ފަލަސްތީނުގެ ޣައްޒާގައި އިންޑޮނޭޝިއާގެ ހޮސްޕިޓަލުގައި ވޮލަންޓިއާކޮށް ކިޔަވަމުން އަންނަ އިންޑޮނޭޝިއާގެ ތިން ދަރިވަރެއްގެ ހަބަރެއް ވެފައި ނުވާ ކަމަށް އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގެ ހަމާސް ޖަމާއަތާއި އިސްރާއިލާއި ދެެމެދު ފެށި ހަނގުރާަމައިގައި ޣައްޒާގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި ގެއްލުނު މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ޣައްޒާ ދޫކޮށް އެތަން މިތަނަށް ހިޖުރަ ކޮށްފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއްގެ ހަދިޔާއާއެކު އިމާރާތްކުރި މި ހޮސްޕިޓަލުގައި ފަރީދު ޒަންޒާބިލް އަލް އައްޔޫބީ، ރެޒާ އަލްޑިއްލާ ކުރްނިއާވާން އަދި ފިކުރީ ރޮފިއުލް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ އިރު، އެ ހޮސްޕިޓަލަށް އިއްޔެ ވަނީ އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައެވެ.

އިންޑޮނޭޝިއާގެ ޗެރިޓީ ދަ މެޑިކަލް އިމަޖެންސީ ރެސްކިއު ކޮމިޓީ (އެމްއީއާރް-ސީ) ގެ ހޮސްޕިޓަލްގެ ސައިޓް މެނޭޖަރު ނޫރް އިޚްވާން އަބާދީ ވަނީ ހަނގުރާމަ ފެށުމުގެ ކުރިން އެނބުރި އިންޑޮނޭޝިއާއަށް ގޮސްފައެވެ.

ފަރީދު ޒަންޒާބިލް އަލް އައްޔޫބީ

އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެމީހުންނަކީ ރަނގަޅު ބައެއް ކަމަށާއި، ފަރީދު ޤުރުއާނުގެ އެތައް ބައެއް ހިތު ދަސްކޮށްފައިވާއިރު ހަނދާންކޮށްފައިވާއިރު، ރިޒާ އާއި ފިކުރީ ވަނީ ގުރުއާންގެ ބޮޑު ބައެއް ހިތުދަސްކޮށްފައި ކަމަށެވެ.

"ހިއުމެނިޓޭރިއަން ވޮލަންޓިއަރުންގެ އިތުރުން ޣައްޒާ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވަން ޣައްޒާއަށް ދާން އެ ތިބް މީހުންވެސް ބޭނުންވީ. އެ ތިން މީހުންނަށް ވެސް އެތަނުގައި ކިޔެވުމަށް ސްކޮލަޝިޕް ލިބުނު.". އޭނާ ވިދާޅުވިއެވެ.

ފިކްރީ ރޮފިއުލް ހައްގު

އެގޮތުން ރިޒާ ޣައްޒާއަށް ގޮސްފައި ވަނީ 2013 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ ކޮލެޖުން ދަސްވެނިވެފައެވެ. އަދި ފަރީދާއި ފިކްރީ 2019 ވަނަ އަހަރު ޣައްޒާއަށް ދިޔައިރު، އޭނާ ގެެއްލުނުއިރުވެސް އުޅުނީ ކޮލެޖްްގައެވެ.

"ހޮސްޕިޓަލުގެ ނޫސްވެރިން މެދުވެރިކޮށް މުޅި ދުވަހު ގުޅަން މަސައްކަތް ކުރި ނަމަވެސް އެއްވެސް މީހަކާ އަދި ދިމާވެފައެއް ނުވޭ.".