ޕްރިންސް ހެރީ އާއި މޭގަން މާކެލް މިދިޔަ ހަފްތާ ބަންދުގައި ޕްރައިވެޓް ޖެޓެއްގައި ޕްރާންސަށް ދަތުރުކުރި މައްސަލަ ވަނީ ހޫނުވެފައެވެ. އެއާ ޕްރައިވެޓް ޖެޓްތަކަކީ މާގައިން ގާބަން ޖައްވަށް ބޭރުކުރާ އުޅަނދުތަކެއް ކަމަށް ބުނެ ތިމާވެށީގެ ދިފާޢުގައި މަސައްކަތް ކުރާ މީހުން އެމައްސަލަ ބޮޑުކޮށްލުމުންނެވެ.
ހެރީ އާއި މޭގަން ކުރި ދަތުރުގެ މައްސަލަ ހޫނުވެފައި ވަނީ އެދެކަނބަލުން ދަތުރުކުރި ޕްރައިވެޓް ޖެޓްގެ ފޮޓޯތައް ވަނީ އާއްމުކޮށްފައެވެ.
ސެސްނާ 680 މަރުކާގެ ޕްރައިވެޓް ޖެޓަކީ 12 ސީޓްގެ މައްޗަށް އެކުލެވޭ ލަގްޒަރީ ޕްރައިވެޓް ޖެޓެކެވެ. ބޮޑު ޓީވީއަކާއި ބޮޑު ފާހާނާއަކީ ވެސް ހިމެނޭ މި ޕްރައިވެޓް ޖެޓްގެ ހާއްސަ ސިފަތަކެވެ. އޭގެ އިތުރުން އެތެރޭގެ ލައިޓްތައް ފަސެންޖަރުން ބޭނުން ގޮތަކަށް ދިއްލާލުމުގެ ފުރުސަތު ލިބޭނެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ޕްރައިވެޓް ޖެޓުން ކޮންމެ ދަތުރަކު ތިންލައްކަ ޓަނުގެ ކާބަން ޖައްވަށް ބޭރު ކުރެއެވެ.
15 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއްގައި މޭގަން އާއި ހެރީ ފްރާންސްގެ ނީސްއަށް ދަތުރު ކޮށްފައި ވާއިރު އެދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުން ނީސް އަށް 20 ޝެޑިއުލް ފްލައިޓް ދަތުރު ކޮށްފައިވެއެވެ. އެހެންކަމުން އެއިން ފްލައިޓެއްގައި ދަތުރުނުކޮށް ޕްރައިވެޓް ޖެޓެއްގައި ދަތުރު ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.
ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ބެހޭ ގޮތުން އަދި ޕްރިންސް ހެރީ އާއި މޭގަން އެއްވެސް އެއްޗެއް ނުބުނެއެވެ.
އެދައިތަ ވަރައްމޮޅުވާނެ ކުދިންބަލަހައްޓަން އަވަހައް އެދައިތައާ ޙަވާލުކުރޭ