ތަފާތު އުފެއްދުންތަކުގެ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައެވެ. މިފަދަ އުފެއްދުންތައް އެންމެން ހައިރާންކޮށްލާ ވަރުވެސް ކޮށްލައެވެ.

މިފަހަރު ގިނިސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން މި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ކުޑަ ލަކުޑި ސަމުސާ ހިމެނެއެވެ.

މި ސަމުސާ އަކީ ކިހާ ކުޑަ އެއްޗެއް ހެއްޔެވެ؟. އެއީ ބޮޑު ސުވާލެވެ. ދުނިޔޭގައި ހުރި އެންމެ ކުޑަ ލަކުޑި ސަމުސާގެ ދިގުމިނަކީ 0.06 އިންޗިއެވެ.

މި ރެކޯޑަށް ކޮލިފައިވުމަށް "ސްޕޫން ވާން ޖެހޭނީ ސްޓޭންޑަޑް ލަކުޑި ސަމުސާއެއްގެ ރެޕްލިކާއަކަށެވެ. މައިކްރޯ އާޓިސްޓެއް ކަމަށްވާ ޕްރަޖާޕަތީ ވަނީ ކްރާފްޓް ވަޅިއަކާއި ސާޖިކަލް ޓޫލެއް ބޭނުންކޮށްގެން އެންމެ ލަކުޑިއަކުން ވަރަށް ފަރުވާތެރިކަމާއެކު ސަމުސާ ތައްޔާރުކޮށްފައެވެ.


ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނި ގޮތުގައި ޕްރަޖާޕަތީ ވަނީ މި ޓެކްނިކް ރިފައިން ކުރުމަށް ގިނަ ވަގުތު ތަކެއް ހޭދަކޮށްފައެވެ. އެގޮތުން 10 އަށް ވުރެ ގިނަ ސަމުސާ އޭނާ ތައްޔާރު ކުރިއިރު، އެ މަސައްކަތުގެ ތެރެއިން ރެކޯޑް މުގުރާލެވޭ ވަރަށް ކުޑަ ވާޝަންވެސް ތައްޔާރު ކުރިއެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެހާ ކުޑަ ސަމްސަލެއް ހަދަން ވަރަށް އުނދަގޫވި ކަމަށާއި ނަމަވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ކާމިޔާބުވި ކަމަށެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ދާދި ފަހުން އިންސްޓަގްރާމްގައި އާންމުކުރި އެ ސަމްސަލުގެ ވީޑިއޯއަށް މީސް މީޑިއާގައި ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.