15:56

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ލިބުނު ގެއްލުންތަކުގެ ސެޓެލައިޓް ފުޓޭޖް

15:54

މިސްރުގެ ރެޑް ކްރެސެންޓުން ކާބޯތަކެއްޗާއި ބޭހާއި ސިއްހީ ސާމާނު ހިމެނޭ 12 ޓްރަކް ރަފާ ބޯޑަރު ކްރޮސިންއަށް ލިބިފައިވާ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފި

ހަނގުރާމަ ފެށުނީއްސުރެ 74 ޓްރަކަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފައިވީ ނަމަވެސް ތެޔޮ ލިބިފައެއް. ނުވޭ.

15:53

ހިފާފައިވާ ހުޅަނގު އައްސޭރީގައި ރޭގަނޑު 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހަމާސް އަށް ޝައްކު ކުރެވޭ 46 މީހުން ހިމެނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

15:52

އިސްރާއިން ޣައްޒާއަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވަމުންދާ މީހުންގެ އަދަދާމެދު އެމެރިކާގެ ރައީސް ޖޯ ބައިޑެން ސުވާލު އުފައްދަވައިފި

އިސްރާއިލުގެ ހަމަލާތަކުގައި ޝަހީދުވަމުން މީހުންގެ އަދަދާ މެދު ބައިޑެން ސުވާލު އުފައްދަވައިފި

15:41

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 7،000 އަށްވުރެ މައްޗަށް އަރައިފި

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 7،000 އަށްވުރެ މައްޗަށް

15:22

އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާގެ ކެމްޕޭނުގެ ދަށުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި - ފޮޓޯ: ގުދުސް ނެޓްވޯކް
އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާގެ ކެމްޕޭނުގެ ދަށުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި - ފޮޓޯ: ގުދުސް ނެޓްވޯކް
އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާގެ ކެމްޕޭނުގެ ދަށުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި - ފޮޓޯ: ގުދުސް ނެޓްވޯކް
އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާގެ ކެމްޕޭނުގެ ދަށުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި - ފޮޓޯ: ގުދުސް ނެޓްވޯކް
އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާގެ ކެމްޕޭނުގެ ދަށުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި - ފޮޓޯ: ގުދުސް ނެޓްވޯކް
އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާގެ ކެމްޕޭނުގެ ދަށުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި - ފޮޓޯ: ގުދުސް ނެޓްވޯކް
އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާގެ ކެމްޕޭނުގެ ދަށުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި - ފޮޓޯ: ގުދުސް ނެޓްވޯކް
އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާގެ ކެމްޕޭނުގެ ދަށުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި - ފޮޓޯ: ގުދުސް ނެޓްވޯކް

15:17

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ އެތައް ހާސް ކުޑަކުދިންނެއް ޝަހީދުވި "ގަތުލު އާންމެއް" ކަމަށް ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެ.

15:15

ޚާން ޔުނިސް ސިޓީއަށް އިސްރާއީލުން ވައިގެ ހަމަލާއެއް ދީފައިގާ ކަމަށް އަލްޖަޒީރާއިން ބުނެފި.

 

14:29

އަލްޖަޒީރާ ނޫސްވެރިޔާގެ ޖަނާޒާ - ފޮޓޯ އަލްޖަޒީރާ
އަލްޖަޒީރާ ނޫސްވެރިޔާގެ ޖަނާޒާ - ފޮޓޯ އަލްޖަޒީރާ
އަލްޖަޒީރާ ނޫސްވެރިޔާގެ ޖަނާޒާ - ފޮޓޯ އަލްޖަޒީރާ
އަލްޖަޒީރާ ނޫސްވެރިޔާގެ ޖަނާޒާ - ފޮޓޯ އަލްޖަޒީރާ

14:26

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު ގައިދީންގެ އާއިލާތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަاللهގައި ހުންނަ ރެޑްކްރޮސްގެ މައި މަރުކަޒު ކުރިމަތީގައި އިހުތިޖާޖު ކުރަން ފަށައިފި.

14:25

ޣައްޒާގައި ހުރި ހަމާސްގެ 250 އަމާޒަކަށް ހަމަލާދިން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

އޭގެ ތެރޭގައި ހަތިޔާރު އެޅި ޖަމާއަތުގެ އިންފްރާސްޓްރަކްޗާ އާއި އޮޕަރޭޝަނަލް ހެޑްކުއާޓާސް އާއި ޓަނަލް ޝާފްޓްތަކާއި "މަދަނީ މާހައުލެއްގައި" ބަހައްޓާފައި ހުރި ރޮކެޓް ލޯންޗާތައް ހިމެނޭ ކަމަށް ބުނެފައިވޭ.

14:24

ޚާން ޔުނިސްގެ މީހުން ދިރިއުޅޭ އިމާރާތަކާއި ވަށައިގެންވާ ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެތައް ބަޔަކު ޝަހީދުވި ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންދާ ކަމަށް އަލްޖަޒީރާއިން ބުނެފި.

މީގެ އިތުރުން ޣައްޒާގެ މެދުތެރޭގެ އަލްބުރައިޖް ކޭމްޕްގެ ފާމަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި ދެ މީހަކު ވަނީ ޝަހީދުކޮށްލާފައި.

14:23

ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސެލްޓިކްގެ ސަޕޯޓަރުން ފަލަސްތީނުގެ ދިދަތައް އުފުލާލައިފި.

55،000 އަށް ވުރެ ގިނަ ސަޕޯޓަރުން ބައިވެރިވި ގްލާސްގޯގައި ކުޅުނު މެޗުގެ ކުރިން ސްކޮޓްލޭންޑްގެ ކްލަބުން ވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭ ދިދަތަކާއި ބެނާތަކާއި ނިޝާންތައް ނުދެއްކުމަށް ސަޕޯޓަރުންނަށް ގޮވާލާފައި.

ގްލާސްގޯގެ ސެލްޓިކް ޕާކް ސްޓޭޑިއަމްގައި ސެލްޓިކް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗު ފެށުމުގެ ކުރިން ސަޕޯޓަރުން ފަލަސްތީނުގެ ދިދަހިފައިގެން: ފޮޓޯ- އަނަޑޯލޫ

14:21

ހަމާސް ޖަމާއަތުން ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލު މީހުންގެ އަދަދަކީ 224 ކަމަށާއި އެ އަދަދު އިތުރަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެންމެ ފަހުން ނެރުނު އަޕްޑޭޓްގައި ބުނެފި

14:10

ޑޮކްޓަރަށް އާއިލާ ޝަހީދުކޮށްލި ހަބަރު ލިބުނީ ހޮސްޕިޓަލުގައި ހުއްޓާ، ހިތްހުއްޓުނު ކަހަލަ ވަގުތުކޮޅެއް!

13:46

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ އަށް މީހަކު ޒަހަމްވެއްޖެ.

އުރުދުން ވާދީ ކައިރީގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ ހުޅަނގު އުތުރުގައި އިޒްރޭލު ސިފައިން ހިންގި މި ހަމަލާގައި ފަލަސްތީނުގެ އަށް މީހަކު ވަނީ ޒަހަމްވެފައި.

13:23

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ އަލް-ދަހްރާ އަވަށަށް އަމާޒުކޮށް އިސްރާއީލުން ދިން ސިލްސިލާ ހަމަލާތަކުގައި ފަލަސްތީނުގެ ހަތް މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ދާހިލީ ވުޒާރާއިން ބުނެފި.

12:42

އިސްރާއިލުން ޣައްޒާއަށް މިހާރު ދެމުންގެންދާ އިންސާނިއްޔަތުކަމެއް ނެތް ވަރުގަދަ ހަމަލަތަކާ ގުޅިގެން އިސްރާއިލަށް ތާއިދުކުރާ ޑިޕްލޮމެޓުން ލީބިޔާ ދޫކޮށް ދިއުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އަންގައިފި

އިސްރާއިލަށް ތާއިދުކުރާ ޑިޕްލޮމެޓުން ގައުމު ދޫކޮށް ދިއުމަށް ލީބިޔާގެ ޕާލަމަންޓުން އަންގައިފި

12:39

އިސްރާއީލް ސިފައިން ރޭ ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ 85 މީހަކު ހައްޔަރުކޮށްފި..

މި މީހުން ހައްޔަރުކޮށްފައި ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަނެއްގައި. އޭގެ ތެރޭގައި ނަބްލޫސް، ހެބްރޮން އަދި އިރުމަތީ ގުދުސް ހިމެނޭ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ތިން އަންހެނުންވެސް ހިމެނޭ

12:33

ޔަހޫދީ އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ނޫސްވެރިއަކާއި އޭނާގެ ދަރިފުޅު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ނޫސްވެރިއަކާއި އޭނާގެ ދަރިފުޅު ޝަހީދުކޮށްލައިފި

11:51

އިއްޔެ އަލްޖަޒީރާގެ ޣައްޒާގެ ބިއުރޯ ޗީފް ވައިލް އަލް ދަހުދޫހްގެ އާއިލާގެ މެމްބަރުން ޝަހީދުކޮށްލި އިޒްރޭލުން ދިން ހަމަލާއަކީ "ރެންޑަމް" ހަމަލާއެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ތުރުކީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ފަހްރެޓިން އަލްތޫން ވިދާޅުވެއްޖެ

11:50

ޣައްޒާގެ އުތުރުގެ ސަރަހައްދަށް ޓޭންކްތަކާއި އިންފެންޓްރީތައް ރޭގަނޑު ވަދެ "ގިނަ" ހަނގުރާމަވެރިން ޝަހީދުކޮށް، އަސްކަރީ އިންފްރާސްޓްރަކްޗާ އާއި އެންޓިޓޭންކް ޕޮޒިޝަންތައް ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެފި،

11:48

ޚާން ޔުނިސްގައި ރޭ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ކުޑަކުދިން ހިމެނޭ ގޮތަށް އަލްއަސްތާލް އާއިލާގެ 20 މީހެއްގެ މައްޗަށް ފަލަސްތީނުގެ މީހުން ކަށުނަމާދު ކުރަނީ

11:37

އިސްރާއީލުގެ ޔަހޫދީން ހުއްޓުމެއް ނެތި ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލްގެ ހެޑް އޮފް ސާޖަރީ ޑރ. މުހައްމަދު އަލް ރަންގެ އާއިލާ ޝަހީދުކޮށްލައިފި

11:13

ޔަހޫދީންގެ ލާއިންސާނީ އަމަލުތައް ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފަންޑް ރެއިޒިން އިވެންޓެއް ފަށައިފި

ފަލަސްތީނަށް އެހީވުމަށް ކަސްޓަމްސްއިން އިވެންޓެއް ފަށައިފި

11:05

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ އަލްނަސްރު އަވަށަށް ވަރުގަދައަށް ބޮން އަޅާފައި
އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ އަލްނަސްރު އަވަށަށް ވަރުގަދައަށް ބޮން އަޅާފައި
އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ އަލްނަސްރު އަވަށަށް ވަރުގަދައަށް ބޮން އަޅާފައި

11:00

އަލްޤާސަމް ބްރިގޭޑުން ބުރެއިޖުގެ އިރުމަތީގައި އޮތް ހެލިކޮޕްޓަރަކަށް "އެސްއޭއެމް 7" މިސައިލަކުން ހަމަލާދީފި.

10:38

ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓް ޖަމާއަތުން ހުޅުވި ފަންޑަށް 1.6 މިލިއަން ރުފިޔާ ލިބިއްޖެ.

ދިވެހި ރެޑް ކްރެސެންޓްގެ ޣައްޒާ ފަންޑަށް 1.6 މިލިއަން ރުފިޔާ

10:23

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއިލަށް ހަމަލާ ދެނީ ސަބަބެއް ނެތި ނޫން ކަމަށް އދ. ގެ ވެރިޔާ އެންތޯނިއޯ ގުތިއަރޭޒް ވިދާޅުވުމާ ގުޅިގެން އިސްރާާއިިލުގެ ރުޅިގަނޑު އިންތިހާއަށް އަމާޒުވެއްޖެ.

ޣައްޒާއިން ހަމަލާ ދެނީ ސަބަބެއް ނެތި ނޫން ކަމަށް އދ.ގެ ވެރިޔާ ވިދާޅުވުމުން އިސްރާއިލުގެ ރުޅިގަނޑު ފަޅައިގެން

09:21

ސަޕްލައި ނުލިބުމުގެ ސަބަބުން ނާޒުކު ބަލި މީހުންނަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ދުވަސް ނުފުރާ 130 ކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި.

ނާސިރު ހޮސްޕިޓަލްގެ ޑޮކްޓަރު މުހައްމަދު ކަންދީލް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި މިހާރު ހޮސްޕިޓަލްތަކުގެ ބައެއް ހުރީ ކަރަންޓު ނެތި ކަމަށް. އައިސީޔޫތައް ވެސް މިހާރު ހިންގަމުން ދަނީ ފެނާ ނުލައި ކަަމަށް.

09:05

ޣައްޒާ އާއިލާއެއްގެ ވާހަކަ: ހީވަނީ އަހަރުމެންވެސް މަރުވާ ވަގުތު ކައިރިވެެއްޖެހެން

08:40

ރޭ ފަތިހު އިސްރާއީލުން ޣައްޒާއަށް ދިން އިތުރު ވައިގެ ހަމަލާއަކާ ގުޅިގެން ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވެފައި ހުރި ކުޑަކުއްޖަކު ސިވިލް ޑިފެންސް ވޯކަރުން ސަލާމަތްކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެއްޖެ.

08:38

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ޓޯކިޔޯއިން އެދުމުން، ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޮކޯ ކަމިކަވާ، އިސްރާއީލުން ޖަޕާނަށް ކަނޑައަޅަޅާފައި ހުންނަ ސަފީރު ގިލާޑް ކޯހެންއާ ބައްދަލުކޮށްފި

ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ ދެ ޑިޕްލޮމެޓުންގެ ބައްދަލުވުމަކީ ހަނގުރާމަތައް މެދުކަނޑާލައި، ވަށާލާފައިވާ ފަލަސްތީނުގެ ބިމުގައި ދިރިއުޅޭ ދެ މިލިއަނަށްވުރެ ގިނަ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް އިސްރާއީލަށް ބާރުއެޅުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް.

08:33

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ހައްޔަރުކޮށްފި.

08:32

ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް ރޭގަނޑުގެ ވަގުތުތަކުގައި ހަމަލާތައް ދެމުން އަންނައިރު، ހަތިޔާރު އެޅި އިސްރާއީލުގެ އެތައް ސަތޭކަ ސިފައިންނެއް ހިފާފައިވާ އިރުމަތީ ގުދުސްގެ ޝުއާފަތު އަވަށަށް ވަދެ ފައިވާ މަންޒަރު ފެނިފައިވާ ކަމަށް އަލްޖަޒީރާ އަރަބިކް ބުނެފި.

އިސްރާއީލުން ރޭ ފަތިހުގެ ވަގުތެއްގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހެބްރޯންގެ އުތުރުގައި އޮންނަ ބެއިޓް ކަހިލް އަވަށުގެ އިތުރުން ނަބްލޫސްގައި ވެސް ވަނީ ވަކިވަކިން ހަމަލާދީފައި.

08:30

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ބައިޑަން "މިހާރު ކުރިމަތިވެފައިވާ ކާރިސާ" އަށް ފަހު "ދާއިމީ ސުލްހައެއް ގާއިމުކުރެވޭނެ މަގެއް" ކަނޑައެޅުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފި.

08:30

އިސްރާއީލު ސިފައިން ޣައްޒާގެ މެދުތެރޭގެ ތަލް އަލް ހައްވާ އަވަށުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދިނުމުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ހިޝާމް ޒަކޫތު ބުނެފި.

އަދި އެ ހިސާބުން ދުން ވަަރަށް ބޮޑަށް އަރަމުންދާ މަންޒަރު ފެނިގެންދާ ކަމަށް އޭނާ ބުނެފައިވޭ.

08:27

މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިމަށް އަރބަންކޯއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި.

ހަފްތާ ބަންދުގައި ފަލަސްތިނަށް އެހީވުމަށް ހިންގާ ހަރަކާތްތަކަށް އަރބަންކޯގެ އެހީ

08:20

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓާނުލާ ދެމުންގެންދާ ހަމަލާތަކުގައި، ރޭ ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ޝަހީދުވެއްޖެ.

08:05

ހުޅަނގު އައްސޭރީގެ ނަބްލުސް ސިޓީގެ އަވަށަކަށް މިއަދު ފަތިހު ހަތިޔާރާއެކު ވެހިކަލްތަކެއް ވަންނަ ވީޑިއޯއެއް އަލްޖަޒީރާއިން އާއްމުކޮށްފި.

ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ވާގޮތުން އެތަނަށް ދިޔަ އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް އަމާޒުކުރި އަޑުވެސް އިވިގެން ދިޔަ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ނަބްލުސްގެ ރަފީދިޔާ ސަރަހައްދުގައި.

ފަލަސްތީނުގެ ނޫސް "އަލް ހަދަތު" އިން ރާމަﷲގެ އިރުއުތުރުގައި އޮންނަ އަލް މުޣައްޔިރު އަވަށަށް އިސްރާއީލް ސިފައިން ވަދެ ފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ.

08:02

ޣައްޒާގައި ޝަހީދުވި ފަލަސްތީނުގެ އަދަދާމެދު ޝައްކު އުފެދޭ ގޮތަށް އެމެރިކާގެ ރައީސް ބައިޑަން ދެއްކެވި ވާހަކަތައް ކުށްވެރިކޮށް، އެމެރިކާގެ މަދަނީ ހައްގު ތަކަށް މަސައްކަތްކުރާ މައި ޖަމާއަތެއް ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރް) އިން އަޑު އުފުލައިފި.

08:00

ޣައްޒާގެ މެދުތެރޭގައި ހުންނަ އެމީހުންގެ ގެއަށް އިސްރާއީލުން ދިން ހަމަލާގައި މަރާލާފައިވާ އަލްއަޤްޞާ ރޭޑިއޯގެ ނޫސްވެރިޔާ ދޯއާ އަޝްރަފްގެ ދަރިފުޅު ޝަހީދުކޮށްލައިފި.

އެ ކުއްޖާގެ އުމުރުން އަދި ޔަގީން ނުވާ ކަމަށް ރިޕޯޓްތައް ބުނޭ.

07:59

ޚާން ޔުނިސް ސިޓީގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާގައި 13 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ފަލަސްތީނުގެ ނޫސް އޭޖެންސީ ވާފާއިން ބުނެފި.

އަދި އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ވަފާއިން ބުނޭ.

ޣައްޒާގެ އިތުރު ހަތަރު ސަރަހައްދަކަށް ވެސް ވަކިވަކިން ހަމަލާތައް ދީފައިވާއިރު، އޭގެ ތެރޭގައި ޔަރްމޫކް ސްޓޭޑިއަމް ގެ ކައިރީގައި ވެސް ވަނީ ހަމަލާތަކެއް ދީފައި.

23:56

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރު ވާން ފަށައިފި.

23:39

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން އަލްޖަޒީރާ ނޫސްވެރިއެއްގެ އާއިލާ ޝަހީދު ކޮށްލައިފި.

22:59

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ގިނަ ބަޔަކު ޝަހީދު ކޮށްލައިފި.

22:59

އަލިފްދާލުން ޣައްޒާގައި ހިންގާ ސްކޫލެއް ކައިރިއަށް އިސްރާއީލުން ހަމަލާއެއް ދީފި.

22:14

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން ޣައްޒާގެ އިތުރު ހޮސްޕިޓަލެއް ކައިރިއަށް ހަމަލާދީފ.

21:15

އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް ބޭނުންވާ އެހީ އެފަރާތްތަކަށް ލިބެން ޖެހޭ ކަމަށް ފްރާންސްގެ ރައީސް، އެމަނުއެލް މެކްރޮން ބުނެފި.

އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް އެހީ ލިބެން ޖެހޭ- މެކްރޮން

މިމަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި އިސްރާއީލާއި ކުރަން ފެށި ހަނގުރާމައަށް މިއަދަށް 19 ދުވަސް ވެގެން ގޮސްފައިވާއިރު، ހަމާސް ޖަމާއަތުން ވަނީ މީގެ ކުރިން އިސްރާއީލަށް ދީފައި ނުވާ ވަރުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އޭގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވެސް ވަނީ އިންސާނިއްޔަތުކަން އެކަހެރިކޮށް، ޣައްޒާގެ ކުށެއް ނެތް އާންމުން ހިމެނޭހެން ހަމާސް ޖަމާއަތުގެ މީހުން ޝަހީދު ކުރުމަށް އެކި އެކި އިމާރާތްތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތަކެއް ދީފައެވެ.

ހަނގުރާމަ ދިގު ދެމިގެން ދިޔައިރު، އިސްރާއީލުން ވަނީ ޣައްޒާގައި ހުންނަ ހަމަ އެކަނި އިންޖީނު ގެއަށް ބޭނުންވާ ތެޔޮ ލިބުން ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެހެން ހިދުމަތްތައް ލިބުން ވެސް ހުއްޓުވާފައެވެ. އޭގެ ސަބަބެއްގެ ގޮތުން ހޮސްޕިޓަލްތަކުން ފަރުވާ ނުދެވި ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.

ތެޔޮ ހުސްވެ، ޣައްޒާގެ ގިނަ ހޮސްޕިޓަލްތައް ހުއްޓުމަކަށް އައިސްފައިވާއިރު، މިހާރު އެގައުމުގެ ރައްޔިތުން ބޯން ބޭނުންވާ ސާފު ބޯފެން ވެސް ހުރީ ހުސްވުމުގެ މަގުމަތީގައެވެ. ކޮންމެ ރައްޔިތަކަށް ތިން ލީޓަރުގެ ފެން ވެސް މިހާރު ނެތެވެ.

މި ލައިވް ބްލޮގުގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު