ބޮލީވުޑު މަޝްހޫރު ތަރި އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަން އަށް ކެންސަރު ޖެހިއްޖެއެވެ.
ކުރީގެ އެކްޓަރު، ޕްރޮޑިއުސަރު، ކެންސަރު ބަލި ޖެހުނު ކަން ރިތިކާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ޔަގީން ކޮއްދީފައެވެ. ރާކޭޝްގެ އަންހެން ދަރި ސުނައިނާ ރޯޝަނަށް ވެސް ވަނީ މީގެ ކުރިން ކެންސަރު ޖެހިފައެވެ.
ރިތިކް ވަނީ ބައްޕަ އަދި ހުރީ ކެންސަރުގެ އެންމެ ފުރަތަމަ ސުޓޭޖުކަން ވެސް ކަށަވަރު ކޮށްދީފައެވެ.
ރާކޭޝް ވަނީ މަޝްހޫރު ގިނަ ފިލްމުތައް ޑައިރެކްޓު އަދި ޕްރޮޑިއުސް ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ކޮއި މިލް ގަޔާ، ކަހޯނާ ޕިޔާރު ހޭ، ކްރިޝް، ކައިޓް، ކްރިޝް 3، ކާބިލް، އަދި ކްރިޝް 4 ހިމެނެއެވެ.
ބޮލީވުޑްގެ ގިނަ ތަރިންތަކަށް ކެންސަރު ޖެހި އެބަލީގެ ޝިކާރައަކަށް ވަމުން ދާއިރު ރާކޭޝްގެ އިތުރުން އަޔުޝްމަން ކުރާނާގެ އަންހެނުން ތަހީރާ އަދި ބަތަލާ ސޮނާލީ ބެންޑްރޭ އަށް ވެސް ވަނީ ކެންސަރު ބަލީޖެހިފައެވެ.
މީގެ ކުރިން އެކްޓަރު އިރްފާން ހާން ވެސް ވަނީ އިނގިރޭސިވިލާތަށް ފަރުވާ ހޯދަމަށް ގޮސްފައެވެ. ރިޝީ ކަޕޫރަކީ ވެސް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
މަޝްހޫރު މިލްމީ ތަރި އިމްރާން ހާޝިމީގެ ދަރިފުޅު އަޔާން ވެސް ވަނީ އެންމެ ހަތަރު އަހަރުގައި ކެންސަރު ޖެހިފައެވެ.
ބޮލީވުޑް އަށް ބަލާ އިރު، ކެންސަރު ޖެހިގެން، ފަރުވާ ހޯދުމަށް ފަހު ރަނގަޅުވެފައި ތިބި މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ބަތަލާ މަނީނާ ކޮއިރަލާއި ލީޒާ ރޭ ހިމެނެ އެވެ.
ސުބުހާނަﷲ. އަސްތަޤްފިރުﷲ