އެމެރިކާގެ މަޝްހޫރު ފިލްމް ކުޅެމުން އަންނަ ޖެނިފާ އެނިސްޓަން އޭނާގެ ކުޑައިރުގެ ފޮޓޯއެއް އާއްމު ކޮށްފިއެވެ.

ޖެނިފާ އަކީ ގިނަ މީހުންނަށް އިނގޭނެ ގޮތުން “ފްރެންޑްސް“ ގައި އުޅޭ ރޭޗަލް އެވެ. އޭނާ ވަނީ އެކްޓް ކުރަން ފެށިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ހިތް ކަތިލާފައެވެ. އަދި އެހާމެ ތަރުހީބުވެސް ހޯދާފައެވެ.

ޖެނިފާ އިންސްޓަގްރާމް ބޭނުން ކުރަން ފަށާފައިވަނީ ދާދި ފަހުންނެވެ. އެހެންނަމަވެސް މިހާރު އޭނާއަށް ވަނީ 13 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކޮށްފައެވެ. އަދި މިހާތަނަށް އޭނާ ލާފައިވާ 3 ފޮޓޯއަށް ވެސް ވަނީ މިލިއަނުން ”ލައިކްސް” ލިބިފައެވެ.

އޭނާގެ އެންމެ ފަހުގެ ފޮޓޯ އަކަށް ލާފައިވަނީ އޭނާގެ ކުޑައިރުގެ ފޮޓޯ އެކެވެ. އެތައްހާސް ބަޔަކު ވަނީ އެ ފޮޓޯއަށް ކޮމެންޓް ވެސް ކޮށްފައެވެ. ޖެނިފާ ލާފައިވަނީ ކުޑައިރުގެ ފޮޓޯއެއް ކަމުން މިހާރާއި ފޮޓޯ ވަރަށް ތަފާތެވެ. އެފޮޓޯގައި ކުޑަ ޖެނިފާ ހުރީ ވަށް ތޮއްޕެއް އަޅައިގެންނެވެ.

ޖެނިފާ އެފޮޓޯ ލާފައިވަނީ ހަމަ އެގޮތަށް އެކަހަލަ ތޮއްޕެއް އަޅައިގެންނެވެ. އަދި އޭގަައި “އެހާރާއި މިހާރު” ޖަހާފައެވެ. ގިނަ ފަރާތްތަކުން ރީތި ކޮމެންޓް ކޮށްފައިވާ އިރު ދެން އޭނާ ލާފައިވާ ފޮޓޯ އަކީ ގިނަ ބައެއްގެ ބެލުން އިތުރުވެފައިވާ ޓީވީ ސީރީސްއެއް ކަމަށްވާ “ފްރެންޑްސް” ގައި އުޅޭ އެކްޓަރުންނާއި އެކީ ނަގާފައިވާ ސެލްފީއެކެވެ.

ޖެނިފާ އަލަށް އެ އެކައުންޓް ހުޅުވުމުން އޭނައަށް ނަފްރަތު ކުރަމުން އަންނަ ގިނަ ބަޔަކު ބުނަމުން އައީ އޭނާ ކުރިންވެސް ވަގު އެކައުންޓެއް ގެންގުޅޭ ކަމަށެވެ.