ބާރަށް ހޭ އިރު ވަރަށް ގިނަ ފަހަރު ބަނޑަށް ތަދުވާތަން އާދެއެވެ. ކޮންމެވެސް ސަބަބަކަށްޓަކައެވެ. އެހެންނަމަވެސް މިއީ ސިއްޙަތަށް ފައިދާ ނުރައްކާތެެރި ކަމެއް ތޯ ނުވަތަ މިއީ ބަޔެއްޔެއްގެ ސަބަބުންވާ ކަމެއްތޯ ސުވާލު އުފެއްދިން ހެއްޔެވެ.

މާގަދަޔަށް ހޭނަމަ ބަނޑަށް ތަދުވުމަކީ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ސިފައެކެވެ. މިއީ އެއްވެސް ހާލަތެއްގައި ނުރައްކާތެރި ކަމެއް ނޫނެވެ. ނުވަތަ ބައްޔެއްވެސް ނޫނެވެ. ގަދަޔަށް ހޭނަމަ ބަނޑަށް ތަދުވާ ސަބަބު ތިރީގައި އެވަނީ އެވެ.

ގަދައަށް ހޭނަމަ ނޭވާލެވޭ މިންވަރު އިތުރުވެގެންދެއެވެ. އެހެންކަމުން ފުއްޕާމޭ ފުޅާވެއެެވެ. މިއާއެކު ފުއްޕާމޭގެ ދަށުގައިވާ ޑައިފްރަމް، ތިރިއަށްދެއެވެ. ޑައިފްރަމް ތިރިއަށްދާ ވަގުތު ތިމާގެ ބަނޑުގައި ވައި ހެދެއެވެ. ތަދު އިހުސާސްކުރެވެނީ މި ސަބަބަށްޓަކައެވެ. ޑައިފްރަމް ތިރިއަށް ގެންދިއުމަށް ފުންޕާމޭ މަސައްކަތްކުރާއިރު ޑައިފްރަމް މައްޗަށް ގެންދިއުމަށް ބަނޑުގައިވާ އެކަމަށް ޚާއްސަ އެއްޗެހިތަކެއް މަސައްކަތް ކުރެއެވެ.

މިހެންކަމުން ގަދަޔަށް ހޭއިރު ބަނޑުގައި ރިއްސުމަކީ މައްސަލައެއްނޫނެވެ.