އުމުރުން އެންމެ 17 އަހަރުގައި ލޮޓެރީ އަކުން ގިނަ ފައިސާ ތަކެއް ލިބުނު އިނގިރޭސި ވިލާތުގެ އަންހެން މީހާ، ޖޭން ޕާކު ބަނޑުބޮޑުކަން އޭނާ ހާމަ ކޮށްފިއެވެ.

17 އަހަރުގައި މިލިއަނަރަކަށްވެ ޖޭން ވަނީ އޭނާ އާއި ލޯބީގެ ގޮތުން ގުޅޭނެ ބައިވެރިޔަކު ހޯދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާ އާއި ގުޅޭ މީހުން އެކަން ކުރަނީ ފައިސާގެ ދަހިވެތިކަމުގައި ކަން ވަނީ ފަޅާ އަރާފައެވެ.

ޖޭން ޕާކު

އެންމެ ފަހުން އޭނާ ވަނީ ހަދާނޭ ގޮތެއް ނޭނގިގެން ރަނގަޅު މީހަކު ހޯދުމުގެ ނިޔަތުގައި އޭނާ އާއި ޑޭޓު ކުރަން ތައްޔާރަށް ހުންނަ މީހަކަށް އަހަރެއްގެ މައްޗައް 60،000 ޕައުންޑު ދޭނެ ކަމަށް ބުނެފައެވެ. އެއީ ދިވެހި ރުފިޔާ އިންނަމަ 1 މިލިއަން 1 ލައްކަ 92100 ރުފިޔާއެވެ.

މިއާއި އެކު އޭނާ އަށް އެތައް ބައެއްގެ ފަރާތުން ހުށަހެޅުންތައް ލިބެމުން ދިޔައެވެ. ނަމަވެސް އެފަހުންވެސް އޭނާ އަށް ހަގީގީ ލޯބި ލިބިފައެއް ނުވެއެވެ. އެންމެ ފަހުން ޖޭން ނިންމީ ދަރިއަކު ހޯދާށެވެ. އޭނާ ދެކޭ ގޮތުގައި މައަކަށް ވުމުން އެ ހުރިހާ ހިޔާލުތަކަކުން ދުރުވެ ފައިސާގެ ދަހިވެތިކަމުގެ ބަދަލުގައި ހަގީގީ ލޯބި އޭނާ ދެކެ ވާ މީހެއް ލިބިގެން ދާނެއެވެ.

ޖޭން ޕާކް

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖޭން ބަނޑަށް މިހާރު 4ވަރަކަށް މަސް ވެއްޖެއެވެ. އަދި އޭނާގެ ދަރިފުޅުގެ ބައްޕަ އާއި މިހާރު ގުޅިގެން ނޫޅޭ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.