މަޝްހޫރު ހާވާޑް ޔުނިވާސިޓީގެ ލައިބްރަރީއެއްގައި 90 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފޮތެއްގެ ބޭރުގަނޑުގައި ހަރުކޮށްފައިވާ އިންސާނެއްގެ ހަންގަނޑު ނަގައިފި އެވެ.

ފްރާންސްގެ ޑޮކްޓަރު ޑރ.ލުޑޮވިޗް ބޯލަންޑް އެ ފޮތް ތައްޔާރުކޮށްފައި ވަނީ އޭނާ މަސައްކަތް ކުރި ހޮސްޕިޓަލެއްގައި މަރުވެފައިވާ އަންހެން ބަލިމީހެއްގެ ހަށިގަނޑުން ނެގި ހަންގަނޑަކުން ކަމަށް ހާވާޑް ލައިބްރަރީ އިން ބުނެ އެވެ.

އެ ފޮތުގެ އެތެރޭގައި ބައުލަންޑް އަތުން ލިޔެފައިވާ ނޯޓެއްގައި އޭނާ ލިޔެފައިވަނީ "އިންސާނާގެ ނަފްސާ ބެހޭ ފޮތެއްގައި އިންސާނީ ނިވާކަން ހައްގު" ކަމަށެވެ.

އަދި ހަންގަނޑު ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭހެން އެ ނޯޓުގައި ތަފްސީލުކޮށްފައިވެ އެވެ.

މި ނައްތާލުމަށް ނިންމާފައިވަނީ އެ ޔުނިވާސިޓީގެ މިއުޒިއަމް ކަލެކްޝަންތަކުގައި ހުރި އިންސާނުންގެ ހަށިގަނޑުތަކާ ބެހޭ ރިޕޯޓަކާ ގުޅިގެން ލައިބްރަރީ ރިވިއު ކުރުމުންނެވެ.

ހާވާޑް ލައިބްރަރީ އާއި ހާވާޑް މިއުޒިއަމް ކަލެކްޝަންސް ރިޓަންސް ކޮމިޓީން ނިންމާފައި ވަނީ ފޮތުގެ ބޭރުގަނޑުގައި ބޭނުންކުރި އިންސާނުންގެ ހަންގަނޑު މިހާރު ހާވާޑް ލައިބްރަރީގެ ކަލެކްޝަންތަކުގައި ނުހިމަނާން އަދި އެއީ ފޮތުގެ އަސްލާއި އޭގެ ފަހުގެ ތާރީހާއި ގުޅުންހުރިކަމައެއް ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ.

އަދި ނަގާފައިވާ ހަންގަނޑު މިހާރު ހުރީ "ހާވާޑް ލައިބްރަރީގައި ރައްކާތެރިކޮށް ރައްކާކޮށްފައި" ކަމަށް ހޯޓަން ލައިބްރަރީގެ އެސޯސިއޭޓް ލައިބްރަރީއަން އޭން މެރީ އީޒޭ ބުނެފައިވެ އެވެ.

އަދި އެ ލައިބްރަރީން ކުރިއަށް ދެން ގެންދާނީ އެ ފޮތާއި ބަލިމީހާއާ ބެހޭ އިތުރު ދިރާސާތަކެއް ކުރުންކަމަށާއި މީގެއިތުރުން ފްރާންސްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން "ފައިނަލް އިހުތިރާމްގެ ޑިސްޕިޝަނެއް" ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބައުލަންޑަށް އޭނާގެ "ޑެސް ޑެސްޓިނީސް ޑި ލަމް" ނުވަތަ "ޑެސްޓިނީސް އޮފް ދަ ސޯލް" ގެ ކޮޕީ ލިޔުންތެރިޔާ އާސެން ހޫސޭގެ އަތުން ލިބިވަޑައިގަތީ 1880 ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ. މި ފޮތަކީ 1934 ވަނަ އަހަރުން ފެށިގެން ހާވާޑް ލައިބްރަރީގެ ކަލެކްޝަންގައި ހުރި ފޮތެއް ކަމަށާއި އެއީ މުދައްރިސެއް އަދި ވިޔަފާރިވެރިއެއް ކަމަށްވާ ޖޯން ބީ ސްޓެޓްސަން ޖޫނިއާގެ ޑިޕޮސިޓެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު