އަމިއްލަ ފުރާނަޔައް ނުބަލާ އަލިފާން ނިއްވާ މީހުންވެސް ތިއްބާ ކުއްތާއެއް ސަލާމަތް ކުރަން ރޯވެފައި ހުރި ގެއަކަށް ވަން މީހެއް މީސް މީޑިއާގެ ސަމާލުކަން ހޯދައިފިއެވެ.

ބޭރުގަ މަންޒަރު ބަލަން ތިބި މީހުންނާ އަލިފާން ނިއްވާ މީހުންގެ ހިތްހުއްޓުވާލި ޖޯސް ގުޒްމާން ވަނީ ރޯވެފައިވާ އޭނާގެ ގެއަށް ވަދެ އޭނާ ގެންގުޅޭ ކުއްތާ ބިރެއްނެތި ސަލާމަތް ކޮއްފައެވެ.

އާންމުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ގުޒްމާން އަލިފާން ނިއްވާ މީހުން ނުވަންނަން ގޮވަނިކޮށް ވަދެގެން ދިޔައެވެ. ނިކުމެގެން އައީ އޭނާ އޮޅު ކޮއްގެން ގެންގުޅޭ ކުއްތާ ގޮވައިގެންނެވެ.

ގެ ރޯވި ހާދިސާގައި ގުޒްމާން އާއި އޭނާގެ އަންހެނުން އަދި 3 އަންހެން ކުދިން ގޮވަން ފެށީ، އެމީހުން ގެންގުޅޭ ކުއްތާ ގޭގަައި ތާށިވެފައި އޮވެގެން އެކަމާއެވެ. ކުރާނެ ކަމެއް ނެތިގެން އޭނާގެ އަންހެނުން ވިސްނަން ހުއްޓާ ކުއްލިއަކަށް ފެނުނީ ގުޒްމާން ގެއާއި ދިމާލަށް އެމީހުން ގެންގުޅޭ 2 އަހަރުގެ ގަބާނާ އޭ ކިޔާ ކުއްތާ ސަލާމަތް ކުރަން ވަންތަނެވެ.

ޕީޕަލް ނިއުސް އަށް ކިޔާދެމުން ގުޒްމާން ބުނެފައި ވަނީ ކޮންމެ ކަމެއްވެސް ދެމީހުންނަށް ވެދާނެ ކަމަށް އޭރު ހީވިކަމަށެވެ. އެކަމަކު މާ ބޮޑަށް އެކަމަކާ ނުވިސްނާ ކަމަށެވެ.