އިންޑިއާގެ އުއްތުރަ ޕްރަދޭޝްގައި ބޮނޑަކާ އެކު ތެލުލާފައި އޮތް ބަޖިޔަލެއް ކެވުނު ދެބަފައިން ވިހަވެއްޖެއެވެ.

ބަޖިޔާ ނުވަތަ ސަމޯސާއަކީ އިންޑިޔާގައި ވަރަށް ގިނައިން ހިގާ އެއްޗެކެވެ. އިންޑިޔާ މީހުން ވަރަށް މީރުކޮށް ކާ ހެދިކާގެ ބާވަތެކެވެ. މަގުމަތީގައިވެސް މިފަދަ ބަޖިޔާތައް ހަދާފައި ވިއްކަން ބަހައްޓާފައި ހުންނައިރު ސާފުތާހިރުކަން ކުޑަކަން ފާހަގަކުރެވެއެވެ. އަދިހަމައެއާއެކު ހޮޓާތަކާއި ދާބާ ތަކުގައިވެސް ކާއެއްޗެހި ތައްޔާރު ކުރުމުގައި ސާފުތާހިރުކަމަށް އިސްކަން ދީފައިނުވާކަން މީސްމީޑިޔާގައި ދައުރުވަމުންދާ ވޯޑިޔޯތަކުންނައި ފޮޓޯތަކުން އެނގިގެންދެއެވެ.

މިފަދަ ކަންތައްތަކުގެ ސަބަބުން އިންޑިޔާގައި ފުޑް ޕޮއިސަނިންގެ ގިނަ ކޭސްތައް ވަނީ މީގެ ކުރިންވެސް ފެންމަތިވެފައެވެ،

އިންޑިޔާގެ އުއްތުރަ ޕްރަދޭޝްގައި ދިރިއުޅުނު މަނޯޖް ކުމާރު ނަމަކަށް ކިޔާ މީހަކު އޭނަގެ ދޮށީ ފިރިހެންދަރި ހޮޓަލަކަށް ފޮނުވީ ވަރަށް މީރުކޮށް ކާލަނަމޭ ހިތާ ބަޖިޔާކޮޅެއް ގަންނާށެވެ. ބަޖިޔާތައް ގެނެސް ދިނުމުން ހޭވައްޓާލާފައި ބައްޕަ އާއި އަންހެން ދަރިފުޅު ބަޖިޔާ ކާން ފެށިއެވެ.

އެތަނުން އެއް ބަޖިޔާ ކާލިފަހުން އޭނާގެ ކުޑަ އަންހެން ދަރިފުޅު ކާން އިން ބަޖިޔަލުގެ ތެރެއިން ބޮނޑެއް ފެނުނު ކަަމަށް މަނޯޖް އާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ބަޖިޔާ ކެއި ދެ ބަފައިން ވިހަވެގެން، ބޯ އެނބުރުމާ ހޮޑުލެވުން ފަދަ މައްސަލަތައް ދިމާވިކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮނޑު ފެނުމުން ބަޖިޔާ ގަތް ހޮޓަލަށް ގޮސް ފުލުުހުންނާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ގުޅައި އެ ދެ ތަނުގެ އޮފިޝަލުން އެ ހޮޓަލަށް ގެނައެވެ. ނަމަވެސް ހޮޓަލުގެ ވެރިފަރާތާމެދު ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެއްވެސް ފިޔަވަޅެއް ނާޅާކަމަށް މަނޯޖް ކުމާރު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންޖެ

    ހާދަ ފަކުރު ގަނެއްޖޭ އަޅޭ. އަސްތަޤްފިރުﷲ

  2. މަންޖެ

    ކެއުމުގެ ކުރިން ބިސްމި ކިޔުމައް އޮތް ކަން އަހަރުމެން ހަދާންކުރަންޖެހޭ