ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ފަލަސްތީނުގެ ރައްޔިތުންނާއި މެދު ޒައްރެއްގެ މިންވަރަށް ވެސް ވިސްނާ ނުލާ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ސީބީއެސް ނޫހަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ ހަމާސް ޖަމާއަތުގެ މުޖާހިދުން ޣައްޒާގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އަލް-ޝިފާ ހޮސްޕިޓަލް އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުން ކުރަމުން އަންނަ ކަމުގެ "ކޮންކްރީޓް" ހެކި އިސްރާއީލް އަތުގަ އެބަ ހުރި ކަމަށެވެ. އަދި ދާދި ފަހުން އެ ހޮސްޕިޓަލަށް ރޭޑު ޖެހުމުން، ބިރުން އެތަން ދޫކޮށް ދިޔަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުން މިކަން ކުރަމުން އަންނަނީ ރަނގަޅު ކަމެއް ކުރުމުގެ ގޮތުގައި ކަމަށާއި އިސްރާއީލުގެ ބޭނުމަކީ ހޮސްޕިޓަލްތައް ރައްކާތެރިތަނެއްގެ ގޮތުގައި ބަލައި އެތަނުގައި ތިބި ހަމާސް ޖަމާއަތުގެ މީހުން ނައްތާލުން ކަމަށެވެ. އަދި މިހާތަނަށް އެކަން ކުރެވުނު ކަމަށް ވެސް ބުންޏެވެ.

އިސްރާއީލުން ބަލަމުން އަންނަނީ ޣައްޒާއިން މަރުވާ އާންމުންގެ އަދަދު ވީހާ ވެސް މަދު ކުރުމަށް ކަމަށާއި ނަމަވެސް ހަމާސް ޖަމާއަތުން އެކަމާއި މެދު ޒައްރެއްގެ މިންވަރަށް ވެސް ނުވިސްނާ ކަމަށް ނަތަންޔާހޫ ބުންޏެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ މަރުވާ މީހުންގެ އަދަދު ވީހާވެސް މަދުކޮށްގެން މަސައްކަތް ނިންމާލަން. އެއީ އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް. ވީހާ ވެސް މަދުން މީހުންގެ ފުރާނައަށް ގެއްލުން ދިނުން. އެކަމަކު އެކަން ކާމިޔާބެއް ނުވޭ" އޭނާ ބުންޏެވެ.

އިސްރާއީލުން ބަލަމުން އަންނަނީ ވީހާ ވެސް މަދުން ޣައްޒާ ރައްޔިތުންގެ ފުރާނައަށް ގެއްލުން ދިނުމަށް ކަމަށް ނަތަންޔާހޫ ބުނި ނަމަވެސް، މިހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 11،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މީނަ

    ދެްެން ކަލޭމެންތަ ވިސްނަނީ ؟

    25
  2. ހުސޭނުބޭ

    ޖައްލާދާ ކަލޭ ވިސްނަމުތަ؟ ހަމާސްއިން ނުޖެހޭ ކަލޭގެ ފައިބުޑަށް ތިރިވާކަށް. ތިއީ މީހަކު ފައިބުޑަށް ތިރިވާވަރަށްވުރެ ބޮޑު ފިނޑިއެއް!

    41
    1
  3. މަގުތު

    ކަލޭ ދޯ ބޮން އަޅަނީ ތި! ކަލޭގެ ރައްޔިތުންގެ ތެރެއިން ޣައްޒާގަ ތިބި ކިތައް މީހުން މަރުވެއްޖެ ކަލޭ ބޮން އޮއްސާއޮއްސާ! ކަލޭ ވެރިކަމުން ބާލާނެތީ ހަނގުރާމަ ދިގުދަންމަނީ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ނައިސް! އާނ ދެން ކަލޭ ހަދާހާ ދޮގެއް މީޑިޔާތަކުގަ ލިޔާނެ ތެދުކަމަށް ގަބޫލުކުރާނީ ކަލޭ ކަހަލަ ހަޔތކޑ މީހުން!

  4. Anonymous

    ކަލޭމެން ވިސްނާވަރުތާ އެހެންވީމަ މިހާރު ފެންނަމުން މިދަނީ ، އަދި ނުވިސްނާނަމަ ކޮބައިބާ ހާލަކީ.

  5. ޔަހޫދީ

    ދެން ތީ އެމީހުނާ ދޭތެރޭ އެންމެ ވިސްނާ މީހާ ދޯ

  6. މާލު

    ޢެކަކުވެސް އަތުނުޖެހުނު، ދެން ފައިބާއަވަހައް އިތުބޮނޑިއެއް ނުލިބެނީސް

  7. އައިސް

    ބަލޭ ހުރި ހިޔަޅުކަން.
    އުޅެއުޅެ ޣާޒާ ހުސް ނުކުރެވުނީމާ ހަމާސްބޮލަށް ޗަ ކަނޑޭލީ. ކަލޭޗޭ އެއްވެސް ވިސްމުނެއް ނެތް ބީތާއެއް

  8. Anonymous

    ކަލެއައް ބޮޑައް ވިސްނޭ

  9. ހެ

    ދޭތެރެ ޖައްސާ ތަންތަން ބައިބައިކޮށްލާ ތަންތަން ފަސާދަ ކުރަން މިވަރެން ނުހުންނާނެ. މީހަމަ ޔަހޫދީން.

  10. Anonymous

    އިބިލީސްވެސް ބިރުގަނޭ މިޝައިޠާނުދެކެ. އިބިލީހަށްވުރެވެސް ނުބައި ޙައިވާނެއްމީ.