ސްޕެއިންއަށް ނިސްބަތްވާ އަންހެނަކު ކޮށާފައި މަގުމައްޗަށް އުކާލި ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މިހާދިސާގައި އަނިޔާވެރިކޮށް ކޮށާލާފައި ސްޕެއިންގެ މަގުމަތިން ފެނިފައިވަނީ އުމުރުން 25 އަހަރުގެ މާޓާ ބުރޮން ނަމަކަށް ކިޔާ އަންހެނަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއަންހެން މީހާ މަރާލާފައިވަނީ ކޮލަމްބިއާއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ޖޯޖް އިގުނަސިއޯ ޕަލްމާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެއަންހެން މީހާގެ ހަށިގަނޑު ބައިތައް ފެނިފައިވަނީ ސްޕެއިންގެ އެކި މަގުތަކުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އަދިވެސް އެއަންހެން މީހާގެ ހަށިގަނޑުން މަދު ބައިތައް ހޯދުމުގައި ހަރަކާތްތެރި ވަމުންނެވެ.

ފުލުހުން ބުނެފައިވަނީ ޖޯޖަކީ ކޮލަމްބިއާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހެއްކަމަށާއި އެ ދެ މީހުން ދިމާވެފައިވަނީ އޮންލައިންކޮށް ކަމަށެވެ. މީގެ ކުރިންވެސް ހަށިވިއްކި އަންހެނަކު މަރުވެގެން ފުލުހުން ވަނީ ޖޯޖް ޖަލަށް ލާފައެވެ. އަދި މަސްތުވާތަކެތީގެ މައްސަލާގައިވެސް އޭނާ ވަނީ އެތަކެއް ފަހަރު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުޅާދާއިރާއެއްގައި ކޮލަމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ޖޯޖް ވަނީ ފުލުހުން އޭނާ ހޯދަން އިއުލާނު ކުރުމުން އަމިއްލަޔަށް ފުލުހުންގެ މަރުކަޒަށް ގޮސް ހަވާލުވެފައެވެ. އަދި އޭނާ އެ އަންހެން މީހާ ކޮށައި ކުދިކޮށްފައިވާ ކަމަށް އެއްބަސްވެފައިވާ ކަމަށްވެސް ހަވާލުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެކި ސަރަހައްދުގައި ހުރި ކުނި އަޅާ ޑަސްބިން ތަކަށް އަޅާލާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ހާއްސަ ޓީމަކުން ތަހުގީގު ކުރަމުން އަންނަ އިރު އެފަރާތުން ބުނެފައިވަނީ އެ އަންހެން މީހާ މަރާލާފައިވަނީ އެދެމީހުންގެ ދެމެދުގައި ހިނގި ހަމަ ނުޖެހުމުގެ ތެރޭގައި އެފިރިހެން މީހާ ރުޅިއިސްކޮށްގެން ކަމަށެވެ.