ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 24،000 އާ ގާތް ކޮށްފިއެެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ހުއްޓުމެއް ނެތި ޣައްޒާއަށް ހަމަލާތައް ދެމުންދާއިރު، މި ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ކުޑަކުދިންނެެއްވެސް ވަނީ ޝަހީދުވެފައެވެ.

އަލްޖަަޒީރާއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 23،968 މީހުން ޝަހީދުވެ، 60،582 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އަށް ދިން ހަމަލާތަކުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދު 1،139ގައި ރިޕޯޓް ކުރާއިރު، އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަަމަށް ބެލެވެއެވެ. އެއީ ޣައްޒާގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވަމުންދާ ސިފައިންގެ އަދަދުތައް އިތުރުވެފައިވާތީއެވެ.