22:45

އަބޫ އުބައިދާ:

ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބެއިދާ ވިދާޅުވީ ޣައްޒާގައި ނިރުބަވެރިންގެ ހަމަލާ މިފަހުން ފެށުނު ފަހުން އެ ޖަމާއަތުގެ މުޖާހިދުން ވަނީ އިސްރާއީލު ސިފައިންގެ 335 އުޅަނދެއް ސުންނާފަތިކޮށްލާފަ.

މިދިޔަ 72 ގަޑިއިރުގެ ތެރޭގައި އިތުރު 33 ވެހިކަލަކަށް އަމާޒުކޮށް ހަމަލާދީ ސުންނާފަތިކޮށްލި ކަމަށް އަބޫ އުބެއިދާ ކުރިން ރެކޯޑްކޮށްފައިވާ ބަޔާނެއްގައި ބުނެފައިވޭ.

އޭނާ އިތުރަށް ވިދާޅުވީ މުޖާހިދުން ވަނީ ބެއިތު ހަނޫންގައި އިސްރާއީލު ސިފައިންނަށް އަމާޒުކޮށްގެން ދިހަވަރަކަށް އޮޕަރޭޝަން ހިންގާފައި ވާނެ ކަމަށް.

 

22:27

ޖަބަލިއާގެ އަބޫ ހުސެއިން ސްކޫލުން މިހާތަނަށް 13 މީހުން ޝަހީދުވެ 60 މީހަކު ޒަޚަމްވެފައިވޭ.

22:24

ޖަބަލިއާ ކޭމްޕްގައި ހުންނަ އަބޫ ހުސެއިން ސްކޫލަށް ބޮން އަޅާ އެތައް ބަޔަކު ޝަހީދުވެއްޖެ.

21:58

އަލް-ޤައްސާމް ބްރިގޭޑްސްގެ ސްޕޯކްސްމަން، އަބޫ އޮބައިދާ: އަހަރުމެންގެ ހަނގުރާމަވެރިން ވަނީ ނިރުބަވެރިންގެ 335 ޓޭންކަރުތައް ސުންނާފަތިކޮށްލާފަ.

21:37

މާދަމާ ފަލަސްތީނުގެ 39 ގައިދީން ދޫކުރަނެ ކަމަށް ރިޕޯޓްތަކުން ބުނެފި.

20:35

ނިރުބަވެރި އިސްރާއީލާއި ހަމާސްގެ މުޖާހިދުންނާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލާ ވަގުތު ކައިރިވެފައިވަނިކޮށް، ނިރުބަވެރިން ޣައްޒާއަށް ހަމަލާތަކެއް ދީފި.

 

20:30

ހަމާސްއިން ދޫކުރާ ހައްޔާރީންގެ ލިސްޓެއް ނިރުބަވެރި އިސްރާއީލަށް ލިބިއްޖެ. ނިރުބަވެރިން އަންނަނީ އެމީހުންގެ އާއިލާތަކަށް ގުޅައި އެއީ ސައްހަ ލިސްޓެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން.

20:28

މުޖާހިދުންނާއި އިސްރާއީލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ މެދުކަނޑާލުމަށް ނިންމާފައިވާއިރު، ނިރުބަވެރިންނާއި އެހެން ހަނގުރާމަވެރިންނާއި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލާނެތޯ ސުވާލު ކުރުމުން އަލް-އަންސަރ ވިދާޅުވީ، އެއްބަސްވުން އޮތީ ހަމާސް އާއި އިސްރާއީލާއި ކުރަމުން އަންނަ ހަނގުރާމަ މެދުކަނޑާލަން ކަމަށް.

20:26

ޤަތަރުގެ ސްޕޯސްޕާސަސް، މަޖިދް އަލް-އަންސަރި: އުންމީދު ކުރަނީ އެއްވެސް ލަސްކަމެއް ނެތި، ކުރިން އޮތް ގޮތަށް މިކަން ކުރެވޭނެ ކަމަށް

20:24

ޤަތަރުގެ ސްޕޯސްޕާސަސް، މަޖިދް އަލް-އަންސަރި: އިންސާނީ އެހީއަކީ މި އެއްބަސްވުމުގެ މުހިންމު ބައެއް. ރަފާހް ބޯޑަރު ހުރަސްކޮށް ވީއެންމެ އަވަހަކަށް އެހީ ލިބޭނެ ކަމަށް އުންމީދު ކުރަނީ. މި މުއްދަތުގައި ވެއްދެނީ ޣައްޒާއަށް ބޭނުންވާ މިންވަރަށްވުރެ ކުޑަ މިންވަރެއް. ޣައްޒާއަށް ވަރަށް ގިނައިން އެހީ ބޭނުންވޭ. އަޅުގަނޑުމެންގެ އަމާޒަކީ މި ހަނގުރާމަ އެއްކޮށް ހުއްޓާލުން

20:21

ޤަތަރުގެ ސްޕޯސްޕާސަސް، މަޖިދް އަލް-އަންސަރި: ސަލާމަތީ ސަބަބުތަކަށްޓަކައި ގައިދީން ޣައްޒާއިން ބޭރަށް ގެންދާނެ މަގުތަކުގެ މައުލުމާތު ހާމައެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން. އަޅުގަނޑުމެން ފޯކަސް ކުރަނީ ރައްކާތެރިކަމާއި އެކީ އެމީހުންނަށް މަންޒިލްތަކަށް ދެވޭނެ ގޮތް ހެދުމަށް

20:20

ޤަތަރުގެ ސްޕޯސްޕާސަސް، މަޖިދް އަލް-އަންސަރި: އިއްޔެ ކުރިއަށް ދިޔަ މުއާމަލާތްތައް މިއަދު ހެނދުނާއި ހަމައަށް ކުރިއަށްދިޔަ، މުއާމަލާތްތައް ދިޔައީ ވަރަށް ރީއްޗަށް، އުންމީދީ ޖަވާބު ލިބުނީ.

20:08

ނިރުބަވެރިންނާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00 (ރާއްޖެ ގަޑިން ހެނދުނު 10:00) ގައި ކަމަށް ރިޕޯޓްތަކުން ބުނެފި.

ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށްފަހު ނިރުބަވެރިންނާއި މުޖާހިދުން ހައްޔަރު ކޮށްފައި ތިބި މީހުން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު (ރާއްޖެ ގަޑިން ރޭގަނޑު 19:00) ގައި. މީހުން ދޫކުރާއިރު، ހަމާސް އިން ހައްޔަރު ކޮށްފައި ތިބި 13 އިސްރާއީލުގެ އަންހެނަކާއި ކުޑަކުދިން ދޫކުރުމަށް ވަނީ ނިންމާފަ. އަދި އިސްރާއީލުން ވަނީ ފަލަސްތީނުގެ 150 މީހަކު ދޫކުރުމަށް ނިންމާފަ.

އަދި ހަމާސްގެ ބެލުމުގައި ދަށުގައި ތިބި އިސްރާއީލުގެ 50 މީހަކު ކުރިއަށް އޮތް ހަތަރު ދުވަހު ދޫކުރުމަށް ވަނީ ނިންމާފަ.

ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ކުރާއިރު، ނިރުބަވެރިން ޣައްޒާގެ ދެކުނަށް ދެމުން އަންނަ ވައިގެ ހަމަލާ ހުއްޓާލައި، އުތުރުގެ ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތައް މަދު ކުރުމަށް ވެސް ވަނީ ނިންމާފަ. އަދި ހަނގުރާމަ ހުއްޓާލާ ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ އެހީ ޣައްޒާއަށް ވެއްދުމަށް ވަނީ ނިންމާފަ.

20:02

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ، މުހައްމަދު އަބޫ ސަލްމިޔާ ހައްޔަރު ކޮށްފި

 

19:50

ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ 3،130 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

18:58

ލުބުނާނާއި އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް މިހާރުވެސް ކުރިއަށް އެބަ ދާ ކަމަށް އަލްޖަޒީރާއިން ބުނެފި

 

18:42

 

17:48

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީ 10 މީހަކު ޝަހީދު ކޮށްލައިފި

 

17:15

ނިރުބަވެރިން ދިން ހަމަލާތަކެއްގައި ޒަހަމްވި ކުޑަކުދިންތަކެއް.

ނިރުބަވެރިން ދިން ހަމަލާގައި ޒަހަމްވި ކުޑަކުދިން--ފޮޓޯ: ރޮއެޓާސް
ނިރުބަވެރިން ދިން ހަމަލާގައި ޒަހަމްވި ކުޑަކުދިން--ފޮޓޯ: ރޮއެޓާސް
ނިރުބަވެރިން ދިން ހަމަލާގައި ޒަހަމްވި ކުޑަކުދިން--ފޮޓޯ: ރޮއެޓާސް

17:00

14 ގަޑިއިރު ބަލާތާ ކޭމްޕްގަ ނިރުބަވެރިން "ބަލާ ފާސްކުރުމުގެ" އޮޕަރޭޝަން އެއް ހިންގުމަށް ފަހު އެ އަވަށުން ނިކުންނަން ފަށައިފި.

16:58

ރެޑްކްރޮސްގެ ތަރުޖަމާނު:

އަޅުގަނޑުމެން ޢައްޒާގެ އަލް އަވްދާ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ބައެއް ސާމާނު ފޯރުކޮށްދީފިން.

16:56

ޚާން ޔޫނިސްގައި މިވަގުތު ނިރުބަވެރިން ވައިގެ މަގުން ދެމުންދާ ރަހުމުކުޑަ ހަމަލާތަކުގައި ރޮއިޓާސްގެ ފޮޓޯގްރާފަރެއް ޒަހަމްވެއްޖެ.

ޒަހަމްވި ފާދީ ޝަނާ

16:54

ޒަޔަނިސްޓުން ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތާއި އަލްބުރެއިޖްގެ ދެ ގެއަކަށް ބޮން އެޅުމުގެ ސަބަބުން 6 މީހަކު ޝަހީދުވެއްޖެ.

16:53

ގަތަރުން ޣައްޒާއަށް 41 ޓަނުގެ އެހީ ފޮނުވާނެކަން އިއުލާނުކޮށްފި.

16:52

ޣައްޒާގެ އިރުމަތީގައި އޮންނަ ޖުހުރުލްދީކްގައި މުޖާހިދުންނާ ނިރުބަވެރިން ދަނީ ވަރުގަދަ ބަޑީގެ ހަމަލާތަކެއް ބަދަލުކުރަމުން.

16:51

އިސްރާއީލުގެ ޖެޓްތަކުން ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގައި މީހުން ދިރިއުޅޭ އެތައް ސަރަހައްދަކަށް ބޮން އަޅައިފި.

16:48

ޔުނައިޓެޑް ނޭޝަން:

އިސްރާއީލުން ޣައްޒާގައި ކޮންމެ ދެ ގަޑިއިރަކުން ފަލަސްތީނުގެ 7 އަންހެނުން ޝަހީދުކޮށްލާ.

16:47

ހުޅަނގު އައްސޭރި އަވަށް ތަކުން ނިރުބަވެރިން ހައްޔަރު ކުރި ފަލަސްތީނު މީހުންގެ އަދަދު 76 އަށް އަރައިފި.

16:43

ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި އެންމެ ބޮޑު ރޮކެޓް ބެރޭޖް ގެ ޒިންމާ ހިޒްބުالله އިން ނަގައިފި

15:52

ޣައްޒާގައި މިހާރު ހިނގަމުންދާ އިސްރާއީލުގެ ޖަރީމާތަކުގެ ސަބަބުން ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 14،532 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި 6،000 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފި.

15:51

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުން އޮންނަ ބަލަޓާ ރެފިއުޖީ ކޭމްޕްގެ ބައެއް ގެތަކަށް އިސްރާއީލް ސިފައިން ގޮތަކަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފި.

15:49

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެއްޖެ

15:21

ލުބުނާނުގެ ދެކުނުގައި އޮންނަ މީސް އެލް ޖަބަލް ނަމަކަށް ކިޔާ އަވަށުގެ މައްޗަށް އިސްރާއީލުން ހުދު ފޮސްފަރަސް ބޮން އަޅައިފި

15:20

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބަލަޓާ ރެފިއުޖީ ކޭމްޕަށް އިސްރާއީލް ސިފައިން މިހާރު ކުރަމުންދާ އޮޕަރޭޝަންގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދިމާލަށް ކަރުނަގޭސް ކެނިސްޓާއާއި ސްޓަން ގްރެނޭޑް ޖަހައިފި

14:44

ޖަރުމަނުގެ ބާލިންގައި ފަލަސްތީނުގެ މަނާ ކޮށްފައިވާ ދެ ޖަމިއްޔާއަކާ ދެކޮޅަށް މިއަދު ހެނދުނު ހިންގި އޮޕަރޭޝަންތަކުގައި ޖަރުމަނުގެ 300 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ސެނެޓްގެ އިންޓީރިއާ އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނަކު ވިދާޅުވީ އެ ގައުމުގެ އެކި ކަންކޮޅުތަކުގައި 15 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 11 ތަނެއް ބާލިންގައި ހުރި ކަމަށް.

14:43

ހަނގުރާމަ ހުއްޓާލާނެ ސީދާ ވަގުތު "ގަޑިއިރެއްގެ ތެރޭގައި" އިއުލާނު ކުރާނެ ކަމަށް ގަތަރުން ބުނެފި.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ގަތަރުގެ ނިއުސް އެޖެންސީއަށް ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށް.

އޭނާ ވިދާޅުވީ ގަތަރުން މަސައްކަތް ކުރަމުން ދަނީ ދެ ފަރާތުގެ އިތުރުން މިސްރާއި އެމެރިކާއާއެކު ވެސް ހަނގުރާމަ ހުއްޓާލަަނެ ކަމުގެ ޔަގީންކަން ދިނުމަށާއި އެއްބަސްވުމަށް ދެ ފަރާތުން ވެސް ވައުދުވުމަށް ހުރިހާ ކަމެއް ފޯރުކޮށްދިނުމަށް ކަމަށް

14:06

ފަލަސްތީނުގެ ދައުލަތް "ވަރަށް ކުރު މުއްދަތެއްގައި" ބަލައިގަންނަން ސްޕެއިން ތާއީދުކުރާ ކަމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ވިދާޅެއްޖެ.

14:02

އިސްރާއީލްގެ ވައިގެ ހަމަލާތަކުގައި ފޮޓޯ ޖާނަލިސްޓް މުހައްމަދު މޮއިން އައްޔަޝް އާއި އޭނާގެ އާއިލާގެ ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލައިފި.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޖެޓްތަކުން ބުރާސްފަތި ދުވަހު ވަނީ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އޭނާގެ ގެއަށް ބޮން އަޅާފައި

14:01

ފަލަސްތީނުގެ ނޫސްވެރިޔަކު ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕް ހަލާކުވި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފި

 

View this post on Instagram

 

A post shared by Awad 𓂆 (@awadkh11)

13:59

އިންޑޮނޭޝިއާ ހޮސްޕިޓަލް މުޅިން ހުސްކޮށް، އެ ހޮސްޕިޓަލުގެ ވޮލަންޓިއަރުން ރަފާއަށް ބަދަލުކޮށްފައިވާ ކަމަށް ޣައްޒާގައި 2011 ވަނަ އަހަރު އިމާރާތްކުރި އިންޑޮނޭޝިއާ ހޮސްޕިޓަލަށް ފަންޑުކުރި އިންޑޮނޭޝިއާގެ ޗެރިޓީ މެޑިކަލް އިމަޖެންސީ ރެސްކިއު ކޮމިޓީ (އެމްއީއާރް-ސީ) އިން ބުނެފި

މީގެ ކުރިން ހޮސްޕިޓަލުގެ ތެރޭގައި ހުންނެވި ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ހަތަރު ގަޑިއިރުގެ ތެރޭގައި އެ ތަން ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީފައިވާ ކަމަށް

13:29

އިސްރާއީލުން އެންމެ ފަހުން އަބޫ ކަމަރް މަގަށް އަމާޒުކޮށް ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ބޮމުގެ ހަމަލާގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި.

13:15

ޣައްޒާ މިއަދު ހެނދުނު - ފޮޓޯ: އީޕީއޭ
ޣައްޒާ މިއަދު ހެނދުނު : ފޮޓޯ: ޭޕީ

13:11

އިޒްރޭލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ބޯޑަރު އަވަށްތައް ކަމަށްވާ ޝިހީން އާއި ޖިބްބައިންގެ ވަށައިގެންވާ ސަރަހައްދުތަކަށް ބޮން އަޅާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، ހިޒްބުﷲ އިން އިސްރާއީލުގެ ސާސާ ސައިޓާ ދިމާލަށް މިސައިލް ފޮނުވާކަން އިއުލާނުކޮށްފި.

ލުބުނާނުގެ ދެކުނުގެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަރުވި އެ ޕާޓީގެ ޕާލަމެންޓްރީ ބްލޮކްގެ ވެރިޔާ މެމްބަރު މުހައްމަދު ރާދުގެ ދަރިކަލުން ހިމެނޭ ގޮތަށް ހިޒްބުﷲ އިން ވަނީ އެ ޖަމާއަތުގެ ފަސް ހަނގުރާމަވެރިން މަރުވިކަން މިދިޔަ ބުދަ ދުވަހު އިއުލާނުކޮށްފައި.

12:36

ކުރިއަށް އޮތް ހަތަރު ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާގައި ހުރި އިންޑޮނޭޝިއަން ހޮސްޕިޓަލް ހުސް ކުރަން އިސްރާއީލްގެ ނިރުބަވެރި ސިފައިން އަންގައިފި.

12:12

އިސްރާއީލު ނިރުބަވެރިން އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު ޑރ.މުހައްމަދު އަބޫ ސަލްމިޔާ އާއި ގިނަ އަދަދެއްގެ ޑޮކްޓަރުން ހައްޔަރުކޮށްފި

11:49

ޣައްޒާގައި މިހާރު ކުރެވެމުންދާ ހަނގުރާމަ 4 ދުވަހަށް ހަމަލާތައް ހުއްޓާލުން އިސްރާއީލުން ފަސްކޮށްފި.

11:45

އިސްރާއީލު ނިރުބަވެރިން އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު ޑރ.މުހައްމަދު އަބޫ ސަލްމިޔާ އާއި ގިނަ އަދަދެއްގެ ޑޮކްޓަރުން ހައްޔަރުކޮށްފި

11:44

އިސްރާއީލު ނިރުބަވެރިންގެ މަތިންދާބޯޓުތަކުން ރަފަޙްގެ ހުޅަނގު ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދެންމެ ދީފި.

11:09

އިސްރާއީލުގެ ހަތިޔާރު ވިޔަފާރީގެ މުޑުދާރު ސިއްރު: ޓެސްޓު ކުރަނީ ފަލަސްތީނުގައި.

11:04

ޣައްޒާ ސިޓީގެ އަލް ޒައިތޫން، ތަލް އަލް ހަވާ، އަލް ޝާތީ، ޝެއިޚް ރަދުވާން އަދި ޖުހްރު އަލް ޑިކްގެ އަވަށްތަކުގައި އިޒްރޭލުގެ އަސްކަރީ 11 ވެހިކަލަކަށް ހަމަލާދީފައިވާ ކަމަށް ފަލަސްތީނު އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ އަލް ޤުދުސް ބްރިގޭޑްސް އިން ބުނެފި.

11:02

އިސްރާއީލުން ޣައްޒާގައި މީހުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް ދިން ސިލްސިލާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެ ޒަޚަމްވެއްޖެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ އިރުމަތީގެ ފަސް ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި 15 މީހުން ޝަހީދުވިިއިރު، އެތައް ބަޔަކު ވަނީ ގެއްލިފައި.

10:54

ފަލަސްތީނަށް އެހީވުމަށް ރާއްޖޭގެ ފިލްމީ ތަރިންނާއި އެކި ފަންނާނުން އިސްނަގައިގެން "އިންސާނިއްޔަތަކަށްޓަކައި" މި ނަމުގައި ހިންގި އެކި އެކި ހަރަކާތްތަތަކުން ލިބުނު 600،000 އަށް ވުރެ ގިނަ ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހަވާލުކޮށްފި

10:14

ހިސޯރުކޮށްފައިވާ ފަލަސްތީނުގެ އަސްކަލަން އަދި ދެކުނުގެ އެހެން އަވަށްތަކަށް ރޮކެޓް ސައިރެން އެކްޓިވޭޓް ކޮށްފި.

10:12

އޮސްޓްރޭލިއާގެ މެލްބަންގައި ހުކުރު ދުވަހު އިހުތިޖާޖެއް ކުރަން ނިންމާފައިވާއިރު، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާއެއް ކުރުމަށް އެ ގައުމުގެ ދަރިވަރުން ވަނީ ނިންމާފައި.

މުޒާހަރާގެ ކުރިން ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރުން ގޮވަނީ:

ޣައްޒާއާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމަ ވަގުތުން ނިމުމަކަށް ގެނައުން
އޮސްޓްރޭލިއާގެ އަސްކަރީ އެހީ އާއި އިސްރާއީލަޡް ދޭ އެހީތެރިކަން ހުއްޓާލުން.

10:11

ރޭ ދަންވަރު ހިސާރުކުރާ އިސްރާއީލު ބާރުތައް ބަލަތާ ކޭމްޕަށް ޖެހި ރެއިޑް އަދިވެސް އެބަ ކުރިއަށް ދޭ.

10:10

ޖަބަލިއާ ކޭމްޕްގެ މެދުތެރޭގައި އޮންނަ އަލް ހުޖާ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށްގެން ނިރުބަވެރި އައިޑީއެފް އިން ދިން ވައިގެ ހަމަލާއެއްގަ ގިނަ އަދަދެއްގެ ޝަހީދުންނާ ޒަހަމްވި މީހުން ކަމާލް އަދުވާން ހޮސްޕިޓަލަށް ގެނެއްސި.

10:10

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ ގިނަ ގެތަކަކަށް އިސްރާއީލު ސިފައިން އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ގިނަބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި.

މި ހާދިސާގައި ޝަހީދުވެފައިވާ މީހުންގެ އަދަދު އަދި ނޭނގެ .

09:20

އިސްރާއީލުން ރޭގައި ޣައްޒާގެ ހާން ޔޫނުސް އަށް ވައިގެ މަގުން ހަމަލާ ދެނީ.

09:19

އިސްރާއީލްގެ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ވައިގެ މަގުން ވަރަށް ބޮޑަށް ދަނީ ހަމަލާދެމުން. އެމީހުން އެންމެ ފަހުން ހަމަލާ ދިނީ އަބޫ އިސްކަންދަރު ސަރަހައްދަށް. އެއީ އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ހުޅަނގުން އޮންނަ ސަރަހައްދު. އެ ހަމަލާތަކުގައި ވަރަށް ގިނަ ބަޔަކު ޝަހީދުވެ، ނުވަތަ މަރުވެފައިވާ ކަމަށްވޭ.

09:17

ޔޫރަޕިއަން ޣައްޒާ ހޮސްޕިޓަލަށް ގެނައި ބަލި މީހުންގެ ފޮޓޯތައް. މިއީ ޝިފާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް ގެނައި މީހުން.

 

09:12

ޔަމަންގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯން ހަމަލާތަކެއް އެމެރިކާގެ އަސްކަރިއްޔާގެ މަނަވަރުތަކަކުން ހުއްޓުވައިފި.

09:09

ހުޅަނގު އައްސޭރީގެ ނަބްލޫސްގެ ބަލަޓާ ރެފިއުޖީ ކޭމްޕްގެ އިންފްރާސްޓްރަކްޗާ އަށް އިސްރާއީލްގެ ބުލްޑޯޒަރުން ގެއްލުން ދީފި

09:07

ނޫސްވެރިޔާ މަހްމޫދު ސަބާހް އަށް އޭނާގެ އާއިލާގެ ގިނަ ބަޔަކު ޝަހީދުވި ކަމުގެ ޚަބަރު ލިބެނީ ޣައްޒާގައި މަސައްކަތުގައި އުޅެނިކޮށް

09:04

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބަލަތާ ރެފިއުޖީ ކޭމްޕްގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ހިންގި ރެއިޑެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ޝަހީދުކޮށްލާފައި. ފަލަސްތީނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުއްޖާ ޝަހީދުކޮށްލާފައި ވަނީ ބޮލަށް ބަޑި ޖަހައިގެން. އިސްރާއީލުން ވަނީ އިތުރު ފިރިހެނެއްގެ ބުރަކައްޓާ ދިމާލަށް ވެސް ބަޑި ޖަހާފައި. އެ ކުޑަ ކުއްޖާ ޝަހީދުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް. ފިރިހެން މީހާގެ ހާލަތެއް އަދި ނޭނގޭ.

08:59

އިސްރާއީލުން ވައިގެ މަގުން ލުބުނާނަށް ދިން ހަމަލާއެއްގައި ލުބުނާންގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއްގެ ދަރިއަކު ޝަހީދުކޮށްލައިފި.

08:47

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން އާންމު ކުރި ދެ ވީޑިއޯއެއްގައި ވަނީ ޣައްޒާގެ ޝިފާ ހޮސްޕިޓަލްގައި އަނިޔާވެފައިވާ މީހުން ހާން ޔޫނުސްގެ ޔޫރަޕިއަން ޣައްޒާ ހޮސްޕިޓަލަށް ގެންދާ މަންޒަރު. މިހާތަނަށް އައިއިރު، 190 ބަލި މީހަކު ވަނީ ޣައްޒާގެ ދެކުނަށް ގެންގޮސްފައި. އަނިޔާވެފައި ތިބޭ މީހުން ޔޫރަޕިއަން ޣައްޒާ ހޮސްޕިޓަލަށް ގެންދާ އިރު، ޑައިލަސިސް ހަދާ ބަލި މީހުން ގެންދަނީ އަބޫ ޔޫސުފް އަލް ނަޖަރް ހޮސްޕިޓަލަށް.

އެންމެ ފަހުގެ ގްރޫޕް ރަފަހް އަށް ގެންދިއުމަށް 20 ގަޑިއިރު ހޭދަވި. އެކަމުގައި ރެޑް ކްރެސެންޓްގެ 14 އެމްބިއުލާންސް އަދި އދ. ގެ 2 ބަސް ބޭނުން ކުރި. އެހާ ގިނަ އިރު ހޭދަވީ އިސްރާއީލްގެ ޗެކްޕޮއިންޓްތަކާ ގުޅިގެން ކަމަށް ޕީއާރުސީއެސް އިން ބުނެފައިވޭ.

އިސްރާއީލުން ވަނީ ސިއްހީ ހިދުމަތުގައި އުޅުނު ޕެރަމެޑިކެއް ހައްޔަރުކޮށްފައި. މީގެކުރިން ހައްޔަރު ކުރި ދެ ޕެރަމެޑިކާއި ބަލި މީހަކު ފަހުން ވަނީ ދޫކޮށްލާފައި.

08:31

ހިޒްބުﷲ އިން އިސްރާއީލްގެ ސިފައިންތަކެއް ތިބި އިމާރާތަކަށް ހަމަލާތައް ދޭ ވީޑިއޯއެއް އާންމުކޮށްފި.

08:27

ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްމަޣާޒީ އާއި ދިއިރު އަލްބާލާގެ އިރުމަތީ ސަރަހައްދު ތަކުގައި ކުރިއަށް ޖެހެން މަސައްކަތްކުރާ ނިރުބަވެރިންނާ މުޖާހިދުން ކުރިމަތިލައި ވަރަށް ގިނަ އިރު ތަކެއް ވަންދެން ވަނީ ހަމަލާތަކެއް ބަދަލުކޮށްފަ.

08:25

ހުޅަނގު އައްސޭރީގެ ބަލާތާ ކޭމްޕްގައި ޒަޚަމްވި މީހުންނަށް އެހީތެރިކަން ދިނުމަށް ހުރަސް އަޅަން ފިނޑި އިސްރާއީލުން ވަނީ އެމްބިއުލާންސް ދުއްވާ ބަޔަކު އޭގަތިބި މީހުންނާ އެކީ ހުއްޓުވާފަ.

އަދި ނިރުބަިވެރިން ވަނީ އެމީހުންގެ ފޯނާއި އެމްބިއުލާންސްގެ ތަޅުދަނޑި ވެސް އަތުލާފަ.

08:19

ރޭގަ އިސްރާއީލުން ބަލާ ފާސްކުރުމުގެ އޮޕަރޭޝަން ހިންގި ބައެއް އަވަށްތައް:

  • ޖެނިން
  • ޖެނިން ކައިރީގައި އޮންނަ ކަފްރު ދާންތޫބާސް
  • އައްޒޫން
  • ބެއިތު ފުރައިކް
  • ސެބަސްޓިއާ
  • ބަލަތާ ރެފިއުޖީ ކޭމްޕް
  • ގަލަންޑިޔާ ރެފިއުޖީ
  • ޙަލީލް ސަހަރު

08:16

ރޭގެ ބައެއް ޙުލާސާ ހަބަރު:

  • ޣައްޒާގެ ޝެއިޚް ރަދުވާން އަވަށު އިރުމަތީގައި ހުރި ގެއަކަށް އިސްރާއީލުގެ ނިރުބަވެރި ސިފައިން ބޮން އަޅާ ބަޔަކު ޝަހީދުވެ އަނެއްބައި މީހުން ޒަހަމްވެއްޖެ.
  • ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ބުރެއިޖް ރެފިއުޖީީ ކޭމްޕަށް ބޮން އެޅުމުން ކުޑަކުދިންނަށް އަނިޔާވެއްޖެ.
  • އިސްރާއީލުގެ ނިރުބަވެރިންގެ ޑްރޯންތަކުން ޣައްޒާގެ އުތުރު ސަރަހައްދުގައި ހިންގާ ބެއިތު ލަހިއާ އަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދިނުން.
  • ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސް އިރުމަތީގައި އޮންނަ އަލް ފޮޚާރީ އަވަށުގައި ހުރި ގެއަކަށް ބޮން އެޅުން.

**************

 

ޣައްޒާގައި މިހާރު ކުރެވެމުންދާ ހަނގުރާމައިގައި 4 ދުވަހަށް ހަމަލާތައް ހުއްޓާލަން އިސްރާއީލާއި ހަމާސް އިން އެއްބަސްވި ނަމަވެސް ސީދާ ދުވަހެއް ނޭނގޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުގެ އޮފިޝަލަކު ވިދާޅުވީ ގަތަރުގެ މެދުވެރިކަމުގެ އެއްބަސްވުމުގެ ދަށުން ހުކުރު ދުވަހުގެ ކުރިން ޣައްޒާގައި ބަންދުކޮށްފައި ތިބި އެއްވެސް މީހަކު ދޫކޮށްނުލާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓާލަން އެއްބަސްވި ނަމަވެސް އިސްރާއީލުން ދަނީ ފަލަސްތީނުގެ އެންކްލޭވްގައި ނުރައްކާތެރި ވައިގެ ހަމަލާތަކާއި ވަރުގަދަ ބޮމުގެ ހަމަލާތައް ދެމުންނެވެ. އެހެންކަމުން، ހަތަރު ދުވަހަށް ހަނގުރާމަ މެދުކެނޑޭނީ ސީދާ ކޮންއިރަކުންކަމެއް އަދި ނޭނގެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އަނެއްކާވެސް ދިންއިރު، އިސްރާއީލުގެ ހުރިހާ ގައިދީން ގެއަށް ގެންނާނެ ކަމުގެ ވައުދެވިއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި 14،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރައީލުން މަރުވި މީހުންގެ ރަސްމީ އަދަދު އުޅެނީ ގާތްގަނޑަކަށް 1،200 ގައެވެ.

މި ލައިވް ބްލޮގުގައި އަޅުގަނޑުމެން ގެނެސްދޭނީ ނިރުބަވެރި އިސްރާއީލާއި ޣައްޒާއާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.