ފަލަސްތީނުގެ ޣައްޒާއަށް ވަތް ނިރުބަވެރި އިސްރާއީލު ސިފައިން ތަކެއް ތިބި ވެހިކަލެއް ފުނޑާލައިފިއެވެ.

މި ވެހިކަލް ފުނޑާލާފައި ވަނީ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ގްރޫޕްގެ ވިންގެއް ކަމަށްވާ އަލް ގަސަމްއިންނެވެ.

އެ ގްރޫޕްގެ އޮފިޝަލުން ބުނީ ޝުޖާޢިއްޔާގެ އިރުން ނިމްރު ހަތިޔާރު އެޅި ވެހިކަލެއް ކޯނެޓް މިސައިލް ހަމަލާއަކުން ފުނޑާލާފައިވާ ކަމަށެވެ.

އެ ވެހިކަލް ފުނޑާލިއިރު، އޭގައި ޔަހޫދީ ސިފައިންގެ 14 މީހަކު ތިބި ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ.

ހަމާސް އިން ބުނާގޮތުގައި އިސްރާއީލުގެ ނިރުބަވެރިންނާއި ދުޝްމަނުން ހީވެސް ނުކުރާ ބޮޑު ނާކާމިޔާބީއެއްގެ ރަހަ ލާނެއެވެ.

ހަމާސްއިން އިއްޔެ ބުނެފައިވަނީ ހަމާސްގެ ދުޝްމަނުންނާއި އިސްރައީލުން ހީވެސް ނުކުރާހާ ވަރުގެ ބޮޑު ނާކިޔާބީއެއްގެ ރަހަ އެމީހުންނަށް ލާނެ ކަމަށެވެ. އަދި މި ހަނގުރާމައަކީ ގައުމުގެ ތާރީހުގައި ލިޔެވިގެންދާނެ ހަނގުރާމައެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 8،000 އަށްވުރެ ގިނަ މީހަކު ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި އިސްރާއީލުން 1،400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހަންމަދު

    الحمد لله ، الله اكبر

    36
  2. ގކޖޔ

    ވެރީ ގުޑް އަވަރ ހަމާސް މުޖާހިދުން/ ހެޓްސް އޯފް

    34
  3. Anonymous

    الحمدلله.
    الله اكبر

    40
  4. ކަށިކެޔޮ އާދަނު

    ތިޔަހަލާކުކޮށްލެވުނީ މިލިއަނެއްކަމަށް ބަލާނަން

  5. Anonymous

    އަލްހަމްދުލިއްލާހި. އަހަރުމެންގެ ދުއާ ވަނީ ފަލަސްތީންގެ މުޖާހިދުންނާއި އެކު.

  6. މުސްލިމު ފަރުދެއް

    އަހަރެމެންގެ ސަޕޯޓްވަނީ އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަކުރާ މުޖާހިދުންނާއެކީގައެވެ.