އިސްރާއީލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ނިކަމެތި ރައަޔިތުންނާއި ދެކޮޅަށް ކުރާ ހަނގުރާމައަށް ފައިސާ ހޯދުމަށްޓަކައި އެގައުމުގެ ތައުލީމީ ވުޒާރާއާއި ސިއްހަތާއި ބެހޭ ވުޒާރާގެ ބަޖެޓުން އެތައް މިލިއަން ޑޮލަރެއް އުނިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާ އިން ފަލަސްތީނުގައި ކުރަމުންދަނީ އަގުބޮޑު ހަނގުރާމައެކެވެ. އެތައް މިލިއަން ޑޮލަރެއްގެ ހަތިޔާރު ކޮންމެ ދުވަހަކު ހަނގުރާމައިގެ އަމަލީ ހާލަތުގައި އޮޕަރޭޓް ކުރުމަކީ ހަރަދު ބޮޑު ކަމެކެވެ.

ފަލަސްތީނުގެ ހިތްވަރު ގަދަ މުޖާހިދުން ބަލިކުރަން އިސްރާއީލަށް އުދަނގޫވެގެން ދިޔުމުގެ ނަތީޖާ އަކަށް ވީ ހަނގުރާމަ ދިގުދެމިގެން ދިޔުމެވެ. އިސްރާއީލުގެ ޔަހޫދީން ބޭނުން ވަނީ ފަލަސްތީނުގެ ޣައްޒާއިން ހަމާސްގެ ބާރު އެއްކޮށް ކަނޑުވާލުމަށެވެ. ނަމަވެސް މުޖާހިދުންނަކީ އެހާ ފަސޭހައިން ބަލިކުރެވޭނެ ބައެއް ނޫން ކަން އިސްރާއީލަށް ނުވިސްނުމަކީ ތާރީހުން އިބްރަތް ނުހޯދާ ކަމުގެ ހެއްކެކެވެ. ނުވަތަ ޔަހޫދީންނަށް ލިބިފައިވާ މޮޅު ހަތިޔާރު ތަކުގެ ސަބަބުން މޮޅުވެވޭނެ ކަމުގެ ކުށްހީ މާ ބޮޑަށް ކުރެވުނީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް އިސްރާއީލުގެ 2024 ވަނަ އަހަރުގެ ޑިފެންސް ބަޖެޓް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޔަހޫދީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ހަނގުރާމަ ކުރާ ކޮންމެ ދުވަހަކަށް ޔަހޫދީންގެ ދައުލަތުން 269 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރަން ޖެހެއެވެ. މއީ އިގްތިސޯދީ ގޮތުން އިސްރާއީލަށް ވަރަށް ބޮޑު ބުރައެކެވެ.

މި ހަރަދުތައް ޔަހޫދީން ކުރަނީ ހަމައެކަނި ހަތިޔާރަކަށް ނޫނެވެ. ހަނގުރާމަ ފުޅާ ވެގެން ގޮސްފާނެ ކަމަށް ބަލައި ރިޒާވް ސިފައިންގެ ލަޝްކަރެއްވެސް އިސްރާއީލުން ވަނީ އެކުލަވާލާފައެވެ. އެމީހުންގެ ކެެއުމާއި ބުއިމަށް ވެސް ޔަހޫދީން ކޮންމެ ދުވަހަކު ހަރަދުކުރަން ޖެހެއެވެ.

އިސްރާއީލާއި ޣައްޒާ އަދި އިސްރާއީލާއި ލުބުނާންގެ ސަރަހައްދީ އިމުގެ ކައިރީގައި ދިރިއުޅެމުންދިޔަ އެއް ލައްކަ އަށް ވުރެ ގިނަ ރައްޔިތުން ވަނީ އެ ސަރަހައްދުތައް ދޫކޮށް ރައްކާތެެރި ސަރަހައްދުތަކަށް ސަރުކާރުގެ ފަރާތުން ގެންގޮސްފައެވެ. އެ މީހުންގެ ކެއުމާއި ހުރުމުގެ ހަރަދުވެސް ބަލަހައްޓަން ޖެހެނީ ޔަހޫދީންގެ ސަރުކާރުންނެވެ.

ޔަހޫދީން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ 2024 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ސަރުކާރުގެ ބައެއް ފަރާތްތަކުން ވަނީ އިސްރާއީލުގެ ތައުލީމީ ބަޖެޓުން 239 މިލިއަން ޑޮލަރާއި ސިއަހަތާއި ބެހޭ ވުޒާރާގެ ބަޖެޓުން 100 މިލިއަން ޑޮލަރު ކެނޑުމަށް ހުށަހަޅާފައެވެ. އެކަމުނ ވެސް ދޭހަވެގެންދަނީ މި ހަނގުރާމަ އަކީ އިސްރާއީލަށް އެތައް މާލީ ގެންލުންތަކެއް ލިބިގެންދާ ހަނގުރާމަ އެއް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޮއްޔިމް

    އިޒުރޭލު ބޮއިކޮޓް ކުރުން ދުވަހަކުވެސް ނުހުއްޓާތި.
    ކޮކާކޯލާ، ޕެޕްސީ، ލޮރިއާލް، ޔުނިލެވާރ، ނެސްކެފޭ، ޑަވް، އަދިވެސް އިޒުރޭލަށް ވާގިވެރިވާ ހުރިހާ ކުންފުނި ބޮއިކޮޓު ކުރޭ. ނަތީޖާ އެދަނީ ފެންނަމުން. އަލްހަމްދުލިﷲ

    34