ޔޫއޭއީގެ އަންހެނުންތަކެއް، އެމީހުންގެ "ޖިންސް ބަދަލުކޮށްދިނުމަށް" އެޤައުމުގެ ކޯޓެއްގައި އެދިއްޖެއެވެ.

ޖިންސު ބަދަލުކޮށްދިނުމަށް ކޯޓުގައި އުމުރުން 25 އަހަރުން ދަށުގެ ތިން އަންހެނަކު އެދިފައިވާއިރު، އެމީހުން އެދުނީ އެމީހުންނަކީ ފިރިހެނުން ކަމުގައި ކަނޑައަޅައިދީ ރަޖިސްޓްރީ ބަދަލުކޮށްދިނުމަށެވެ.

މި ތިން އަންހެނުން ވަނީ، ޔޫރަޕުގެ ހޮސްޕިޓަލަކުން އެމީހުންގެ ޖިންސު ބަދަލުކޮށްފައިވާކަން ހާމަކޮށްދޭ ލިއުންތަކެއްވެސް ކޯޓަށް ހުށަހަޅާފައެވެ. އެމީހުން ބުނާގޮތުގައި އެމީހުން ޖިންސު ބަދަލު ކުރުމަށް އޮޕަރޭޝަނެއް ކުރީ ސިއްޙީ ޙާލަތު ހުރި ގޮތުން އެކަން ނުކޮށްފިނަމަ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމަށްޓަކައި ކަމަށެވެ.

މިކަމާއި ގުޅިގެން އެމީހުންގެ ވަކީލު ބުނެފައިވަނީ، ތިން އަންހެނުންގެ ޖިންސު ބަދަލު ކުރުމަށް ކުރެވުނު އޮޕަރޭޝަނާއި ގުޅޭ އެންމެހައި ލިޔެކިއުންތަކުން އެމީހުން އެ އޮޕަރޭޝަން ކުރަން ޖެހުނު ސަބަބު ސާފުކޮށް އެނގޭއިރު، މިހާރު އެއީ ފިރިހެނުން ކަމުގައި ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން އެޤައުމުގެ ރަޖިސްޓްރީން އެ ތިން އަންހެނުންނަކީ ފިރިހެނުން ކަމުގައި ކަނޑައަޅައިދިނުމަކީ މި ހާލަތުގައި ކޮންމެހެންވެސް ލާޒިމުކުރާ ކަމަށް ވަކީލު ވަނީ ބުނެފައެވެ.

ނަމަވެސް ކޯޓުން ވަނީ އެމީހުންގެ މައްސަލަ ބަލައި ނުދެވޭނެ ކަމަށް ނިންމައި އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައެވެ. އެ ކޯޓުން ބުނެފައިވާގޮތުގައި އިންސާނެއްގެ ޖިންސު ބަދަލު ކުރުމަކީ ކޯޓުން ނިންމޭ ކަންކަން ނޫން ކަމަށާއި، އޮޕަރޭޝަނެއް ކުރި ނަމަވެސް ޖިންސު ބަދަލުވޭ ކަމުގައި ބެލެވެން ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުއްޅަަަަބޭ

    ތައިލެންޑަށް ނޫނީ ޔޫކޭ، ނެދަރލެންޑަށް ބަދަލުވޭ އަވަހަށް! ހިއުމަން ރައިޓްސްއޭ ކިޔައިގެން ޔޫއޭއީއަކު، ސައޫދީޔަކު އަދިއްއް ނުޗަލާނެ! އެއްކަލަ ޑޮކްޓަރ ޝަހީދުކިޔާ އަނެއްރާއްޖޭގެ މީހެއް ހުންނާނެ، އެގޭގަ ތިބެވިދާނެ ފަހަރެއްގައި!

  2. ޭނުރަބޯ

    އަންހެނުންގެ ގޮތުގައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މިބިންމައްޗަށް ފޮނުއްވިބަޔަކު އަމިއްލައަށް ޖިންސު ބަދަލުކުރިޔަސް އެއީ ފިރިހެނުން ނަށް ވާނެގޮތެއް ނޯންނާނެއެވެ. އެހެން ނަމަވެސް ކުއްޖަކު އުފަންވީއިރު އޭނާގެ ޖިންސީގުނަވަން އަންހެން ގުނަވަނެއްގޮތަށް އެކަމަކު މުޅިން ފުރިހަމަނުވެ އިނުމުގެސަބަބުން އެއީ އަންހެން ކުއްޖެއްގެގޮތުގައި ވަކި ވަރަކަށް ބޮޑުވެފަހުއްޓާ އުނދަގޫ ތަކެއްވާތީ ޑަކްތަރަށް ދެއްކުމުން ޚާއްސަ ޓެސްޓްތަކެއް ހަދާފަ އެއީ އަންހެންކުއްޖެއް ނޫނޭ ފިރިހެން ކުއްޖެކޭ ބުނެ ސާރޖަރީ އެއް ހެދުމުން އެކުއްޖާގެ ފިރިހެން ގުނަން ފާޅުވެ އެއީ ފިރިހެންކުއްޖެއްކަން ޔަގީންވުމުން އެކުއްޖާގެ ދިގު އިސްތަށިގަނޑުކޮށާ ކުރުކޮށް، ފިރިހެން ނަމަކަށް ނަންބަދަލު ކޮށްފައި އެބަހުއްޓެވެ. އެ ގުނަވަނަކީ ގުދުރަތީ ގުނަވަނެކެވެ. ޑަކްތަރުން އިންދި ގުނަވަނެއްނޫނެވެ. މިޙާލަތުގައި މިއީ ފިރިހެންކުއްޖެއްގެ ގޮތުގައި ބަލައިގަތަކަސް އަމިއްލަ އަށް ޖިންސު ބަދަލުކުރުމުން އެއީ އެހެން ޖިންސެއްގެ މީހެއްގެ ގޮތުގައި ބަލާކަށް ނުޖެހޭނެއެވެ.

  3. އަބްދުއްލާ

    ކޯޓް ބަރާބަރު ، ދުނިޔެއަށް އައީ ވަކި ޖިންސެއްގެ މީހެއްގެ ގޮތުގައި . އެ ޖިންސް ބަދަލު ކޮށްދެވޭނީ ފުރަތަމަ ތިމާ ވަކި ޖިންސެއްގާ ދުނިޔެއަށް ފޮނުއްވި ފަރާތުން .

  4. ހުދާ

    ????