އިސްރާއީލުން މިހާރު ޣައްޒާގައި ކުރަމުން ގެންދާ ހަނގުރާމައިގައި ސުލްހައިގެ އެއްބަސްވުމަކާއި ކައިރިއަށް އާދެވިއްޖެ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

”ސުލްހައިގެ އެއްބަސްވުމަކާއި ކައިރިއަށް އާދެވިއްޖެ.” ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔާ ވިދާޅުވެފައި ވެއެވެ.

ހަމާސް އިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާގައި ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން މިނިވަން ކުރުމަށާއި، ޣައްޒާގައި އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވޭތޯ މެދުވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އެއް ގައުމަކީ ޤަތަރެވެ. ޤަތަރުގެ ބޮޑު ވަޒީރު މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައިވަނީ ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި ރަހީނު ކޮށްފައި ތިބި ބައެއް މީހުން މިނިވަންކުރުމުގެ އެއްބަސްވުމާއި ހަމައަށް ނާދެވިފައި އޮތީ ކުދި ކުދި މައްސަލަތަކާއި ހެދި ކަމަށެވެ.

ހައްޔަރުގައި ތިބި މީހުން މިނިވަންް ކުރުމުގެ އެއްބަސްވުމަކާއި ހަމައަށް އާދެވުން އޮތީ ވަރަށް ކައިރީގައި ކަމަށް އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ވިދާޅުވެފައެވެ.

ޣައްޒާގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރުމުގެ ބަދަލުގައި 5 ދުވަހަށް ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށް އިސްރާއީލުން “ފެހި ސިގްނަލް“ ދީފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުންވެސް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ހަމާސްގެ އެދުމުގެ މަތިން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް އަންހެނުންނާއި ކުޑަކުދިން މިނިވަންކުރާނެ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

އިސްރާއީލަކީ އެމީހުންގެ ޖަލުތަކުގައި ކުޑަކުދިން ގައިދުކޮށް، އަސްކަރީ ކޯޓުތަކުގައި އެކުދީންގެ ޝަރީއަތް ހިންގާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

އިސްރާއީލުން މި އެއްބަސްވުމަށް ފެހި ސިގްނަލް ދީފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވީ ނަމަވެސް އިސްރާއީލުގެ އޮފިޝަލުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަވަށުމީހުން

    އެންމެ 5 ދުވަހަށް ހަނގުރާމަ ހުއްޓާލާކަށް ޑީލެއް ހަދާނެކަމެއްނެތް. މީހުންކޮޅު ހަމަ ލިބޭއިރަށް ހަގުނަ އިތުރަށް ޙަމަލާދޭނެ.. އިޒްރޭލަކަށް އިތުބާރުކުރާކަށްނުވާނެ.. މިހާރުވެސް އެއުޅެނީ އިޒްރޭލް ރައްޔިތުން ކެކިއަރާތީ ނަތަންޔާހޫ އާއި ދެކޮޅަށް ރަހީނުންތައް ނުގެނެސްގެން.. އެހެންވެގެން މަކަރުން އެޑީލެއް ހަދަނީ..

    30
    • ޢަބްދުﷲ

      ޔަހޫދީންނަކީ އަބަދުވެސް މަކަރުވެރި ބައެއް. ރަހީނުން ހޯދުމަށް ދައްކާ މޮޅު ވާހަކަ.

  2. ދިވެހީން

    އެއްވެސް ޑީލެއް ހަދާކަށް ނުފެނޭ މިހާރުވެސް އެތިބީ ވަރަށް ރީކޮށް ހަނގުރާމައިން މާﷲ ރަޙުމަތްފުޅާއެކު ރަނގަޅަށް ބަލިވެފައި އިސްރާއީލް ދުނިޔެއަށް ރަނގަޅަށް ބޭޒާރުވެ ލަދުން މަރުވާވަރުކޮށްފާނޫނީ ނުވަތަ ފަލަސްޠީންގެ ނިކަމެތި ރައްރިތުންނާ ދުވަހަކުވެސް ހަނގުރާމައެއް ނުކުރުމަށް ފަތެއްލިޔެ ދުނިޔޭގެ ކުރިމަތީގައި ސޮއި ކޮށްފާނޫނީ ދެން ހުއްޓާލާކަށް ނުފެނޭ އެއީ ޔަހޫދީން މަކަރު ހަކުރާޖަހައިގެން ކާބައެއް ބަލިވެއްޖެއްޔާ ލަދު އެކަމަކު ހަމާސްގެ މުޖާހިދުންނަކީ ހިތްވަރުގަދަ ޖެހިލުންކުޑަ ޙިކްމަތްތެރި ބައެއް ( ކާފަރުން ކޮސްވެއްޖެ)

  3. ޅިޔަނުބެ

    މުޅި ގާޒާ ފުނޑާލައި ދެމިލިއަނެއްހާ މީހުން ރަށުން ބޭރުކޮށް ބޭނުންވާ އަދަދަށް މީހުންމަރައި ބޭނުންވާ ބިންތައް އިސްރާއިލްގެ ބާރުގެ ދަށަށް ގެންދެވުނީމާ ކޮން ސުލްހައިގެ ވާހަކައެއް ދައްކާކަށް!؟ ކޮންމެފަހަރަކުވެސް ހަދާގޮތެއްނުތީ؟ ހައްލުވާ ދުވަހެއް ނާދޭ؟މިފަހަރު ތިބައިމީހުންގެ މައްޗަށް ދައުވާކޮށް އުމުރުދުވަހަށް ޖަލުގައި ބައިތިއްބަބަލަ ކަމެއް ކުރަންޏާ؟

  4. މުހައްމަދު

    މީ ޒައަނިސްޓް ޓެރެރިސްޓް ގައުމާ އެމެރިކާގެ ހީލަތެއް.

    13
  5. ނޫރު

    ހޯހޯ ހަނގުރާ ނުހުއޓާތި ޔަހޫދީން ސުންނާފަތި ވަންދެން ކުރިޔައްދޭ ޔަގީން މީޔަހޫދީންގެ ފަހު ހަނގުރާމަ މުސްލިމުންނަށް ﷲ ނަސްރު ދެއްވާށި އާމީން.

    11
  6. Anonymous

    75 އަހަރުވަންދެން ނުވި ސުލްހައެއް އެމީހުން ނުވާނެ. އެއީ ޔަހޫދީން. އަނިޔާވެރި ގޮތްކުޑަ ލާއިންސާނީ ދޮގުވެރި މަކަރާ ހީލަތްތެރި، ހަޤީޤަތާއި ތާރީޚު އޮޅުވާ ފުރޮޅާ ހަދާ ހިލަ ހިތްތަކުގެ ވެރިން

    12
  7. މުހައްމަދުސައީދު

    އިސްރާއީލާއި އެކު އެއްބަސްވާނަމަ ފުރަތަމަ އެއްބަސް ވާންވާނީ ، ޣައްޒާއިން ޝަހީދުވި މީހުންގެ މަރުގެ ދިޔަ ދިނުމާއެކު ، ހަލާކު ކުރި އިމާރާތް ތަކުގެ އަގު ދިނުމާއެކު ޣައްޒާ އަލުނ އާރާސްތުކޮށް މާއްދީގޮތުން ލިބުނު ހުރިހާ ގެއްލުމެއްގެ ބަދަލު ދިނުމުން. ދެވަނަ ކަމަކަށް ، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެއްމެން މިނިވަން ކުރުމާއެކު އެމީހުންގެ ބަންދު ކޮށްގެން އުޅުނު އުޅުމަށް ޢަދުލުވެރި ބަދަލު ދިނުން . ތިންވަނަ ކަމަކަށް ޣައްޒާ ހިސާރު ކޮއްފައި އޮތް އޮތުން ނިމުމަކަށް ގެނައުން . ހަތަރުވަނަ ކަމަކަށް ފަލަސްތީނުން ބޭނުންވާ ކޮއްމެ ޤައުމަކުން ހަތިޔާރު ގަނެގެން ގެނެސް ފަލަސްތީނަށް އެތެރެ ކުރުމުގެ ދޮރު ހުޅުވައިދިނުން . މިކަންކަމަށް އެއްބަސް ނުވާނަމަ ހަނގުރާމަ ހުއްޓާނެ ކަމެއް ނެތް . ރަހީނަކުވެސް މިނިވަން ކުރާނެ ކަމެއް ނެތް .