ދާދި އިހަކަށްދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު އަދިވެސް ރާއްޖެ އަންނާނެ ކަމަށް ބުނަމުން ރާއްޖޭން ފުރި ބޮލީވުޑް އެކްޓްރެސް ސޮނާކްޝީ ސިންހަގެ ހިތުގައި އަދިވެސް އެ ދަތުރުގެ ހަނދާންތައް އެބަހުއްޓެވެ. އެކުވެރިންތަކަކާއެކު މަޖާކޮށްލުމަށް ސޮނާކްޝީ ރާއްޖެ އައިސްފައިވާއިރު، އޭނާގެ އިންސްޓްގަރާމް ބަލާލި ކޮންމެ މީހަކަށްމެ އުފާވެރި މަޖާ ވަގުތުތަކެއް އޭނާ ރާއްޖޭގައި ހޭދަކޮށްފައިވާކަން އެނގޭނެއެވެ.
އެގޮތުން އެންމެ ފަހުންވެސް ސޮނާކްޝީ އިންސްޓްގަރާމް ކޮށްފައިވަނީ އޭނާ ރާއްޖޭގެ ގޮނޑުދޮށުގައި ނަގާފައިވާ ރީތި ތަފާތު ފޮޓޯއެކެވެ. ރާއްޖޭގައި "މާމެއިޑް"އަކަށް ވެގެންނެވެ. މަޑު ނޫ ކުލައިގެ ހެދުމެއް ލައިގެން އޮތް ސޮނާކްޝީ އެ ފޯޓޯގައި އޮތީ ގޮނޑުދޮށުގައި އޮށޯވެލައިގެންނެވެ. މުޅި ހަށިގަނޑު އެއްކޮށް ވެލިގަނޑުގައި ނުޖެހުނު ނަމަވެސް މާމެއިޑްއެއް ފަދައިން އޭނާ އޮތީ އޮށޯވެގެންނެވެ.
https://www.instagram.com/p/Bn74xownaTI/?utm_source=ig_embed
ސޮނާކްޝީ މި ފޮޓޯ އަޕްލޯޑް ކުރަމުން ލިޔެފައިވަނީ "މާމެއިޑް އުޅޭ" ކަމަށެވެ. އެއާއެކު، މިހާރު ބައެއް ފަރާތްތަކުން ބުނަމުންދަނީ ސޮނާކްޝީ އަކީ ރާއްޖޭގެ މާމެއިޑް ކަމަށާއި އެ ފޮޓޯ ވަރަށް ހިތްގައިމު ކަމަށެވެ.
އަބަދުވެސް މާމެއިޑް އަށް ހާއްސަ ލޯތްބެއް ހުންނަ ސޮނާކްޝީ ވަނީ 2016 ވަނަ އަހަރު އޮތް އެވޯޑް ހަފްލާއެއްގައިވެސް މާމެއިޑް ހެދުމެއް ބޭނުންކޮށްފައެވެ. އެފަހަރުވެސް ގިނަބައެއްގެ ތައުރީފް ސޮނާކްޝީއަށް ލިބިފައިވާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ އެފަދަ ހެދުން ލުމުން ސޮނާކްޝީގެ ރީތިކަން އިތުރަށް ފާޅުވެގެންދާ ކަމަށެވެ.
ރާއްޖޭން ފުރަމުން ސޮނާކްޝީ ބުނެފައިވަނީ ކޮންމެ ފަހަރަކު ރާއްޖޭން ފުރަން ޖެހުމުން ވަރަށް ދެރަވާ ކަމަށާއި މިފަދަ ތަފާތު ތަޖުރިބާތައް ހިތަށް އެރުމުން ހަނދާނުން ފުހެލަން ދަތިކަމަށެވެ. އަދި ރާއްޖޭން ދޭ މެހްމާންދާރީއަށް އަބަދުވެސް ޝުކުރު އަދާ ކުރާކަމަށާއި އަދިވެސް އަންނާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ތި އެބަހީވޭތަ މާރމެއިޑެއްހެން. މާރމެއިޑް ޑްރެސް ލައިގެން ރާއްޖޭގެ ރިސޯޓްތަކުގަ ނަގާފަހުރި ކިތަންމެ ފޮޓޯއެއް އެބަހުރި.
.އައްޗީޑި ރާއްޖޭގެއެއް ނޫން. ރޭޕްއިންޑިޔާގެ މާރމެއިޑް