ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ދާދި ފަހުން ވަނީ އޭނާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ ޖޯއި ޖޯނަސްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައެވެ. ސޯފީ ޓޯނާ އާއި ޖޯއި ޖޯނަސްގެ ދެވަނަ ފަހަރަށް ކައިވެނީގެ ގޮށް ޖަހާލުމަށް ބޭއްވި އެ ހަފްލާގައި ޕްރިޔަންކާ ހެދުން އަޅައިގެން ހުރި ގޮތުގެ ވާހަކަދެއްކިއެވެ.
އޭނާ ހެދުން އަޅައިގެން ހުރީ އިންޑިއާގެ ވައްޓަފާޅިއަކަށެވެ. އޭނާ އަޅައިގެން ހުރީ ސާރީއެކެވެ.
އެ ހަފްލާގެ ގިނަ ފޮޓޯތަކެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ހަފްލާގެ ތެރެއިން ޕްރިޔަންކާ ރުއިކަމަށް ވެެއެވެ. އަދި އޭނާ ކަރުނަ ފޮހޭ މަންޒަރު ފެންނަ ފޮޓޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މާބޮޑަށް ދެރަވެފައި އެ ހަފްލާގައި ޕްރިޔަންކާ ރުއިކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އޭނާ އެ ހަފްލާގައި ރުއީ ކީއްވެގެން ކަމެއް ޔަގީނެއް ނޫނެވެ. ބެލެވޭގޮތުގައި، އޭނާ ރުއީ އުފަލުންނެވެ.
އެހެން ނަމަވެސް އެކަން އެއްވެސް ބަޔަކަށް ކަށަވަރުވެފައެއް ނުވެއެވެ.
އެންމެންގެ ތެރޭގައިވެސް ތަފާތުކޮށް ހެދުން އެޅި ޕްރިޔަންކާއަށް ގިނަ ބައެއްގެ ސަމާލުކަންވެސް ހުއްޓުނެވެ.
އެ ހަފްލާ ނިމިގެންދިޔައީ އުފަލާއި، މަޖަލުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެން އަހަރެމެންނައް ކީއް
އެއީ އިންޑިއާ މީހުންގެ ވައްތަރު. ވަރަށް ދެއްކުންތެރިބައެއްތީ. ކިރިޔާ ކަމެއްވާއިރަށް ދެން މާ އިމޯޝަނަލްވެގެން އުޅޭނީ. މިތަނުގައިވެސް އޭނާގެ އެކްޓިންގ ދައްކާލަން ޗާންސެއް ލިބުނީމާ އެ ފުރުސަތުގެ ބޭނުންކޮށްލީކަމަށްވާނީ.