1969 ވަނަ އަހަރުގެ ޖުލައި މަހު އެމެރިކާގެ އެސްޓްރޮނޯޓެއް ކަމަށްވާ ނީލް އާމްސްޓްރޯންގް ފުރަތަމަ ފަހަރަށް ހަނދުގައި ފައި ޖެއްސިއެވެ. އެއާއި އެކު ފުރަތަމަ ހަނދަށް އިންސާނުން ފޮނުވުމުގެ ޝަރަފް އެމެރިކާއަށް ލިބުނެވެ. ނަމަވެސް އޭގެ 49 އަހަރު ފަހުން މިހާރު ވެސް އެމެރިކާ މީހުންނަށް ހަނދަށް ނުދެވޭ ކަމަށް ބުނެ ކޮންސްޕިރަސީ ތިއަރީތައް ގަބޫލު ކުރާ އެތައް ބަޔަކު އެބަތިއްބެވެ.

މިހާރު އަނެއްކާވެސް އިންޓަނެޓްގައި ދައުރުވަމުންދާ ޚަބަރަކީ ހަނދުގައި އާމްސްޓްރޯންގް ފައި ޖެއްސި އިރު އަރައިގެން ހުރި ބޫޓުގެ ފިޔަވަޅާއި ހަނދުގައި އާމްސްޓްރޯންގް ފައި ޖެއްސުމުން އުފެދުނު ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނާ ފިޔަވަޅު އެއްގޮތް ނޫން ކަމުގެ ޚަބަރެވެ.

އާންމުވެފައިވާ ފޮޓޯތަކުން އާމްސްޓްރޯންގް ހަނދަށް ދިޔައިރު އަރައިގެން ހުރި ބޫޓް ފެނެއެވެ. އަދި ހަނދުގައި ހުރިކަމަށް ބުނާ އޭނާގެ ފިޔަވަޅު ވެސް ފެނެއެވެ. އާމްސްޓްރޯންގެ ބޫޓަށް ބެލުމުން އެނގޭ ކަމަކީ އެބޫޓް ހުރި ގޮތައް ބަލާއިރު އެބޫޓުން ހަނދުގައި އެފަދަ ފިޔަވަޅެއްގެ ފާހަގަ ޖެހިގެން ދާނެ ގޮތެއް އެއީ ސުވާލު އުފެދޭ ގޮތެކެވެ.

ނާސާ އިން ބުނާ ގޮތުގައި އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ނުދާ ކަމަށް ބުނެ ދައްކަނީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެކެވެ. އެހެންކަމުން އަލުން އެވާހަކަތަކަށް ޖަވާބު ދިނުމަކީ ބޭނުމެއް ހުރި ކަމެއް ނޫން ކަމަށް ނާސާ އިން ބުނެއެވެ.

މިހާރު ވެސް އެތައް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެމެރިކާގެ އެސްޓްރޮނޯޓުން ޖައްވަށް ދިޔަ ކަމަށް ބުނެ އެމެރިކާ އިން ދުނިޔެއަށް ދައްކާފައި ވަނީ "ޑްރާމާއެކެވެ." އެއީ އެދުވަސްވަރު ސޯވިއެޓް ޔޫނިއަނުން ޖައްވުގައި ހޯދަމުންދިޔަ ކާމިޔާބީތައް ފަހަތައް ޖައްސާލުމުގެ ބޭނުމުގައި އެމެރިކާ އިން ކުރި ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހޯކްސް

    "ލޫނާ އޯވަރބޫޓްސް" ގޫގުލްގަ ސާޗްކޮއްލަބަލަ އިތުރު އެއްޗެކޭނުކިޔަ ފުރަތަމަ

  2. ތަންދޮރު

    ސޫޓްއާއެކީ އަދި ވަކިން އަރާނެ ބޫޓް އަކަށް. ސޫޓް ފޮޓޯގަ އިންގޮތަށް އިންނަނީ ޕުރެސާ ސީލްކުރަން ވެގެން.

    • ހޯކްސް1

      މިހާރު ބައެއް ކުދިން މަސައކަތް ކުރަނީ ނާސާ ހެ ތާރީހް ދިރާސާ ކުރުމުގައި، އަދި ފުރަތަމަ ހަނދައް ދިޔައިރު އެރި ބޫޓް ގެ އެފަދަ ތަކެތިދިރާސާކުރުމުގައި ... އޯވަރ ޝޫ އެއީ ހަމަ އެކަނި ނާސާ ގައި ބޭނުންކުރާ އެއްޗެއްނޫން ...

  3. ޢައްޔާ

    ތިހާ ފަސޭހައިން އޭރު ދިޔައްޔާ މިހާރުވެސް ދާންވީ ނުން. މުޅިން ދޮގު ތިބެ ހަދަނީ. ރަނގަޅަށް ވިއްޔާ ދުިނޔޭގެ ފަށަލައިން ބޭރަށް އެއްވެސް ވަރަކަށް ނުދެވޭ. ފްލައިޓްގަ ކިތައްމެ މައްޗަށް އެރިޔަސް ދުނިޔެ ވަށެއްވެސް ނުވޭ. މިވެސް އަޖައިބެއް

    • ފަސީ

      ހަމަނުޖެހޭ ވާހަކަ ނުދައްކާ ބުރޯ. ކަލޭ ތީ ބޯޓެއްގަ މައްޗަށް ދެވުން މީހެއް ވިއްޔާވެސް ރަނގަޅު. ގޭ ފުރާޅަށް އެރީމަ ދުނިޔެ ވައްކޮށް ފެންނާނެ ކަމަށްތަ ހީކުރީ؟

  4. ދޮށީކޮއި ޢާލިގެ މުހައްމަދު

    އެކަހަލަ ހުރިހާ ދޮގެއްހަދައިގެން މުޅިދުނިޔޭ އެންމެން ވާވައްދައިގެން އުޅޭބައެއް އެމެރިކާ މިހުންނަކީ

  5. ކޮތަރު އިމްރާނު

    ތިޔަހެން ފާޅުގަ ބޮޑެތި ދޮގު ހަދާ މީހަކު އެބަ އުޅޭ މި ރާއްޖޭގަވެސް. ބޮލުގަ ބަޑިޖެއްސި މައިބަދަ ދޮންބެ.

    • މުއްލާ

      ކަލޯވެސް ތިހިރީ ބޮޑު ދޮގެއް ގަބޫލުކޮށް ސިކުނޑި ތަޅުލެވި ޖަހާލަތުގެ ތަޅު އެޅުވިފައި. ކަލެއަކަށް ތެދެއް ދޮގެއް ވަކިކުރާކަށް ނޭނގޭނެ އިނގޭތޯ؟

  6. ފަޤީރު ކަލޯ!

    އަކުބަރު ރަސްގެފާނުންގެ 1 ވަނަ ވަޒީރު ބިރްބޮލްވަޒީރު ޖަންގަށްޔަށް ވަދެ ދުނިޔޭގެ މެދު ހޯދީ އެގޮތަށެވެ. ޖުހާއަކަށް އެއީ މެދު ނޫންކަމަކަށް ހެއްކެއް ނުދެއްކުނެވެ. އެންމެ ފަހުން އަކުބަރު ރަސްގެފާނަށް މަޖުބޫރުވީ އެއީ ދުނިޔޭގެ މެދުކަމަށް ޤަބޫލު ކުރާށެވެ. ނާސާ ހެކިދައްކަން މަސައްކަތް ކުރިވަރަކަށް ދާނީ އިތުރަށް ބޭޒާރުވަމުންނެވެ. އެހެންވެ ކޮންމެވެސް އެއްޗެކޭ ކިޔައިފާ ހެކިދެއްކުމުގެ މަސައްކަތް ހުއްޓައިލީއެވެ. ނަމަވެސް ތި ބޫޓުގެ ދަށް އެއްގޮތްކުރުމަށް ކޮންމެވެސް ހުއްޖަތެއް ދައްކާނެ! އެއީ ޝައިތޯނާގެ ސުންނަތެކެވެ. އެކަންކުރާނެއެވެ. ލާޝައްކު!

  7. ސޖަޖ

    މޮޔަ ނުވެބަ ހަދަކަށް ނުދެވޭ އަދި އެމެރިކާ މީހުން ގެ ފޭކުތީ

  8. އައްޑޫ މީހާ

    އޭރު 1 އަހަރުން ދިޔަކަމުގައި ވަނީނަމަ މިހާރު 1 މަހުން ދެވެންވާނެ މިހާރު ދުނިޔެ މިއޮތަީ އޭގެ އެތަށް ގުނަތަން ކުރިއަރަފަ ކިއްތަވާނީ ހެނދުނު ގޮސްފަ ހަވީރު ސެލްފީއެއް ނަގާލާފަ އަންނަން ވީނުންތަ ނާސާއަކަށް ޖަވާބު ނުދެވޭނެ ހަގީގަތަކީ ހަނދަކަށް ނުދޭވޭ ހަނަފަސް ސަހަރާއެއްގައި ފޮޓޯއެއް ނަގާފަ ދެއްކީމަ ދެން ހަނދަށްދިޔަކަމަށްވީ އަދި މިހާރު މާބޮޑަށް ފޮޓޯތަށް ހަދާލެވިދާނެ އެހާވެސް މޮޅެތި ސޮފްޓްވެއަރތަށް އެބަހުރި

  9. ހަސަންކޮ

    އެމެރިކާ މީހުންނަކަށް މިއަދާއި ހަމަޔަށް ވެސް ހަނދަކަށް ނުދެވޭ...!! ކޮން ފޭކް ސްޓޯރީ ތަކެއް އެމެރިކާ މީހުން މިފަޅަނީ..!؟؟

    • ާިޮެބޮގަރު

      ގަމާރު ގޮލައެއް ^

  10. އަންނި

    ތިޔަ ގޮތަށް މައްކާ އަށޭ ކިޔާފަ ޔަހޫދީން ފައިގެ އިނގިލި

    ދޫ ހާކަފަ އައިސް މި އައީ މައްކާ އަށް ގޮސްފައޭ ބުނީ

    ލާދީނީ ގޮލައެއް މި ރާއްޖޭގަ ވެސް އުޅޭ

  11. މައުމޫން

    ބަލަގަ އެ ހަދަނީ ދޮގެއް ނޫނޭ! އެއީ ފުލެޓް ބެ ބުނި ވާހަކައެއް.

  12. އަލީ

    މިތާގަވެސް އެބައުޅޭ ދޯ އެމެރިކާއިން ދެމި ގުއިރޯނުގަ ޖެހުނު މީހުން

  13. ޙަސަން

    ތީހަމަ ބޮޑު ޚަބަރެއް

  14. އަލީ ރާޖާ

    އެމެރިކާގެ އޭރިއާ (1 ) ވަން ސަރަހައްދުގައި ކުޅުނު މަންޒަރުތަކެއް އެއީ. ބޭނުމަކީ ރަޝިޔާއަށްވުރެ އެމެރިކާ ކުރި އަރާފައިވާކަން ދުނިޔެއަށް ގަބޫލު ކުރުވުން. އެހެންވެ ދުނިޔޭގެ އެންމެން ވެސް ދަންނަ ހަނދަށް ދިޔަވާހަކަ ފެތުރީ. އަދި ހަނދުން ގެނައިކަމަށް ބުނާ ހިލަ ހުރިހާ ގައުމެއްގެ ދާރުލްއާސާރަށްލީ. އަދި 10 ނޫނީ 12 އަހަރުގައި ކިޔަވާ ކުދިންނަށް އެވާހަކަ ކިޔަވައިދީ ދަސްކޮށްދީ، ހަނދާނުގައި ހަރުލައްވަން ދާރުލްއާސާރުގައި ހުރި ހިލަތަށް ދައްކާ ހެދީ. ގައުމުތަކުގެ މުގައްރަރުގައި އެމެރިކާގެ މޮޅު ވާހަކަ ލުމުން އެގައުމު ތަކަށް އެމެރިކާއިން އެހީ ވެފައިވެސްވޭ.

  15. އަހުމަދުބެ

    ވޭތުވެ ދިޔަ 49 އަހަރު ތެރޭ އެއްވެސް ގައުމަކަށް ހަނަދައް ނުދެވެއެވެ. އޭގެ ތެރޭ އެމެރިކާ ވެސް ހިމެނެއެވެ. ހަނދައް ދިޔަކަމަށް ބުނަނީ ކަޅާއި ހުދުގެ ޒަމާނުގައެވެ. އެތައް ކުރިއެރިމެއް ލިބިފަ ވާއިރު ހަނދައް ދެވުނު ކަމަށް ގަބޫލު ކުރަން ޖެހޭ ސަބަބެއް ނެތެވެ.

  16. ކޮސްބުއްދި

    މީ އެކާވީސް ވަނަ ގަރުނު. މިތިބީ މުސްލިމް ދިވެހިރާއްޖޭގައި ދިވެހިން ތިބި ފެންވަރު. މިކަމުން އެނގެނީ ރާއްޖެއަށް މިދަޔަ 800 އަހަރު ގެނެވިފައިވަނީ ޖަހާލަތުކަން. އަހަރެމެން ތިބި ފެންވަރުގައި ތިބި ނަމަ ރާއްޖޭގެ މީހުންގެ ފެންވަރުވެސް އެންމެ ކުޑަމިނުން ލަންކާއާ އެއްވަރަކަށް ދިޔައީސް. ޔޫރަޕްގެ ފެންވަރަކަށް ދާން އަދި ކައިރިވެސް ނުވޭ. މި ތަރުބިއްޔަތު ލިބެމުންދާހާ ދުވަހަކު ދިވެހިން ދާނީ ފަހަތަށްކަން ދިވެހީންގެ ފެންވަރު ހުރި މިންވަރުން މިވަނީ ސާބިތުވެފަ. ރާއްޖެއަށް ގެނެވޭނީ ސިމެންތި ތަރައްގީ އިނގޭތޯ.

  17. ބޮނަކު

    މިމީހުންނަށް އަދި މާގަބޫލުކުރަން ދަތިވާނެދޯ އިސްރާ ދަތުރުގެ ވާހަކަ.

  18. ކޮއްބެ

    އަޅެ ބުނެބަލަ ކަލޭމެންނަށް އަސްލު މައްކާއަށް ދެވިއްޖެތަ؟ ޔަގީން ވާނެ ގޮތެއް ކޮބާ. ކަލޭމެން ހަނދަށް ގެންދިޔަޔަކަސް ގަބޫލެއް ނުކުރާނެ. އެންމެ ކަނު މީހުންނަކީ ސިކުނޑި ކަނުވެފައި ތިބޭމީހުން އެހެން ނޫންތޯ؟

  19. Anonymous

    ބޫޓު ކެހިނެ ވަދަރުވީ ؟

  20. ބުއްޔާ

    ކީރިތި ގުރުއާން ގަ އޮވޭ އިންސާނުންނައް ދުނިޔޭގެ ފަށަލައިން ބޭރައް ނުދެވޭނެ ވާހަކަ. ދެން އެމީހުން އެކިޔާ އެއްޗެއް ގަބޫލު ކުރާނީ ކިހިނެއް...

  21. ހިލަ

    ހަނދުން ގެނައި ހިލަކޮޅުތަކެކޭ ކިޔައިގެން ދާރުލްއާސާރުގައި ެސް އެބަހުރި ހިލަތަކެއް. އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ ދުނިޔޭގެ ކޮންމެ ޤައުމަކަށް ހިލަ ގެންނަހާ ބިޑެތި އުޅަދުތަކެއްގަހެން އާމްސްޓްރޯންގް ދަތުރުކުރީ. ވިސްނާ ބަޔަކަށް އިބްރަތެއް ވާނެ މިކަންކަމުން.