ދަރިފުޅުގެ މަލާމަތް ރައްދުވުމާއެކު ހިކެން ފެށި އަންހެނަކީ ނޯތް ޑަކޮޓާއަށް ނިސްބަތްވާ ޝައުނާ ހާރޝްމެން އެވެ. ކުޑައިރުން ފެށިގެންވެސް ފަލަކޮށް ހުންނަ ޝައުނާ ސްކޫލްގައި އުޅުނުއިރު، މަލާމާތް ރައްދު ވިއެވެ. އެކަމާއި ޝައުނާ އެިރުވެސް ދެރަވިއެވެ.

އެންމެ ފަހުން ފިރިހެން ދަރިފުޅު އޭނާ އާ ދިމާލަށް އެއްޗެހި ކީ ހިސާބުން އޭނާ ހިކެން ނިންމީއެވެ. އުމުރުން 35 އަހަރުގެ ޝައުނާ ކުރިއާ ބަލާފައި މިހާރު ވަރަށް ހިއްކެވެ.

ޝައުނާ އަށް އެންމެ ފުރަތަމަ ދަރިއަކު ލިބުނީ 2004 ވަނަ އަހަރުއެވެ. އެއިރު އޭނާ ވަރަށް ގިނައިން ކައި އުޅުނެވެ. ބަރުދަަނަށްވެސް ބެލުމެއް ނެތިއެވެ.

އެކަން ބަދަލުވެގެން ދިޔައީ ދެވަނަ ދަރިފުޅު ލިބުނު ހިސާބުންނެވެ. ޗޭސް ނަމަަކަށް ކިޔާ އޭނާގެ ދެވަނަ ފިރިހެން ދަރިފުޅު އުމުރުން ތިން އަހަރުގައި ޝައުނާއަށް މަލާމާތް ކުރަން ފެށިއެވެ. އެއިރު އޭނާގެ ބަރުދަނުގައި ހުރީ 133.356 ކިލޯއެވެ.

އެންމެ ފަހުން އޭނާ އަޒުމު ކަނޑައެޅީ ހިކޭށެވެ. ސިއްހަތަށް ފައިދާ ހުރި ޑައިޓް އެއްޗެހި ބޭނުންކޮށްގެންނާއި އެކްސަސައިޒްކޮށްގެން އޭނާ ހިކެން ފެށިއެވެ.

އޭނާ އެންމެ ފުރަތަމަ ބަރުދަން ލުއިކުރުމަށް ހެދީ ސާޖަރީއެކެވެ. އެއީ 2013 ވަނަ އަަހރު އެ ސާޖަރީ ހެދުން ބަނޑު ހިންދާލުމުގެ ބޭނުމުގައެވެ. އެ ސާޖަރީން އޭނާގެ ބަރުދަނުގައި 31 ކިލޯ ދުއްވާލިއެވެ. އޭގެ ފަހުން އޭނާ ފެށީ އެކްސަސައިޒް ކުރުމާއި ކެއުމަށް ހާއްސަ ސަމާލުކަމެއް ބެހެއްޓުމަށެވެ.

އޭނާ އެ މަސައްކަތުން މިހާރު އޭނާގެ ބަރުދަނުގައި ހުރީ 70 ކިލޯއެވެ.

އޭނާ މި ހުރިހާ ކަމެއް ފެށީ ދަރިފުޅުގެ މަލާމާތް ލިބެން ފެށުމުންނެވެ. އޭނާ އަމިއްލަ މަސައްކަތުންނާއި ކެއުމަށް ގެނައި ބޮޑު ބަދަލުތަކުގެ ސަބަބުން ބަރުދަން ލުއިކޮށްލައިފިއެވެ.