ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރޭ ނިންމައިފިއެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ވަކި މަގާމަކުން މީހަކު ވަކިކުރަން ކޮމެޓީއަކަށް ފެނިއްޖެ ނަމަ، އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން މަޖިލީހުގެ ރައީސަށް ފޮނުވައި، މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރަން ޖެހޭނެއެވެ. އަދި މަޖިލިހުގެ ރިޔާސަތުން އެ މައްސަލަ އަނެއްކާ ވެސް ފޮނުވާނީ ދިރާސާ ކުރަން ކޮމިޓީއަށެވެ. ކޮމިޓީން އެކަމާ މެދުގައި ގޮތެއް ނިންމުމަށް ފަހު، އަލުން ޖެހޭނީ ތަޅުމަށް ފޮނުވުމަށެވެ.
ސީއެސްސީގެ ފަސް މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިންގެ އިތުރުން އިބްރާހިިމް ޝަހީމު ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ކުރިން ނިންމިޔަސް، އެކަމާ މެދު އަލުން ގޮތެއް ނިންމަން ކޮމެޓީއަށް އޮތީ ފޮނުވައިފައެވެ. އެ މައްސަލައިގައި ކޮމިޓީން އަދި ގޮތެއް ނުނިންމައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރޭގެ ބައްދަލުވުމަށް އާމިރާ ވަކި ކުރުމުގެ މައްސަލަ ހުށަހެޅުއްވީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އަދި އެއަށް ފަހު ކުރިން ވަކިކުރަން ނިންމާފައިި ތިބި ހަތަރު މެމްބަރުންގެ މައްސަލައާ އެއްކޮށް އާމިރާގެ މައްސަލަ ވެސް ކޮމެޓީން ނިންމުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން ފާސްވީ ހަ މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅު ހެއްދެވީ ފަސް މެމްބަރުންނެވެ.
ކޮމިޓީގައި އެ މަސައްކަތް ކުރިޔަށް ގެންދާއިރު ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު އާމިރާއަށް ދޭން ޖެހޭނެއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އާމިރާ އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިހާރު ސިވިލް ސަރވިސް ކަމިޝަންގައި ހިމެނޭ ހުރިހާ މެމްބަރުން ވަކި ކުރަން ޖެހޭ. ޤާނޫނަކާއި ނިންމާ ނިންމުން ދިމާނުވޭ ހަދާ ޤަވާޢިދެއް އަދި އުޞޫލެއް ނުހިންގޭ މުވައްޒަފުންނަށް 2009 އިން ފެށިގެން ލިބިދޭ ގޮތަށް އިންކްރިމެންޓްވެސް ނުދެވޭ، ޝަރުޠު ހަމަވެގެން ވަޒީފާ އަށް ވައްދާ މުވައްޒަފު އެމަޤާމުގައި ހުންނަ އިރު އެމަޤާމަށް އެ މުވައްޒަފު ޝަރުޠު ހަމަނުވާ ގޮތަށް އުޞޫލު ހަދާ ބައެއް، އަދި އެމަޤާމާއި އެއްވަރުގެ މަޤާމަކަށް އެމުވައްޒަފަށް ނުދެވޭ. މުވައްޒަފުންނަށް މަޤާމުގެ ކުރި އެރުން އޮންނަނީ ތަޅު އަޅުވާފަ. ކީތްކުރާ ބައެއް. ހަދާ އުޞޫލު ކިޔާ ނިމޭ އިރު ފަށައިގަންނަ އިރު ލިބިދާނެ ކަމަށް ހީވާ ކުރިއެރުން އެލިއުން ނިމޭ އިރު އޮންނަ ތަޅު އެޅިފައި.
ދިރާސާއެއް،މަޝްވަރާއެއްކުރާކަށްނުޖެހޭ
ރ މަޖިލީހުގެފުރިހަމަބާރުއޮތީ ކޮރޯނާ
ވައިރަހުގައިޖައްސާބަލިކޮއްލަންބުނިމީހުންގެ
އަތްމީގަ
އާމިރާއަކީ އިންތިހާއަށް މުވައްޒަފުންނަށް ނުފޫޒު ފޯރުވާ މީހެއް. ގާނޫނެއް ގަވައިދެއް އުސޫލެއް ބަލާކަށް ނުޖެހޭކިޔާފަ އޭނާ ހިތުހުރި ގޮތަކަށް ކަންތައްކުރުމަށް މުވައްޒަފުންނަށް ބިރުދައްކާ ހަޅޭއްލަވަމުންދާ މީހެއް. ކޮމިޝަނުގެ މެންބަރުކަމަށް ކުފޫ ހަމަނުވާ ދިގުތިރީސް އަހަރުގެ ޚުދުމުޚްތާރު ބޯދާ ވިސްނުން ގެންގުޅޭ މީހެއް. ކޮމިޝަނުގަ ބަހައްޓަން ހެޔޮވާވަރު މީހެއްނޫން ތީކީ
އާމިރާ އަކީ ޤާނޫނު އަސާސީގެ 99 ވަނަ މާއްދާއާ ޚިލާފުވެފަ މަޖިލީހުގެ ކޮމިޓީއަށް ދޮގުހަދާ އޮޅުވާލާފަ ހުރި މީހެއް. ޤާނޫނު އަސާސީގައި ބަޔާންކުރާ މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުން ވަކިކުރެވޭނެ ފަދަ ކަމެއްއެއީ އޭނާގެ އިތުބާރު ނެތްކަމަށް ފާސްކޮށް ވަކިކުރަންޖެހޭ
އާމިރާ އެމަގާމުން ނަގާފައި ފަޔާޒު އެމަގާމަށް ލުމަށް އޮތީ ނިންމާފަ.