އަގުބޮޑު މޮޅު ފޯންތައް ގެންގުޅެން ބޭނުންވާ މީހުން މަދެއް ނޫނެވެ. އަލަށް ފޯނެއް ނެރޭއިރަށް ގަންނަ އުޅޭ މީހުންވެސް މަދެއް ނޫނެވެ. ތިމާ އަތުގައި ފައިސާ ނެތްކަމުގައިވިޔަސް، އެކަން ކުރެއެވެ. ބޭނުންވަނީ އެހެން މީހުންނަށް ފޮނި ދެއްކުމެވެ.

މިހިރީވެސް އަގުބޮޑު ފޯންތަކެވެ. އަގު އިންތިހާއަށް ބޮޑެވެ. ގަންނަން ކޮންމެ ކޮންމެ މީހަކު ކުޅެދިގެން ނުވެއެވެ. ފޯންތަކުގެ އަގު އިންތިހާއަށް ބޮޑުވެ އެތައް ބަޔަކަށް ލިބުނީ ބޮޑު ހައިރާންކެމެކެވެ. މި ލިސްޓްގައި ހިމެނޭ ބައެއް ފޯންތަކުގެ ނަން ތަކަކީ އަދި އަލަށް ގިނަ ބަޔަކު އަޑުއަހާނެ ނަންތައްކަމުގައިވެދާނެއެވެ.

ޑައިމެންޑް ކްރިޕްޓޯ

މިއީ މިހާރު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ފޯނެވެ. އެހެން ނަމަވެސް މި ފޯންތަކަކީ ސެކިޔުރިޓީގެ ގޮތުން ވިސްނާ މީހެއްނަމަ އައުޓް ޑޭޓެޑް ފޯނަކަށް ވެދާނެއެވެ. މި ފޯންގައި އޮޕަރޭޓިންގ ސިސްޓަމެއްގެ ގޮތުގައި އިންނާނީ ވިންޑޯސް ސީއީއެވެ. އަދި މޮޓޮރޯލާ އެމްއެކްސް21 ގެ ޕްރޮސެސާއެކެވެ. މި ފޯނުގެ އަގު 1234771.63 ޑޮލަރަށް އަރައެވެ.

ވީއައިޕީއެން ޑައިމެންޑް ބްލެކް

މި ފޯން އަގު 300،000 ޑޮލަރަށް އަރައެވެ. މި ވައްތަރުގެ ފަސް ފޯނު އުފެއްދިއެވެ. އެހެން ނަމަވެސް މިހާރު އެ ފޯންތައް ގެންގުޅެނީ ކޮން ބައެއްކަން ނޭގެއެވެ. އެ ފޯން އެހާ އަގުބޮޑުވީ އޭގައި ޖަހާފައިވާ ޑައިމަންޑްގެ ސަަބަބުން ކަމަށް ވެއެވެ.

ސަވެއްލި ކެމްޕޭން ޑައިމެންޑް

މި ފޯން އެހާ އަގުބޮޑުވެފައި ވަނީ ފޯނު ހަދަން ބޭނުންކޮށްފައިވާ ތަކެތީގެ ސަބަބުންނެވެ. އެ ފޯނުގެ އަގު 57000 ޑޮލަރަށް އަރައެވެ. އޭގައި 18 ކެރެޓް ރަން ބޮލި އަދި 395 ހުދު އަދި ކޮގްނެކް ޑައިމެންޑްވެސް ބޭނުންކޮށްފައި ވެއެވެ. މިއީ އެންޑްރޮއިޑް ޑިވައިސްއެކެވެ.

ގޯލްޑްވިޝް އިކްލިޕްސް

7668 ޑޮލަރުގެ ފޯން މި ފޯނަކީ، މެޓަލް ބޭނުންކޮށްގެން ހަދާފައިވާ ފޯނެކެވެ. ފޯނުގައި ވަރަށް ހާޑް ކަވަރެއް ލައްވާފައި ވެއެވެ. 5.5 އިންޗީގެ މި ފޯނަކީ ކައުލްކޮމް ސްނެޕްޑްރަގަންގެ ޕްރޮސެސަރއެއް އިންނަ އެންޑްރަޮއިޑް ފޯނެކެވެ.

ސިރިން ސޮލަރިން

މިއީ ޕްރައިވެސީގެ ގޮތުން ވަރަށް ވަރުގަދަ ފޯނެެކެވެ. މި ފޯންގެ އަގު 12401.55 ޑޮލަރަށް އަރާ ކަމަށް ވެއެވެ.