ރާއްޖޭގެ ވެރިކަން ކުރާ ރަށް، ކ.މާލެ އަކީ ރާއްޖޭގެ އެންމެ ގިނަ ދިވެހިންތަކެއް ދިރިއުޅެމުން އަންނަ ސަރަހައްދެވެ. ކޮންމެ ދުވަހަކުވެސް މާލޭގެ މަގުތައް މައްޗައް އެތައް ހާސް ބަޔަކު ނިކުންނަ އިރު މީގެ ތެރެއިން ގިނަ މީހުންނަކީ ލޯބިވެރިންނާއި އެކު ފިނި ބުރު ޖަހަން ނިކުންނަ މީހުންނެވެ.

ލޯބިވެރިޔާގެ ސައިކަލު ފަހަތުގައި އަންހެން ކުދިން އިންނައިރު، އާއްމު ގޮތެއްގައި ތިބޭނީ ކޮންމެވެސް ވާހަކަ އެއް ދައްކާށެވެ. ދޭތެރެއަކުން ފޯނާއިވެސް ކުޅެލަފާނެއެވެ. ނަމަވެސް ދައްކަން މިއުޅެނީ މިއާއި މުޅިން ޙިލާފަށް ކަންތައް ކުރާ ދިވެހި އަންހެން ކުދިންތަކެއްގެ ވާހަކައެވެ.

ތިޔައީ މާލޭގައި އުޅޭ މީހެއްނަމަ މިކަން ފަހަރެއްގައި އެނގިފައި އޮތުންވެސް އެކަށީގެންވެއެވެ. އެއީ ލޯބިވެރިޔާ ސައިކަލު ފަހަތުގައި އިނދެ، އެހެން ފިރިހެނުންނަށް ބަލައި، ނަމްބަރާއި އެއްޗެހިވެސް ދޭ އަންހެން ކުދިންގެ އަދަދު މިހާރު އާދަޔާ ޙިލާފަށް ގިނަވަމުންދާކެމެވެ.

މިއީ އަޅުުގަނޑުގެ އަމިއްލަ އަށްވެސް ތަޖުރިބާ ކުރި ކަމެކެވެ. އެއް ރޭ ބޮޑުތަކުރުފާނު މަގުން ރޭގަނޑު ދިޔަ ވަގުތު ފެންނަނީ ޖީއެން ސައިކަލެއްގައި ދެ ލޯބިވެރިން ދާ ތަނެވެ. ދެމީހުން ތިބި ގޮތުން އެއީ ދެ ލޯބިވެރިން ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެ އަންހެން ކުއްޖާ އޭނާގެ ބިޓު ގައިގައި ހިފައިގެން އިނދެ، ފަަހަތުން އައި ސައިކަލެއްގައި އިން ފިރިހެނަކާއި ދިމާލަށް ދިޔައީ ބަލަމުންނެވެ. އެ ފިިރިހެން މީހާވެސް އޭނާ އާއި ދިމާލަށް ބަަލަމުން ގެންދިޔައެވެ.

އިރިކޮޅެއް ފަހުން އެ އަންހެން ކުއްޖާ އަތުން އިޝާރާތް ކުރުމަށް ފަހު އޭނާ ކައިރީ ފަހަތުން އަންނަ ބުނިއެވެ. އަދި ލޯބިވެރިޔާ ގާތުގައި ކޮންމެވެސް ވާހަކައެއް ބުންޏެވެ. އެމީހުން ހަދާ އެއްޗެއް ބަލަން ފަހަތުން ދިޔައިރު ކަމަކު ދާކަށް ނެތެވެ. އެ އަންހެން ކުއްޖާ ދިޔައީ ބިޓާއި އެކު ގެއަށެވެ. އެމީހުން ފަހަތުން ސައިކަލުގައި އެއްކަލަ ފިރިހެން މީހާވެސް އައެވެ. ނަމަވެސް ހުރީ ތަންކޮޅެއް ދުރުގައެވެ.

އެ އަންހެން ކުއްޖާގެ ލޯބިވެރިޔާ އެތަނުން ދިއުމާއި އެކު ފަހަތުން އައި މީހާ އެ ކުއްޖާ ކައިރިއަށް އައިސް ވާހަކަ ދައްކަން ފެށިއެވެ. އެމީހުންނަށް ބަލާފައި އެއީ އަލަށް ދިމާވި ބައެއްކަން ޔަގީންވިއެވެ. މިއީ މިހާރު ރާއްޖޭގެ ހާލަތެވެ. ލޯބިވެރިޔާ އާއި އެކު އިންނަ ގަޑީގައި އެހެން ފިރިހެނުންނަށް "ކެޓެނީ" އެވެ.

މިކަން މިހާރު މާލޭގައި ދަނީ ވަރަށް އާއްމު ކަމަކަށް ވަމުންނެވެ. މިއީ ހުރިހާ އެންމެންވެސް ވިސްނާލަން ޖެހިފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ީހސނ

    #ތަރައްގީ ގައިމު

    30
    1
  2. Anonymous

    ތިވެސް އެކަހަލަ މީހަކަށް ވާނީ

    27
    12
  3. ގަމު ކުއްޖާ

    މަވެސް މީ އެހެން ކެޓޭ މީހެއް

    23
    8
  4. ހެޔޮއެދޭ

    އަބަދުވެސް ކޮންވެސް ބިޓެއްގެ ނޫނީ އެކްސްއެއްގެ ކޮންމެވެސް ފާހިޝް އަމަލުތަކެއްގެ ވާހަކަ. ކީއްތޯވާނީ ދީނީގޮތުންނާއި ދުނިޔެވީގޮތުން ފައިދާހުރި ކޮންމެވެސް އިލްމީ ވާހަކަތަކެއް ގެނެސްދިނިއްޔާ. މިސާލަކަށް އިސްލާމްދީނާއި ސައިންސް ފަދަ. ނުވަތަ މިއުޅޭ އިލްހާދީ ފިކުރުގެ މީހުންތައް ދީނާއިމެދު އުފައްދާ ޝުބުހަތަކަށް އިސްލާމްދީނާއި ސައިންސްގެ އަލީގައި ރައްދުދީފައި ލިޔެވޭ އިލްމީ ލިޔުންތައް. އަޅުގަނޑަށް ހީވަނީ މުޖުތަމައު މިއަދު މިއޮތް ހާލަތުން މިދެންނެވިފަދަ ލިޔުންތަކެއްގެ ބޭނުން ވަރަށް ބޮޑުހެން. މިކޮމެންޓުވެސް ހެޔޮއެދިގެން ރަނގަޅުވާހަކައެއް ބުނީތީވެ ހިޔެއްނުވޭ ޖަހައިދޭނެހެންނެއް!

    73
    1
  5. ޖިންނި

    100 ގެ ވާހަކައެއް ސައިކް ފަހަތުގަ އިނދެ ގާރލްސް ކުދިން ވ ވ ވ ބަލާހަދާ !

    26
    5
  6. މީހާ

    ތީ އާންމުކަމެއް. ކިތެންމެ ލޯބިންގެންގުޅޭ އަނބިވެސް ސައިކު ފަހަތުގަ އިންނައިރު އިންނަނީ މުޅި މަގުގަ އުޅޭ ފިރެހެނުންނަށް ބަލަން. އެއީ މީގެކުރިން ރައްޓެހިވި، ނޫނީ އެހެން ފިރެހެނުންގެ ސަމާލުކަން މީނަޔަށް ލިބޭތޯ ބަލަންކުރާކަމެއް. މޮކޮމެންޓްކިޔާ އަންހެނުން މިކަމަށް ހެކިވާނެ.

    23
    9
  7. Anonymous

    100 ޕަސެންޓު ޙަޤީޤަތް. ތަޖުރިބާ ކުރެވިއްޖެ. މިހާރު ނުދަން ކޮންމެހެން ދާން ޖެހިގެން ނޫނިއްޔާ

    20
    2
  8. ދާރު

    ބިޓު ކަމުނުދަންޏާ އެހެން ބިޓެއް ހޯދުމުގެ ހައްގު ހަމަ ކޮންމެ އަންހެން ކުއްޖަކަށް ލިބިގެންވޭ ރައްޓެހިވާފަހުން މިއެނގެނީ ރައްޓެހިވެވުނީ ކަމުނުދާ މީހެއްކަން ސިފަރީއްޗަސް މުޑުދާރު ނަފުސެއްކަން

    21
    5
  9. މޯގްލީ

    ފިރިހެން ކުދިން ބަލާތޯ އެބަލަނީ

    10
    3
  10. Anonymous

    ފިރިހެނުން ވެސްހަމަ އެގޮތް.އަންހެނުން ސައިކު ފަހަތައް ލާގެން ދުއަވާން އިންނައިރު ދެ ލޯ އިންނާނީ ކުރިމަތިންދާ އަންހެނުންނައް ވަރައްވަގު ވާނެ

    39
    2
    • ޕޮލިސް

      ޢެއީ ކުރިމަތީ އިންނަ ސައިކަލުގަ ޖެހިދާނެތީ

      6
      12
      • ޒީ

        ?????

    • ސިފައިން

      މަގުމަތީ ހިގާމީހުނަށް ނުބަލާކިހިނެއް ދުއްވާނީ