އާދަޔާ ހިލާފު އެތައް ކަމެއް އަބަދުވެސް ދުނިޔޭގެ އެކިއެކި ހިސާބުތަކުގައި ހިގަމުންދެއެވެ. ހާއްސަކޮށް ތަފާތު ކަންކަން ތަޖުރިބާ ކުރާ މީހުން ވަރަށްވެސް ގިނައެވެ. އެގޮތުން ތީރި ޖެހުމާ ކަންކަންވެސް މިއީ މީހުން ފޫހި ފިލުވާލުމަށްވެސް ކޮށް އުޅޭ ކަންތަކެވެ.

އޮސްޓްރޭލިއާގެ 43 އަހަރުގެ މީހަކަށް ތީރެއްގެ ސަބަބުން ވަނީ މަރުގެ އެތިފަހަރަކާ ކުރިމަތިލާން ޖެހިފައެވެ. އޭނާގެ ގެ ކައިރީގައި ނުރައްކާތެރި ތީރެއް ޖަހަން އުޅުނު މީހަކު ހުއްޓުވުމަށް އޭނާ ވާހަކަ ދައްކަން ފެށުމުން އޭނާ ޖެހީ ތީރެކެވެ. 43 އަހަރުގެ މީހާ އެވަގުތު ހުރީ ތީރު ޖަހާ މީހާގެ ކަންކަން ވޯޑިއޯ ކުރަން ފޯނު ނަގައިގެންނެވެ. ތީރު ފޯނަށް އަމާޒުވި އިރު، އެ ތީރު ފޯނު ފޫއަޅުވާ ވަކި ހިސާބަކަށް ދިޔަ ނަމަވެސް، ފޯނުގެ ސަބަބުން އެ މީހާއަށް އަނިޔާއެއް ނުވެ ސަލާމަތްވިއެވެ.

ފުލުހުން ބުނެފައި ވަނީ ފޯނުން ފޮޓޯ ނެގި މީހާ ވީޑިއޯ ކުރީ ފޯނުން، ފުލުހުންނަށް ވީޑިއޯ ދައްކަން ކަމަށާއި، އެ ހާދިސާއަކީ ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. ތީރު ޖަހަން އުޅުނު 39 އަހަރުގެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ލޯބީގެ ތީރުން ސަލާމަތްވާނީ ކިހިނެއް؟😂

    6
    1
  2. މިހާ

    މަ ކައިރިއަށް އާދޭ އޭރުން ކިޔާދޭނަން