އެމެރިކާގެ މަޝްހޫރު ރެޕަރ، ސްނޫޕް ޑޯގްގެ ކާފަ ދަރި އުމުރުން ދިހަ ދުވަހުގައި މަރުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ސްނޫޕް ޑޯގްގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު، ކޯޑީ ބްރޯޑަސް، އޭނާ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އޭނާގެ ތުއްތު ދަރިފުޅު، ކައި، ދުނިޔެއާއި ވަކިވެފައިވާ ކަމަށެވެ. އަދި އޭނާ ދުނިޔޭގައި ކައި ހޭދަކުރި 10 ދުވަހުގެ ތެރޭގައި ހަނދާނުން ފިލުވާނުލެވޭނެ އެތައް ކަމެއް ދޫކޮށްފައިވާ ކަމަށް ކޯޑީގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އުމުރުން 25 އަހަރުގެ ކޯޑީގެ ދަރިފުޅު، ކައި އުފަންވީ މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ މަރުވީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ކަމަށް ވެއެވެ. ނަމަވެސް ދަރިފުޅަށް ދިމާވީ ކޮން ހާލަތެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ކޯޑީގެ ހަގު ދަރިފުޅު އުމުރުން ދިހަ ދުވަހުގައި މަރުވެފައިވާއިރު، އޭނާގެ އިތުރު ދެ ދަރިން އެބަތިއްބެވެ.

ސްނޫޕްޑޯގްގެ ކާފަ ދަރިފުޅު ކުއްލި ގޮތަކަށް މަރުވުމާއި ގުޅިގެން އޭނާގެ އަނބިމީހާ ޝޭންޓް ބްރޯޑަސް ވެސް ވަނީ މީސްމީޑީއާގައި ހިތާމަވެރި ޝުޢޫރުތައް ފާޅުކޮށްފައެވެ.