ބަންގްްލަދޭޝްގައި ދަތުރު ކުރަމުން ދިޔަ ރޭލެއްގައި ރޯވެ 4 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނެފައިވަނީ ބެލެވެނީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

މިއީ މާދަމާ އެގައުމުގައި އޮންނަ އާންމު އިންތިހާބާއި ގުޅިގެން މިހާރުވެސް ހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅުގައި މަސްރަހު އިތުރަށް ހޫނު ކޮށްލި ހާދިސާއެކެވެ.

އަލިފާން ރޯވެފައިވަނީ ހުޅަނގުގެ ޖައްސޫރު އިން ވެރިރަށް ޑާކާ އަށް ދަތުރު ކުރަމުން ދިޔަ ރޭލެެއްގައެވެ. މިހާދިސާ ހިނގީ އެގައުމުގެ ގަޑިން ރޭ ގާތްގަނޑަކަށް 9 ޖެހި އިރު އެވެ.

އަލިފާންގަނޑު ހަލުވިކޮށް ފެތުރިފައިވާއިރު، އަލިފާން ނިއްވާލެވުނީ 2 ގަޑިއިރުގެ މަސައްކަތަށް ފަހުއެވެ.

ފުލުހުން ބުނެފައިވަނީ މިއީ އިންތިހާބުގެ ކުރިން އާންމުންގެ މެދުގައި ހާސްކަން ފެތުރުމަށްޓަކައި ބަޔަކު ގަސްތުގައި ކޮށްފަައިވާ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އިންތިހާބާއި ދިމާކޮށް ބަންގްލަދޭޝްގައި އަބަދުވެސް ހަމަނުޖެހުންތައް އިތުރުވެއެވެ. އަދި މާދަމާގެ އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ބޮޑު ވަޒީރު ޝޭހު ހަސީނާ އާއި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އެވެ. އިދިކޮޅު ލީޑަރު ޚާލިދާ ހުންނެވީ ގޭ ބަންދުގައެވެ.

ކެމްޕޭނު ކުރުން އިއްޔެ ހެނދުނު ރަސްމީކޮށް ނިންމާލާފައި ވާއިރު، ހަސީނާ ޖެހިޖެހިގެން ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށް ބެލެވޭ އިރު ވޯޓަށް ނުފޫޒު ފޯރުވާނެ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. އަދި އެކަމާއި މެދު ބައިނަލް އަގުވާމީ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ޑިސެމްބަރު 18 ވަނަ ދުވަހު ރަސްމީކޮށް އިންތިހާބުގެ ކެމްޕޭން ފެށިފަހުން ސިޔާސީ ހަމަނުޖެހުންތަކުގައި މަދު ވެގެން 3 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާއިޒާ

    ހަމައެއް ލަމައެއްނެތި ބިދޭސީން ވަކިވަކިންނާއި އަމިއްލަ އަށް ގްރޫޕް ހަދައިގެން ބޭނުން ތަނެއްގައި ބޭނުން މަަސައްކަތެއް ކުރުމުގައި އުޅެވޭނެ ޤައުމެއް މިދިވެހި ޤައުމު ނޫނިއްޔާ މިދުނިޔޭގައި އޮންނާނެހެން ހިއެއްނުވޭ. ވީމާ؛ އިންޑިޔާ ސިފައިން މިޤައުމުން ފޮނުވާލުމުގެ މަސައްކަތާއި އެއްވަރަށް މިޤައުމުގައި ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްްް ދެއްވުމަކީ ރައީސް ޑޮކްޓަރ މުޢިއްޒުގެ ކިބައިން ވަރަށް އެދޭ ކަމެއް. ހިތާމައަކީ ޤަވާޢިދާއި ޚިލާފަށް މިޤައުމުގައި އެތައްހާސް ބިދޭސީން އުޅެމުން ދަނިކޮށް އަނެއްކާ ބަނގްލަދޭޝް މީހުން ރާއްޖެ ގެނައުމަށް ހުއްދަ ދެއްވިކަން. މިކަން މިގޮތަށް ކުރިއަށް ދިއުމަކީ މިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގެއްލުން ހުރި ނުރައްކާތެރި ކަމެއް.