ނަރަޔަނަ ރެއްޑީއަކީ ޓެލަންގަނާއަށް ނިސްބަތްވާ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ކާފައެކެވެ. "ގްރާންޑް ޕާ" ކިޗަންގެ ނަމުން 2017 ވަނަ އަހަރު މަޝްހޫރުވެގެން ދިޔަ ނަރަޔަނަގެ ކައްކާ ވީޑިއޯތައް އެތައް ބައެއްގެ ސަމާލުކަން ލިބެއެވެ.

އޭނާ ކައްކަނީ ބޮޑެތި ތެލިތެލީގައެވެ. އޭނާ ކައްކާ އެ ވީޑިއޯތައް އޭނާގެ އަމިއްލަ ޗެނަލްއަށް ލަމުން ދެއެވެ. ޖަންގަލި ތެރޭގައި އޭނާ ކައްކާ ވީޑިއޯއައް އެތައް ބައެއްގެ ސަމާލުކަން ލިބޭއިރު، މިދިޔަ އަންގާރަ ދުވަހު އޭނާ މަރުވެއްޖެ ކަަމަށް ބުނެ، އޭނާގެ ޔޫޓިއުބް ޗެނަލްއަށް ވަނީ ލާފައެވެ.

އޭނާގެ އެކި ވީީޑިއޯތަކުގައި 500 ޕެކެޓް ނޫޑްލްސް ކައްކާ މަންޒަރުތަކާއި، ކުކުޅު ހަދާ ގޮތާއި، އެމެރިކަން ލަސްގަނާ އަދި ކުކުޅު ބިރިޔާނީގެ އިތުރުން، ގުލާބް ޖާމް ފަދަ އެއްޗެހި ހަދާ ގޮތް ދައްކުވައި ދެއެވެ.

އޭނާ ކައްކާ އެ ވީޑިއޯތަކަށް މިލިއަނެއްހާ ވިވްސް ލިބެއެވެ. އޭނާގެ އެ މޮޅެތި ކެއުންތައް ކައްކާ ނިންމާ އޭނާ އެ އެއްޗެހި ހަދިޔާ ކުރަނީ ޗެރިޓީސް ތަކަށެވެ.

އެ ޗެނަލްގެ ތަފްސީލުގައި ލިޔެފައިވާގޮތުގައި، އެ މީހުންގެ އަމާޒަކީ، ފަގީރު ހާލުގައި އުޅެމުންދާ ކުދިންނަށް ކާނާ އާއި ސްކޫލް ތަކެތީގެ އިތުރުން ހަދިޔާ އެ މީހުންނަށް ދިނުމެވެ.

އޭނާ އެންމެ ފަހުން އޭނާގެ ޗެނަލްގައި ހިއްސާ ކުރީ ކްރިސްޕީ ޕޮޓޯޓޯ ފިންގާ ހަދާ ގޮތެވެ. އެއީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ސިއްހީ މައްސަލަތަކެއް ދިމާވެ އޭނާ އުޅުނީ އެކަމާއި ދުރުގައެވެ.

އަދި މިދިޔަ ހަފްތާ ތެރޭގައި އޭނާ ވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށް ލައިވްއެއްވެސް ކުރިއަށްގެންގޮސްފައެވެ.

އޭނާ މަރުވިކަމުގެ ހިތާމާގައި ގިނަ ބަަޔަކު އަންނަނީ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު