ބޮލީވުޑްގެ ޒުވާން ދެ ތަރި ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އެންގޭޖް ވެއްޖެއެވެ.

އިންޑިޔާގެ ހަބަރުތައް ބުނާ ގޮތުން މި ދެ ތަރިން އެންގޭޖްވި ވާހަކަ ފެތުރެން ފެށީ ބުރާސްފަތި ދުވަހު ފާހަގަކުރި ލޯބިވެރިންގެ ދުވަހު ދެ ތަރިން އިނގިލީގައި އަޅާފައި އިން އޮނގޮޓިއެއްގެ ފޮޓޯ ޓްވިޓާގައި ހިއްސާކުރުމުންނެވެ.

ނަމަވެސް އަދި މި ދެ ތަރިން ގެ ފަރާތުން މިކަމާ ބެހޭގޮތުން ބަހެއް ލިބިގައެއް ނުވެއެވެ.

ޓައިގާ އަނގޮޓިއަށް ބޮސް ދީގެން އިން ފޮޓޯގެ އޭގެ ކެޕްޝަނަކަށް އިނީ "ޓާންސް އައުޓް އައި އެމް ޓޭކެން" އެވެ. އަދި ޑިޝާ ޕޯސްޓް ކުރި ފޮޓޯގައި އަނގޮޓި އޮތް އިނގިއްޔަށް ބޮސް ދީގެން އިން އިރު އޭގެ ކެޕްޝަނަކަށް އިނީ "ސަމްވަން ޕޮޕްޑް ދި ކްއެޝަން... އެންޑް އައި ސެޑް ޔެސް" އެވެ.

މި ދެ ތަރިން ވަނީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ހިނގި އެއް ފިލްމު ކަމަށްވާ "ބާގީ 2" ގައި އެކީ ފެނިގެން ގޮސްފައެވެ.

މިއަހަރު ފިތުރު އީދުގައި ރިލީޒް ކުރާ ސަލްމާން ހާންގެ "ބާރަތު" ގައި ޑިޝާ މި ވަގުތު މަސައްކަތް ކުރަމުން އަންނަ އިރު، ޓައިގާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ސިނަމާތަކަށް އަންނަން އޮތީ އަންނަ މެއި މަހުގެ 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.