ރައްޔިތުންގެ މަޖިލީސް އިންތިހާބު މާދަމާ ބާއްވާއިރު، އެ އިންތިހާބުގެ ކެމްޕެއިން ނިންމުމުގެ ގޮތުން ސަރުކާރު ކޯލިޝަން ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ބޭއްވި "ދިވެހީންގެ" ހިނގާލުމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި ހިނގާލުން ލީޑް ކުރައްވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ކޯލިޝަންގެ ލީޑަރުންނާއި އަދި ދެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައި ވެއެވެ.

ގިނަ އަދަދެެއްގެ ސަޕޯޓަރުންނާއެކު ބޭއްވި "ދިވެހީންގެ" ހިނގާލުން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ތިބީ ޕީޕީއެމް.ޕީއެންސީގެ ކުލަ ފިޔާތޮށި އަދި ވިލު ނޫ ކުލައިން ހެދުން އަޅައިގެންނެވެ. އަދި ހިނގާލުން ފެށިގެން ކުރިއަށް ދާއިރު ސަޕޯޓަރުން ގޮވަމުން ގޮސްފައިވާއިރު، ދެ ޕާޓީގެ ދިދަވެސް ވިހުރުވަމުން ގެންގޮސްފައި ވެއެވެ.

މި ހިނގާލުން ފެށީ ހަވީރު 4:30 ގައި ރަސްފަންނު ސަރަހައްދުންނެވެ. މަޖީދީ މަގުން ހިނގާލުމުގެ ބައިވެރިން ހިނގަމުން ގޮސްފައިވާއިރު، ހިނގާލުން ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ.

ގިނަ އަދަދެެއްގެ ސަޕޯޓަރުންނާއެކު ބޭއްވި "ދިވެހީންގެ" ހިނގާލުން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ނިމުމުގެ ހަރަކާތް މިއަދު ބޭއްވިއިރު، ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދިޔަ "މިސްރާބު ހަމަމަގަށް" ކެމްޕޭން ނިންމުމުގެ ގޮތުން ބާއްވާ ޕެރޭޑް އިއްޔެ އެ ޕާޓީން ވަނީ ބާއްވައިފައެވެ.

މިއަދު ސަރުކާރުގެ ސަޕޯޓަރުން ބޭއްވި ހަރަކާތުގައި އިއްޔެ އިދިކޮޅު ސަޕޯޓަރުންނާއެކު ބޭއްވި ހަރަކާތަށް ވުރެ މީހުން ގިނަކަން ފާހަގަކޮށްލެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކޮޔާ

    އިންޝ ﷲ ސަރުކާރު ހުރިހާ މެމްބަރުން ހޮވޭނެ އިންޝާ ﷲ

    90
    32
  2. Anonymous

    މިފަހަރު މަޖލިސް ކަަާމިޔާބު ކުރާނީ އިރާދަކުރެޢްވިއްޔާ ސަރުކާރު 2 ޕާްޓީ.

    82
    29
  3. ަަައަހުމަދު ސައީދު

    މިފަހަރު މަޖލިސް ކާމިޔާބު ކުރާނީ ޢިރާދަ ކުރެއްވިޔާ ސަރުކާރު ޕާޓީ ޕީ،ޕީ،ޢެމް/ ޕީ،އެން،ސީ

    80
    28
  4. ދޮންސޮރު

    ސަރުކާރު މުއައްޒަފުން ނެރުނީމަ ބައި ކިތަންމެހާ ވެސް ގިނަވާނެ.. ހެހެހެ ބެސްޓް އޮފް ލަކް

    29
    69
  5. ހނހ

    ވަރައް އުފާ ވެއްޖެ މާޝާﷲ

    74
    17
  6. ޟަހި

    ޕިންކު ފުހެވިއްޖެ

    22
    38
  7. މަދަދު

    ސާބަސް ސަޕޯޓަރުން

    60
    19
  8. ޢަހު

    ޑެން މާދަމާ ރޭގަ އެގޭނެ ދޯ ތި ޔަ ސިއްސުވާލި ވަރު.

    61
    3
  9. ހަންޑިކުޑަ

    މި ރަށު ތެރޭގަ ކިޔާ އަޑު އިވޭ ނުކުތް ކޮންމެ ބޮލަކަށް /-500 ރ ދިނޯ!

    18
    50
    • އަޅި އަލި

      500/- މހާރު މީހަކު ގުޑާނެތަ

  10. އަލޮމް މިއާ

    ތި ބުނީ ޔާމީން ސިއްސުވާލި ވާހަކަތަ؟

    33
    10
  11. ދަތްނެތްކުއްޖާ

    ތި ބޮޑު މަންޒަރު ދެއްކި ޔާމީނަށްވެސް! ވީކަމެއް ޙަރާން!

    21
    9
    • ޢެމް

      ދިވެހި ގައުމު ދެކެލޯބިވާ ކޮންމެ ރައްޔިތެއްވެސް ސަރުކާރުފަޅީގެ ބޭފުޅުންނަށް ވޯޓްދޭނެ ގައުމެެއްކުރިއަރާނީ އެގައުމުގެ ވެރިނަށް ތާއީދުކޮށް ގައުމުހިންގޭނެ ގޮތްފަހިކޮށްދީގެން ވީމާއެންމެންވެސް ޕީޕީއެމް ޕީއެންސީ އަށް ވޯޓްދެމާބަހީ

  12. އއއ

    އެކި އެކި ރައްރަށުގަ 80 ހާހަށް ވޯޓުގަންނަ ވާހަކަ އެބަ އޮވޭ އެއީ ސިއްސައިގެންގޮސް ދެކަމު ހާޖަތައްދެވޭވަރުގެ ނުރައްކާ ހަލާކުހުރި ވާހަކަ.

  13. ހަންޑިކުޑަ

    ރާއްޖެތެރޭ އެކިއެކި ރައްރަށުންނާއި ، ބޭރުގެ ޤައުމު ތަކުން މީހުން ގެނެސް ސްޓޭޑިއަމަކަށް އެއްކޮއްފާ އެތަނަށް ރަޢީސް ޔާމީން ގެންގޮސް ނިހާނު މެން ތި ފާޑަށް ކުޅަ ކުޅަ އަރުވާލި! އާޙިރުގައި ވީ ކާމިޔާބެއްނެތް!

  14. ނަގުލަންދާށި

    ހަމަ ހުސް ބޭކާރު ބޯ!

  15. ޖޯކަޜޭ

    ނަތީޖާ ފެންނާނީ، ވޯޓުލާ ނިމިގެން، މާލެ މެންބަރ އާޒިމާ ގެވެސް ފަހަތުގެ އޮތްސައިކު ބުރު ކުޑައެއްނޫން ވޯޓުންލިބުނީ ފަހަތުން 1ވަނަ،

  16. މަޑުކުރޭ

    ވޯޓް ގުނާ ނިމެންދެން ސިހެން މަޑުކުރޭ. އެމްޑީޕީއެކޭ ޕީއެންސީއެކޭ މާބޮޑު ތަފާތެއް އޮތް ބައެއް ނޫން އެއީ. 2 ޕާޓީއަކީވެސް އެ ޕާޓީތަކުގެ ބާނީންނަށް ލަނޑުދީފަ ވެރިކަމުގެ ދަހިވެތިކަމުގަ އަވަދިވެގެން ލަދުހުުތުރު ކަންކަން ކުރި ދެ ޕާޓީ.