:32

ފަލަސްތީން މީހުންގެ ޙައްޤުގައި މާލޭގައި ބޭއްވި އެއްވުން ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި.

23:31

އިސްރާއީލްގެ ޝެރޮޓް އަށް ދެރޮކެޓް ހަމަލާ އަމާޒުވެއްޖެ. ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބޭ.

22:10

ޣައްޒާގެ ދެކުނަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު ރަފާ ބޯޑަރު ހުޅުވަން ފުރުސަތު ދޭން އިސްރާއީލުން ނިންމައިފި ކަމަށް ރޮއިޓާސް ނޫސް އެޖެންސީން ބުނެފި.

ޣައްޒާގެ ދެކުނަށް ހަމަލާދިނުން މެދުކަނޑާލާ ރަފާ ބޯޑަރު ހުޅުވަން އިސްރާއީލުން އެއްބަސްވެއްޖެ - ރިޕޯޓް

21:45

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޒަހަމްވާ މީހުން ގިނަވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށް ދަތިވާ ހިސާބަށް ކަންކަން ގޮސް، އެތައް ހާސް ބަޔަކު ޝަހީދުވެދާނެ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާ އިން ހާމަކޮށްފި.

20:55

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލްގެ އިތުރު އަށް ސިފައިން މަރާލައިފި.

20:28

ޣައްޒާގެ ޚާން ޔޫނިސް: ބަނޑުހައި ހޫނުކަމުގައި އެތައް ބަޔަކު މަރުވެދާނެ!

20:01

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ގުދަނަކަށް އިސްރާއީލުން ބޮން އަޅައި ހަލާކުކޮށްލި ނަމަވެސް އެ ޖަމިއްޔާ އިން ކުރަމުން އަންނަ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް އައިއޭސީން ބުނެފި.

19:39

ހަމާސް ޖަމާއަތުން ހޮލޮން ސިޓީ އަށް ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ އަންހެނަކަށް އަނިޔާވެއްޖެ. އުމުރުން 54 އަހަރުގެ އެ އަންހެން މީހާ އަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވޭ.

19:36

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލް ސިފައިން ތިބި ފަސް ސަރަހައްދަކަށް ހަމަލާދީފި.

19:03

ހަމާސްގެ ތަރުޖަމާނު ހާޒެމް ގަސަމް: އެއްގަމު މަގުން އިސްރާއީލް ސިފައިން އެރިޔަސް، ނޭރިޔަސް، ހަމާސްގެ މުޖާހިދުން ހުރިހާ ސިނާރިއޯއަކަށް އޮތީ ތައްޔާރަށް.

19:02

ހަމާސްގެ ބެލުމުގެ ދަށުގައި 199 މީހުން އެބަތިބި ކަމަށް އިސްރާއީލުން ވަނީ ބުނެފައި. އިއްޔެގައި އިސްރާއީލުން ބުނެފައި ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ 155 މީހުން ކަމަށް.

19:01

ޣައްޒާގައި ކުޑަކުދިންތަކަކަށް އަނިޔާވެފައި.
ޣައްޒާގައި ކުޑަކުދިންތަކަކަށް އަނިޔާވެފައި.
ޣައްޒާގައި ކުޑަކުދިންތަކަކަށް އަނިޔާވެފައި.

18:57

ޓައިމްސް އޮފް އިސްރާއީލުން ބުނީ ރޮކެޓް ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ބާރުގަދަ އަޑުފައްގަނޑުތަކެއް އިވިފައިވާ ކަމަށް. އެކަމަކު، ތަނަކަށް ގެއްލުން ލިބުނު ކަމެއް އަދި މީހަކަށް އަނިޔާއެއްވި ކަމެއް އަދި ސާފެއް ނޫން.

18:56

ގުދުސް، ތެލް އަވީވް އަށް އަމާޒުކޮށް ފަލަސްތީންގެ ހަމާސް ޖަމާއަތުން ރޮކެޓް ހަމަލާތަކެއް ފޮނުވަމުން އެބަދޭ. އެ ސަރަހައްދުތަކުގައި ވަރަށް ގަދަ އަށް ސައިރަންގެ އަޑު އެބައޮތް.

18:55

ފަލަސްތީނުގެ ކުޑަ ކުއްޖަކު ޒަހަމްވެފައި.
ފަލަސްތީނުގެ ކުޑަ ކުއްޖަކު ޒަހަމްވެފައި.
ފަލަސްތީނުގެ ކުޑަ ކުއްޖަކު ޒަހަމްވެފައި.
ފަލަސްތީނުގެ ކުޑަ ކުއްޖަކު ޒަހަމްވެފައި.

18:11

އިސްރާއީލާއި ފަލަސްތީންގެ ހަމަސް ޖަމާއަތާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރިއްޔާއިން އެއްގަމު މަގުން ފަލަސްތީނުގެ ޣައްޒާ އަށް އަރައިފިނަމަ އެ މަންޒަރު ބަލަން ނުތިބޭނެ ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށް ބުނެ އީރާނުން އިންޒާރު އިއްޔެ ދީފި.

17:44

ޣައްޒާގައި ޒަހަމްވެފައިވާ ކުޑަ ކުއްޖެއް.
ޣައްޒާގައި ޒަހަމްވެފައިވާ ކުޑަ ކުއްޖެއް.
އިސްރާއީލްގެ ހަމަލާއެއް ޣައްޒާ އަށް އަމާޒުވެފައި.
އިސްރާއީލްގެ ހަމަލާއެއް ޣައްޒާ އަށް އަމާޒުވެފައި.

17:42

އިސްރާއީލުން ޣައްޒާ އަށް ދީފައި ހުރި ގެއްލުން.
އިސްރާއީލުން ޣައްޒާ އަށް ދީފައި ހުރި ގެއްލުން.
އިސްރާއީލުން ޣައްޒާ އަށް ދީފައި ހުރި ގެއްލުން.
އިސްރާއީލުން ޣައްޒާ އަށް ދީފައި ހުރި ގެއްލުން.

17:40

ވައިޓް ހައުސްގެ ތަރުޖަމާނު: އެމެރިކާ އިން އުންމީދު ކުރަނީ މިއަދުގެ ވަގުތެއްގައި ރަފާ ބޯޑަރު ހުޅުވާނެ ކަމަށް.

 

17:39

ހަމާސް: ކްފާރް އައްޒަ ސަރަހައްދުގައި ތިބި ޔަހޫދީ ސިފައިންނަށް އަމާޒުކޮށް މޯޓަރު ބަޑިތަކުން ހަމަލާދީފި.

 

17:37

ޔޫއެންއާރުޑަބްލިއުއޭ އިން ބުނީ ޣައްޒާގައި ޝަހީދުވާ މީހުން ލާނެ ބޮޑީ ބޭގް ހުސްވަމުންދާ ކަމަށް.

 

17:36

ރަފާގައި ހުރި ގެއަކަށް އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައި އިތުރު 15 މީހުން ޒަހަމްކޮށްލައިފި.

15:12

ހަމަލާތައް ދޭން ފެށި ފަހުން ޝަހީދުވި ފަލަސްތީނުގެ ނޫސްވެރިންގެ އަދަދު 11 އަށް އަރައިފި

15:08

އެއްހާހަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންގެ ހަށިގަނޑުތައް އަދިވެސް ވީ އިސްރާއީލުން ޣައްޒާއަަށް ދެމުން ގެންދާ ހަމަލާތަކުގައި ބިމާއި ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށް ހަމާސްގެ އިންޓީރިއަރ މިނިސްޓްރީން ބުނެފި

ޣައްޒާގެ 1000 މީހުންގެ ހަށިތައް އަދިވެސްވީ ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި

14:40

ޣައްޒާއިން އިސްރާއީލަށް މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދިން ނުރައްކާތެރި ހަމަލާގައި މިއަދު ހެނދުނު 10:30 އާ ހަމައަށް ޒަހަމްވި 351 މީހުން އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި.

އޭގެ ތެރެއިން 89 މީހެއްގެ ހާލު ސީރިއަސް ކަމަށް ބުނެފައިވާއިރު، 181 މީހެއްގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށް ބުނެފައިވޭ. އަދި 81 މީހެއްގެ ހާލު ރަނގަޅު ކަމަށް ބުނެފައިވޭ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޒަޚަމްވި 3،968 މީހަކު ވަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދީފައި.

14:12

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތެރިވާ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)ގެ ގުދަނަކަށް ހަމަލާދީ ބިމާ ހަމަކޮށްލައިފި.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ގުދަނަކަށް ހަމަލާދީ ބިމާ ހަމަކޮށްލައިފި

13:56

ފަލަސްތީނުގެ ގައްޒާއަށް އިސްރާއިލުން ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި ގާޒާ އިންސާނީ އެހީއަށް ބޭނުންވެފައިވާ މި ދަނޑިވަޅު އެހީ ހަމަޖައްސާ ނުދެނީސް ގައްޒާގައި ތިބި ހުޅަނގުގެ ގައުމުތަކުގެ މީހުން އެ ތަނުން ނެރުމަށް އެހީތެރިނުވާނެ ކަމަށް މިސްރުން ބުނެފި.

ގާޒާއަށް އެހީނުވެ އެހެން ގައުމުތަކުގެ މީހުން ބޭރުނުކުރާނެ ކަމަށް މިސްރުން ބުނެފި

13:53

އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން، ސިއްހީ ދާއިރާއަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ވޮލަންޓިއަރ ހެލްތު ވޯކަރުން ފޮނުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ޣައްޒާގެ އޮފިޝަލުން އިލްތިމާސްކޮށްފި

13:13

ޔަހޫދީން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ބިމާހަމަވި އިމާރާތްތަކުގެ ދަށުގައި ފަލަސްތީނުގެ 1،000 އަށް ވުރެ ގިނަ މީހުން ތިބި ކަަމަށް ބުނެފި.

13:10

ޔަހޫދީ އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމީ ޝަރީޢަތުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަލަސްތީނުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ.ވައިލް އަލްޒާރޑް ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ދީނީ އިލްމުވެރިޔާ ޑރ.ވައިލް އަލްޒާރޑް ޝަހީދުކޮށްލައިފި

13:03

ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޮލްޒް އަންގާރަ ދުވަހު އިސްރާއީލަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ބްރޯޑްކާސްޓަރު އެންޓީވީން ބުނެފި.

13:02

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހިންގި އޮޕަރޭޝަންތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްފި.

މިގޮތުން ސިފައިން ހައްޔަރުކުރި މީހުންގެ އަދަދު ގާތްގަނޑަކަށް 600 އަރާ ކަމަށް ބުނެފައިވޭ.

13:00

ޣައްޒާއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާ ކުށްވެރިކުރައްވައި، އެ އަމަލުތަކަކީ "ޖެނޯސައިޑް" އެއްގެ ގޮތުގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޖަލީލް އައްބާސް ޖިލާނީ ސިފަކުރައްވައިފި.

12:58

ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަރީމް ބެންޒެމާ ޣައްޒާގައި ތިބި ފަލަސްތީނަށް ތާއީދުކުރާކަން އެކްސްގައި ކުރި ޕޯސްޓެއްގައި ދައްކާލައިފި

12:56

ފަލަސްތީނުގެ ހަތަރު ލައްކައަށްވުރެ ގިނަ މީހުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އދ.ގެ ސްކޫލްތަކާއި އިމާރާތްތަކުގައި ހިޔާވަހިކަން ހޯދަމުންދާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާއިން ބުނެފި.

މިގޮތުން ޣައްޒާގެ ސްކޫލްތަކާއި އިމާރާތްތަކުގައި ފަލަސްޠީނުގެ 400،000 މީހުން އެބަތިބި ކަމަށް ބުނެފައިވޭ.

12:41

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއިލާއި ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގައި އިސްރާއިލުން ޣައްޒާއަށް ނޭރުމަށް އެމެެރިކާގެ ރައީސް ޖޯ ބައިޑެން ގޮވާލައްވައިފި

ޣައްޒާއަށް އެއްގަމުން ނާރަން ބައިޑެން ގޮވާލައްވައިފި

11:57

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި ޔަހޫދީ އިސްރާއީލްގެ އިތުރު ތިން ފުލުހަކު މަރާލައިފި.

އިސްރާއީލްގެ އިތުރު ތިން ފުލުހަކު މަރާލައިފި

11:44

ތަކުރާރުކޮށް ދެމުންގެންދާ ރޮކެޓާއި މިސައިލް ހަމަލާތަކާއި ގުޅިގެން ލުބުނާނުގެ ބޯޑަރާ ދެ ކިލޯމީޓަރު ދުރުގައި އޮންނަ އަވަށްތަކުގައި ދިރިއުޅޭ އާންމުން ހުސްކުރަން ނިންމާފައިވާ ކަމަށް ބުނެފި.

11:42

ޔަހޫދީން ޣައްޒާގެ ދެކުނުގައި ފަތިހު 9:00 އިން ފެށިގެން ބަޑީގެ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާނީ މިސްރަށް އެތެރެވާ ރަފާ ބޯޑަރު ހުޅުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެފި.

11:42

ނުވަ ގަޑިއިރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ދެކުނުގެ ސަރަހައްދުތަކުން ރޮކެޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފި.

 

11:40

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ހަމާސްގެ އަމާޒުތަކަށް ދިން ބައެއް ވައިގެ ހަމަލާތަކުގެ ފުޓޭޖް އައިޑީއެފުން އާއްމުކޮށްފި.

11:06

ޣައްޒާގެ ސިވިލް ޑިފެންސް ހެޑްކުއާޓަރަށް ބޮން ގޮއްވާލުމާއި، އިމަޖެންސީ ސަރވިސްގެ ފަސް މުވައްޒަފަކު ޝަހީދުކޮށްލުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ޣައްޒާ ސަރުކާރުން ސިފަކޮށްފި

އިމަޖެންސީ ސާވިސްގައި މަސައްކަތް ކުރާ މީހުން ޝަހީދުކޮށްލުމަކީ ޖަރީމާއެއް - ޣައްޒާ ސަރުކާރު

10:49

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި މަރާލި ޔަހޫދީ ސިފައިންގެ އަދަދު 291 އަށް އަރައިފި.

މަރާލި ޔަހޫދީ ސިފައިންގެ އަދަދު 291 އަށް

10:34

އިސްރާއިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅާފައި ވަނިކޮށް ހަމަ އެ މައްސަލައާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ވެސް ހުށަހެޅުމުން އެ މައްސަލައިގެ ބަދަލުގައި ގަރާރު އެޖެންޑާކޮށްފި

އިސްރާއީލާއި ގުޅޭ ކުއްލި މައްސަލައިގެ ބަދަލުގައި އެޖެންޑާ ކުރީ އެއާ ގުޅޭ ގަރާރު

10:27

ޚާން ޔުނިސްގައި ހުންނަ ގެއަކަށް އަމާޒުކޮށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ ހަ މީހަކު ޝަހީދުކޮށްލައިފި

10:01

ޔަހޫދީންނާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އެ ގައުމުން ފުރަން ބޭނުންވާ އޮސްޓްރޭލިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އޮސްޓްރޭލިއާ އިން ތެލްއަވީވްއަށް އިތުރު ފްލައިޓްތަކެއް ފޮނުވަން ވިސްނަމުންދާ ކަމަށް ބުނެފި.

09:59

ޣައްޒާގެ މެދުތެރޭގައި ހުންނަ އދ.ގެ ރެފިއުޖީ ކޭމްޕަކަށް ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައި ތިން ކުޑަކުދިންނާއެކު ހަތަރު މީހަކު ޝަހީދުވެއްޖެ.

އަލް ނޫރް ރޭޑިއޯއިން ބުނި ގޮތުގައި ބޮން ގޮއްވާލާފައިވަނީ ނުސީރަތު ކޭމްޕްގައި ހުންނަ ފަރާޖް އާއިލާގެ ގެއަށް.

09:43

ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހަބަރުތައް ގެނެސްދެމުންދާ ޤުދުސް ނިއުސް ނެޓްވޯކްގެ ފޭސްބުކް ޕޭޖް ބޭނުން ނުކުރެވޭ ގޮތް ފޭސްބުކުން ހަދައިފި

ފަލަސްތީނުގެ ޚަބަރުތައް ގެނެސްދޭ ޕޭޖެއް ފޮހެލައިފި

09:28

ޣައްޒާގެ ހޮސްޕިޓަލުތަކުގައި މިހާރު ތެޔޮ ހުރީ ގާތްގަނޑަކަށް އިތުރު 24 ގަޑިއިރަށް ވާ ވަރަށް ކަމަށް އދ އިން ބުނެފި.

ޣައްޒާގެ ހޮސްޕިޓަލުތަކުން 24 ގަޑިއިރު ތެރޭގައި ތެޔޮ ހުސްވާނެ

09:24

ހަމާސްގެ ހަމަލާތަކުގައި ޔަހޫދީންގެ އިތުރުން ދެ ސިފައިން މަރުވެއްޖެ، މިއާއެކު މަރުވި ސިފައިންގެ އަދަދު ވަނީ 291 އަށް އަރާފައި.

09:23

އިއްޔެ ލުބްނާނުން ނޫރިޓް ޕޯސްޓަށް ދިން އެންޓި ޓޭންކް ގައިޑެޑް މިސައިލް ހަމަލާގައި ޔަހޫދީންގެ ސިފައިން އޮފިސަރަކު މަރުވެފައިވާ ކަމަށް ދިފާއީ ބާރުތަކުން ބުނެފި.

09:18

ޔަހޫދީގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ޣައްޒާ އޮފިޝަލެއްގެ އާއިލާގެ 16 މީހަކު ޝަހީދުވެއްޖެ

ޔަހޫދީންގެ ހަމަލާއެއްގެ ޣައްޒާ އާއިލާއެއްގެ 16 މީހަކު ޝަހީދުކޮށްލައިފި

08:51

ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ރޭގަނޑު ދިން ވައިގެ ހަމަލާތަކަކީ މިދިޔަ ހަފުތާގައި ހަނގުރާމަ ފެށުނު ފަހުން ދިން އެންމެ ބާރުގަދަ ހަމަލާތައް ކަމަށް ފަލަސްތީންގެ ރައްޔިތުން ބުނެފި.

ޣައްޒާ މަތިން ބޮޑު އަލިފާން ބޯޅައެއް

08:14

ހުޅަނގު އައްސޭރީގެ ވެރިރަށް ޖެރީކޯގައި ޔަހޫދީން އެންމެ ފަހުން ދިން ހަމަލާގައި ފަލަސްތީނުގެ އެކަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ އަރަބިކް އިން ބުނެފި.

08:12

ޔަހޫދީންގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ގިނަ ސަރަހައްދުތަކެއްގައި ހަމަލާތައް ހިންގަމުންދާކަމަށް އަލްޖަޒީރާއިން ބުނެފި.

ރިޕޯޓްތައް ބުނާގޮތުން ހިފާފައިވާ އިރުމަތީ ގުދުސް، ނަބްލުސް، ބެތުލެހެމް، ހެބްރޮން އަދި ޖެރީކޯގެ އަކަބަތު ޖަބްރް ކޭމްޕްގައި އޮޕަރޭޝަންތައް ދަނީ ހިންގަމުން.

އަދި ފަލަސްތީނުގެ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނަމުންދޭ.

08:11

ޣައްޒާގައި ވަށާލާފައިވާ މީހުންނަށް އެހީވުމަށް ހިއުމެނިޓޭރިއަން ކޮރިޑޯތަކެއް ހެދުމަށް ޕޯޕް ފްރާންސިސް ގޮވާލައްވައިފި.

08:10

ޣައްޒާގެ ދެކުނުގައި އޮންނަ އިތުރު އާއިލާއެއްގެ ގެއަކަށް ޔަހޫދީން ދިން ވައިގެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ހަތަކަށް އަރައިފި، އަދި އަށް މީހަކު ޒަހަމްވެއްޖެ.

08:08

ލުބްނާނާއި ޔަހޫދީންނާއި ދެމެދު އުތުރު ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތައް އެ ސަރަޙައްދަށް ދަތުރުކުރަމުންދާއިރު، ޔަހޫދީންނާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެދާނެކަމުގެ އިންޒާރު އެމެރިކާގެ އިސް އޮފިޝަލުން ދެއްވައިފި

08:07

އެމެރިކާގެ އެތައް ސަތޭކަ ބަޔަކު ހިމެނޭ ގޮތަށް ބިދޭސީންނަށް މިސްރު މަގުން ފުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޣައްޒާގެ ދެކުނުގެ ރަފާ ކްރޮސިން މިއަދު ހުޅުވާލާނެ ކަމަށް އެމްއެސްއެންބީސީން ރިޕޯޓްކޮށްފި

އެމެރިކާގެ ކޭބަލް ނިއުސް ޗެނަލުން ބުނީ އިރުމަތީ ގަޑިން ދަންވަރު 2:00 އިން ފެށިގެން އެމެރިކާގެ ގާތްގަނޑަކަށް 600 މީހުން ހިމެނޭ ގޮތަށް ބިދޭސީންނަށް ޣައްޒާއިން ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ ކަމަށް.

ކްރޮސިން ހުޅުވާފައި ހުންނާނީ ކިހާ ވަގުތަކަށް ކަން ސާފެއް ނޫން ކަމަށްވެސް ބުނެފައިވޭ.

08:04

ޔަހޫދީން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމުގެ ކުރިން އެތައް ލައްކަ ސިފައިން އެއްކޮށްފި.

08:03

އެމެރިކާގައި، އެމެރިކާ އަދި ފަލަސްތީނަށް ނިސްބަތްވާ 6 އަހަރަކު ފިރިހެން ކުއްޖަކަށް ވަޅިން ހަމަލާދީ ޝަހީދު ކޮށްލައިފި.

 

އެމެރިކާގައި ފަލަސްތީނަށް ނިސްބަތްވާ 6 އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައިފި

އިސްރާއީލްގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ އެތައް ކަމަކުން މަހްރޫމްވެފައެވެ. ކާބޯތަކެއްޗާއި ކަރަންޓު ވެސް ނުލިބެއެވެ. ޣައްޒާގައި ސަލާމަތްތެރިކަމާ އެކުގައި ތިބެވޭނެ އެއްވެސް ދިމާލެއް ނެތެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ދަނީ ޣައްޒާގެ ކޮންމެ ހިސާބަކަށް ވެސް ބޮން އަޅައި ގެއްލުންތައް ދެމުންނެވެ.

ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ ޣައްޒާ އިން 2،670 މީހުން ޝަހީދުކޮށްލައިފައެވެ. މިއާ އެކު، ޒަހަމްވި މީހުންގެ އަދަދު ވަނީ 9،600 އަށް އަރައިފައެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،300 އަށް ވުރެ ގިނަ ޔަހޫދީން ވަނީ މަރާލައިފައެވެ. މި ހަމަލާތަކުގައި 3،842 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ 369 މީހުންނަށެވެ. އަދި 90 މީހެއްގެ ހާލު ސީރިއަސް އިރު، 191 މީހުންގެ ހާލު ގޯސް ނޫން ކަމަށާއި 89 މީހަކަށް ލިބިފައި ވަނީ ކުދި ކުދި އަނިޔާތަކެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު