ފްލައިޓު ތެރޭ އިނދެ އެހެން އަންހެނަކާއި ދިމާއަށް ބަލައިލުމުން ލޯބިވެރިޔާގެ ބޮލަށް ލެޕްޓޮޕް ބިންދާލައިފިއެވެ.

އެމެރިކަން އެއާލައިންސްގެ ބޯޓެއް މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން ލޮސް އެންޖެލެސްއަށް ނައްޓައިލުމަށް ތައްޔާރު ވަމުން ދަނިކޮށް މި ހާދިޘާ ހިނގައިފައި ވަނީ އެ އަންހެން މީހާގެ ލޯބިވެރިޔާ (މީމޯ) އެހެން މީހަކާއި ދިމާލަށް ބަލައިލުމުންނެވެ. މިއާއިއެކު މީމޯގެ ބޮލުގައި ލެޕްޓޮޕް ނަގައި ޖެހުމުން ފްލައިޓުގައި ތިބި ޕަސެންޖަރުންނަށް ވަނީ ސިހުމެއް ލިބިފައެވެ. ނަމަވެސް އެ އަންހެން މީހާ އެ ހިސާބުން ނިންމާލީ އެއް ނޫނެވެ. އެންމެންނަށް އަޑު އިވޭ ވަރަށް މީމޯ އާއި ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި، އިތުރަށް އޭނާ މޫނުމައްޗާއި އެނޫންވެސް ތަންތަނުގައި ތަޅަމުން ގެންދިޔައެވެ.

މިކަން ފްލައިޓުގެ ކުރޫ އިންގެ ސަމާލުކަމަށް އައުމުން އެމީހުން ވަނީ މީމޯ ފްލައިޓުގެ ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެ މީހަ ދިޔަ ގަޑީ އެ އަންހެން މީހާ ވަނީ ފަހަތުން ގޮސް އަނެއްކާވެސް އޭނާގެ ބޮލުގައި ލެޕްޓޮޕުންނާއި އަތުންވެސް ޖަހައިފައެވެ.

މިއާއި އެކު ދެ މީހުންވެސް ފްލައިޓުން ބާލާފައި ވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ކަން ހިނގައި ދިޔަ ގޮތް ދައްކުވައިދޭ ވީޑިއޯ މީސް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    އެހެންވާނީ މާ ހިތް ގިނަވަންޏާ. ލޮލް

  2. ޢާއްމު ކަމެއް

    މި ރާއްޖޭގައި ވެސް ތިއީ ޢާއްމު ކަމެކެވެ. އަނބިމީހާ ސައިކަލު ފަހަތުގަ އިންނައިރު ވެސް ގިނަ ފިރިހެނުން މަގުމަތިން ހިނގާފައި ދާ އަންހެނުންނަށް ބޯ އަރިކޮށްފައި ވެސް ކަޅި އަޅައެވެ. އެވެރިން އެކަމަށް ދެވި ހިފާފައި ތިބޭވަރުން އެގޮތަށް ބެލޭކަން އިޙުސާސް ވެސް ނުވެއެވެ.

    16
  3. އަދި

    ފިރިމީހާގެ ފަހަތުގައި އިނދިގެން އެހެން ފިރިހެނުންނަށް ބަލާ އަންހެނުންވެސް މަދެއްނޫން ގިނަ އަންހެނުން ފިރިހެނުންނަށް ބަލަނީ ވައްކަޅީން އަދި ވަގަށް އަންހެނުން ވެސް ވަކި ކުޑަައެއް ނޫން

    3
    3