އާންމު ދިރިއުޅުމުގައި ބޭނުންކުރާ ކާނާތަކުގެ ތެރޭގައިވެސް ހަށިގަނޑަށް ގެއްލުން ދޭ ގިނަ ބާވަތްތަކެއް ހިމެނޭ ކާނާ ބޭނުން ކުރެވެއެވެ. އާންމުކޮށް އެ ތަކެތިން ގެއްލުން ލިބޭކަން އެނގި ތިބެވެސް ބޭނުން ކުރެވޭ އެއް ސަބަބަކީ ކަން ފަސޭހަ ވުމެވެ. އަވަސް ކޮށްލައިގެން އުޅޭ ވަގުތު، ބޭނުން ފުއްދާލުމެވެ.

ހަށިގަނޑަށް ވިސްނާނަމަ ފަސޭހައަކަށް ނަމަވެސް ބޭކާރު ބާވަތްތަކުގެ ކާނާތައް ބޭނުން ހުއްޓާލަން އެބަޖެހެއެވެ. ހަށިގަނޑުގެ ރައްކާތެރިކަމަށް ޓަކައެވެ. ބަލިތަކުން ދުރުވެ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށެވެ.

ދަޅު ޓޮމާޓޯ

ޓޮމާޓޯ ޕޭސްޓް ދަޅަކީ ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެކައްޗެވެ. އާންމުކޮށް ކުޅިމަސް ކަހަލަ ހެނދުނުގެ ސަޔަށް ބޭނުންކުރާ ތަކެތީގެ އިތުރުން ހެދިކާ ތައްޔާރު ކުރުމުގައިވެސް ޓޮމާޓޯ ދަޅަކީ ދިވެހީން އެންމެ ބޮޑަށް ބޭނުން ކުރާ އެކައްޗެވެ. އެހެން ނަމަވެސް އޭގައި އެކުލެވޭ ހަކުރުގެ ބައި ބޮޑުކަމުން އޭގެ ސަބަބުން ފަލަވުމަށް މަގުފަހި ކުރުވައެވެ.

އޭގެ އިތުރުން ޓޮމާޓ ދަޅުގައި އެލެވޭ ހަކުރަކީ ހަކުރު ބައްޔަށްވެސް މަގުފަހި ކުރުވާނެ އެއްޗެއްގެ އިތުރުން ތައްޔާރީ ޓޮމާޓޯގެ ސަބަބުން ހިތު ބަލި ޖެހުންވެސް ގާތެވެ.

ދަޅުގައި ބަންދުކޮށްފައިވާ މަސް

ދަޅުގައި ބަންދު ކޮށްފައިވާ ބީފްގެ އިތުރުން ކުކުޅު ފަދަތަކެތި ބޭނުން ކުރެވޭ ނިސްބަތް ދަނީ އާންމުވަމުންނެވެ. އޭގެ އިތުރުން ސޮސެޖު ފަދަ ތަކެތިވެސް ބޭނުންކުރެވޭ އަދަދު އިތުރުވަމުންދާ އިރު، އެއީ ހަށިގަނޑަށް ގެއްލުން ބޮޑު ތަކެއްޗެވެ.

އެފަދަ ދަޅުތަކުގައި ބަންދުކޮށްފައިވާ މަސްތަކުގެ ސަބަބުން ލޭ މައްޗަށް ދިޔުމުގެ އިތުރުން ހިތުގެ ބައްޔާއި ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާތައް ދައްކައެވެ. އޭގެ އިތުރުން އެފަދަ މަހުގެ ބައިވަތްތައް ބޭނުން ކުރުމުގެ ސަބަބުން ކުދިންގެ އުޅުމަށްވެސް ބަދަލުތަކެއް އަންނަ ކަމަށް ދިރާސާތައް ދައްކައެވެ.

ތައްޔާރީ ހަކުރު

ގޭބިސީތަކުގައި އާންމުކޮށް ބޭނުންކުރާ ހަކުރުގެ ބަދަލުގައި ތައްޔާރީ ހަކުރު ބޭނުން ކުރާ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ހަކުރުގެ ރަހަގަދަ ކުރުމަށް ތައްޔާރީ ހަކުުރު އާންމުކޮށް ބޭނުން ކުރެވެމުންދެއެވެ.

އެފަދަ ހަކުރުގެ ސަބަބުން މެޓަބޮލިޒަމް މައްސަލަ ދިމާވުމުގެ އިތުރުން ލޭ މައްޗަށް ދިޔުމާއި ޓައިޕް ޓޫ ޑައިބީޓީސްއަށްވެސް މަގުފަހުވެއެވެ. އަދި އެއާއެކު އެކަންކަން ކުރިމަތިވެ ހިތުގެ ބައްޔަށްވެސް އެކަމުން މަގުފަހުވާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ?

    ނެތެއްނު އެކައްޗެއްވެސް ކެވޭކަށް.

  2. ހަހަ...

    ކޮންމެ އެއްޗެއްވެސް ކައިނިމުނީމަ ދެންކިޔާ ކެންސަރުޖެހޭނޭ އެ އުފައްދާ އިރަކު ނޭނގޭދޯ......