ޑައިރެކްޓަރު ޑޭވިޑް ދަވަނާ އެކީ އެކްޓަރު ވަރޫން ދަވަން ދެން ކުޅެން އޮތް ފިލްމުގެ ބަތަލާ އަކީ މުރްނާލް ތާކޫރް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕިންކްވިލާއިން ބުނީ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން މި އަހަރުގެ މެއި/ޖޫން ހިސާބުގައި ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. މި ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ކެޓްރީނާ ކައިފްގެ "މެރީ ކްރިސްމަސް" ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ އެއްޗެކެވެ.

މުރްނާލް އަކީ އިންޑިއާގެ ދެކުނު ފިލްމުތައް ވެސް އެ އިންޑަސްޓްރީގެ މަޝްހޫރު ތަރިންނާ އެކީ ކުޅެމުން އަންނަ ބަތަލާއެކެވެ.

މި ފިލްމުން ވަރޫން އާއި މުރްނާލްގެ ޖޯޑު އެކީގައި ސްކްރީނަށް ގެނައުން ވާނީ މި ދެ ތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް ބަލާލަން ލިބޭނެ ފުރަތަމަ ފަހަރަށެވެ. މުރްނާލް އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެކެކެވެ. އޭނަ މިހާތަނަށް މަޝްހޫރު ބައެއް ތަރިންނާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަން، ޖޯން އަބްރަހަމް، ކާތިކް އާރިއަން، ޝާހިދު ކަޕޫރް އަދި ފަރުހާން އަޚްތަރު ހިމެނެއެވެ.

ވަރޫންއާ އެކީ ޑޭވިޑް ހަދަން ތައްޔާރުވަމުން އަންނަ އާ ފިލްމަކީ ދެބަފައިން އެކީގައި މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. އެ ދެ މީހުން އެންމެ ފަހުން އެކީގައި ގެނެސްދިނީ 2020 ގެ "ކޫލީ ނަމްބަރު 1" އެވެ. އޭގެ ކުރިން "ޖުޅުވާ 2" އަދި "މޭ ތޭރާ ހީރޯ" ގެނެސްދީފައިވެއެވެ.

ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ މެއި 31 އަށް ތާވަލުކޮށްފައި އޮތް "ބޭބީ ޖޯން"އެވެ.

ކިޔުންތެރިންގެ ހިޔާލު