ކުރީ ޒަމާނުގައި ނޫސް ކަރުދާހާއި މިނޫންވެސް ތަކެތި ޑިލެވަރީ ކުރުމަށް އެކި ކަހަލަ ޖަނަވާރުތަށް ބޭނުން ކުރަމުންދިޔައެވެ.

ޒަމާން ބަދަލުވެގެން އައި އިރު މި ސަޤާފަތް ނުނެގޭ ބައެއް ޤައުމުތަކާއި ސިޓީތައް އަދިވެސް ހުރުއިރު، ބެލްޖިއަންގެ ސިޓީއެއް ކަމަށްވާ ލިއެޖް ގައި ވަނީ ނޫސް ކަރުދާސް އަދި މެއިލް ޑިލެވަރީ ކުރަން ވަނީ 30 ބުޅާ ތަމްތީރީނު ކޮއްފައެވެ.

1876 ގައި ނިއުޔޯކު ޓައިމްސްގައި އޮތް ރިޕޯޓަކުން ބުނާގޮތުގައި އެ ބުޅާތައް އެއްތަނުން އަނެއްތަނަށް ޑިލެވަރީ ކުރުމަށް ފެންނުވާނާނެ ހެން ޑިލެވަރީ ކުރާ އެެއްޗެށް ބުޅަލުގެ ކަރުގައި އެއްސުމަށް ފަހު އެސިޓީގެ ދުރު ހިސާބަކަށް ބުޅާ ދޫކޮއްލައެވެ.

މި ގޮތަށް ދޫކުރާ ބުޅާތަށް އޭގެ މަންޒިލަށް ފަސް ގަނޑި އިރުތެރޭގައި ދަތުރުކުރާއިރު އަނެއްބައި ބުޅާތަށް 24 ގަނޑިއިރު ވަންދެން ދަތުރުކުރެއެވެ.

ބުޅާ ބޭނުން ކޮއްގެން އެއްޗެހި ޑިލެވަރީ ކުރުމަކީ މިއަދުވެސް ދުނިޔޭ އެކި ހިސާބުތަކުގައި ކުރަމުން އަންނަ ކަމެކެވެ.

އިންސާނުންނާއި ބުޅަލުގެ ރަހްމަތްތެރިކަމަށް އެތައް ގަރުނެއްވެއްޖެއެވެ. ކުރީ ޒަމާނުގައި މީދާ ގެއިން މަދުކޮށްދޭތީ ބުޅަލަކީ ގޭގައި ގެންގުޅެން ވަރަށް މުހިންމު އެއްޗަކަށް އޮތީ ވެފަ އެވެ.