ބޮލީވުޑްގައި ވިދާލި ކުޅަދާނަ އެކްޓަރު ރަންވީރް ސިންގްއަށް "ދާދާސާހެބް އެކްސެލެންސީ އެވޯޑް" ދިނުމަށް ނިންމައިފިއެވެ.

މިއަހަރުގެ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ހޯދައިފައިވާ ބޮލީވުޑްގެ ފިލްމް "ޕަދްމާވާތު" އިން ރަންވީރް ދެއްކި މޮޅު އެކްޓިންގެ ސަބަބުން އޭނާއަށް މި އެވާޑް ދޭން ނިންމާފައިވާކަން އެ ކޮމެޓީންއިން ވަނީ ރަންވީރަށް އަންގާފައެވެ.

މުޅި އިންޑިއާގައިވެސް ދެވޭ އެންމެ ޝަރަފުވެރި އެވާޑް ކަމުގައިބުނެވޭ މި އެވާޑް ރަންވީރަށް މިހާރު ޔަޤީންވެފައިވާއިރުު، މިއީ ފިލްމު 'ޕަދްމާވަތު' ގެ ބެސްޓު އެކްޓިންއިން އޭނާއަށް ލިބިގެންދާ ތިންވަނަ އެވާޑްކަން ވެސް ފާހަގަކޮށްލެވެއެވެ.

ރަންވީރް ލީޑްރޯލުން ފެނިގެންދިޔަ 'ޕަދްމާވާތު' އިން ދައްކުވައިދެނީ، ހިންދޫ ރީތީގެ ރާނީ އެއް ހޯދުމަށްޓަކައި މުސްލިމް ރަސްކަލަކު ކުރާ ހަނގުރާމައެވެ. އަދި އެކަން ނާކާމިޔާބު ކޮށްލުމުގެ ގޮތުން އެ ރާނީ އެ ސަހަރުގެ އެތަށް އަންހެނުންނާއި އެކު އަލިފާންގަޑަކަށް އެރޭ މަންޒަރުވެސް ފެނިގެންދެއެވެ.

ރަންވީރެކޭ އެއްފަދައިން ބޮލީވުޑްގެ މަޝްހޫރް އެކްޓްރެސް އަނުޝްކާ ޝަރުމާއަށް ވެސް މި އެވޯޑް ދިނުމަށް އެވޯޑް ކޮމެޓީން ވަނީ މީގެކުރިންވަނީ ނިންމާފައެވެ. އެއީ ފިލްމު ޕޮރޮޑިއުސްކުރުމުގެ މަސައްކަތުގައި އޭނާ ކުރަމުން އަންނަ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އަނުޝްކާއާއި ރަންވީރަށް 'ދާދާސާހެބް' އެވާޑް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އޮންނަ އެވާޑް ހަފްލާއެއްގައެވެ.