ރޭޕުކުރުމަކީ ކޮންމެ ދުވަހެއްގެ ދުވަހީ ކަމަކަށް އަވަށްޓެރި އިންޑިޔާގައިވަނީ ވެފައެވެ. ކުޑަ ކުދިންނާއި ދުވަސްވީ އަންހެނުންވެސް، މި ޝިކާރައިގައި ދަނީ ޖެހެމުންނެވެ. އެފަދަ، އެތައް ޙާދިސާތަކެއް، ދުނިޔޭގެ ސަމާލުކަމެއް އައިސްފައިވެއެވެ. އެގޮތުން، 2012 ވަނަ އަހަރު ދިއްލީގެ ބަހެއްގެ ތެރޭގައި އަންހެނަކު ރޭޕުކުރި މައްސަލަ ހިމެނެއެވެ.
މިގޮތުން، މިހާރު ދުނިޔޭގެ ސަމާލުކަން އެކަމަކަށްޓަކައި ހުއްޓިފައިވާ އެއް ހާދިސާއަކީ، އެޤައުމުގެ ކަޝްމީރުގައި އާސިފާ ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު ރޭޕުކުރުމަށްފަހު މަރާލި މައްސަލައެވެ.
ހިންދޫ އިންގެ ބަޔަކު އަޑީގައި ތިބެގެން، މުސްލިމު ކުއްޖަކަށް މިކަން ކޮށްފައިވާތީ، ލިބެންވާ ޙައްޤާއި، އެނޫންވެސް ކަންކަމުން ވަނީ މަހުރޫމުވެފައެވެ. ހިންދޫ އިން މިކަން ކުރުމުން، އެޤައުމުގެ އެތައް ބަޔަކު ދަނީ މި ރޭޕިސްޓުން ހިމާޔަތްވެސް ކުރަމުންނެވެ.
އެގޮތުން، އެޤައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ކޮޗިން ގޮފީގެ ވެރިޔާއާ ގުޅުން އޮންނަ، އަދި ބޭންކެއްގެ އިސް މަޤާމެއްގައި ހުރި މީހަކު، ފޭސްބުކުގައި ބުނެފައިވެއެވެ. "އާސިފާ ރޭޕުކޮށް މަރާލިކަން ރަނގަޅު. ނޫންނަމަ އިންޑިޔާ އަށް އެއީ ބޮމަކަށް ވާނެ."- ވިޝްނޫ ނަންދަކުމާރު ނަމަކަށް ކިޔާ މި މީހާ ބުނެފައިވެއެވެ.
މި މީހާ، އާސިފާ އަކީ 'ބޮމެއް' ކަމަށް ސިފަކޮށްފައިވަނީ ކިހިނެއްކަމެއް ނޭނގެއެވެ. އެހެންނަމަވެސް، ބައެއް ހިންދޫ އިން ޤަބޫލުކުރާ ގޮތުގައި ހުރިހާ މުސްލިމުންނަކީ ބޮން ގޮއްވާ ނިރުބަވެރިންނެވެ.
މީސް މީޑިޔާގައި ފާޅުކަން ބޮޑު ގޮތެއްގައި، މީހެއްގެ ކަރާމަތަށް ހުތުރުވާގޮތަށް މިހެން ބުނެފައިވުމުން، ކޮޗިން ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދަނީ މި މައްސަލަ ތަހުގީގުވެސް ކުރަމުންނެވެ. އަދި، މި މީހާގެ ފޭސްބުކު އެކައުންޓު މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާއިރު އޭނާ ނިސްބަތްވާ ބެންކުންވެސް މިކަމަށް މަޢާފަށް އެދިފައިވެއެވެ.
އާސިފާ ރޭޕުކޮށް، މަރާލި މައްސަލައިގައި މިހާތަނަށް މިހާރު ވަނީ އަށް މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ފުލުހުންވެސް ހިމެނެއެވެ.
މި މައްސަލައިގައި ވާހަކަ، ވަރަށް ކުޑަކޮށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާއިރު، ކުށްވެރިން ހިމާޔަތްކުރުމަށް ވެރިކަންކުރާ ބީޖޭޕީގެ ލީޑަރުންވެސް ގޮވާލާފައިވެއެވެ. ހަމައެހެންމެ، މައްސަލައަކާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް އެއްޗެއް ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ނިރުބަވެރިންނޭ ބުނެ ބިރުވެރިކަން އުފެއްދިޔަސް މި ދީނަކީ އަމާންކަމާއި ސުލްހައިގެ ދީން!
މުސްލިމުން ބޮމެއްގެ ގޮތުގަޔާއި ޓެރަރިސްޓުންގެ ގޮތުގަ ސިފަކުރާއިރު މިބުދުދީނުގެ ގިނަމީހުންނަކީ އެންމެ ނުބައި ޝައިތޯނުންތަކެއްފަދަ ބައެއް.މިހާރުވެސް މުޅިދުނިޔެއަށް ފެންނާނެ މުސްލިމުންނާމެދު ކަންތައްތައް ކުރާގޮތް.އަމިއްލަ ގައުމުގަ ތިބި އަންހެނުންނަށް ބޮޑު މުސީބާތަކަށް ވެފަވާބައެއްގެ އޮންނާނީ ކޮންއަގެއް.މިހާރުވެސް ތަނަކުން ގެރިއެއް ރޮއެގަތަސް ހީވާނީ މުސްލިމަކު އައިސް އޭތި ދިރިހުއްޓާ ކާލަން އުޅެނިއްޔޭ.
ދުނިޔޭގައިވާ އެންމެ ބޮޑު ޝިރުކުގެ ބިން...އިންޑިޔާ...ރޭޕް އިންޑިޔާ
މިދުނިޔޭގަ ތިކަހަލަ ޒާތުގެ ވާހަކަ ދައްކާ ކުޑަ ކުދިންގެ ފަރާތުން އުފަލާ މަޖާ ކުރެވިދާނެ