އަވައްޓެރި އިންޑިއާއަކީ ނިސްބަތުން ބަލާއިރު ރޭޕްގެ މައްސަލަތައް އެންމެ ގިނަ އެއް ޤައުމެވެ. ކޮންމެ ދުވަހެއްގައި ވެސް އެތައް ބައެއްގެ އިއްފަތްތެރިކަން ފޭރިގަނެ، ރޭޕްގެ ޝިކާރައަކަށް ކުދިބޮޑު އެތައް ބަޔަކު އެޤައުމުގައި ވެގެންދާއިރު، މިފަދަ މައްސަލަތައް ދަނީ ހިފެހެއްޓުމެއް ނެތި ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ރޭޕްގެ މައްސަލަތައް އިންޑިއާގައި ބޮޑުވެފައިވާއިރު، ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައި ވެސް އެޤައުމުގައި ވަނީ ދުނިޔެ ސިއްސުވާލާފަދަ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައެވެ. މިގޮތުން މިދިޔަ ހަފްތާއެއްހައި ދުވަސްތެރޭގައި އެކަނިވެސް ޖިންސީ ގޯނާގެ 19 މައްސަލައެއް އެޤައުމުގެ އެކި ސަރަޙައްދުތަކުން ފައިލް ކުރެވިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

1. ރޭޕްކޮށް އަންދާލާފައިވާ މީހެއްގެ ހަށިގަނޑު ފެނުން

ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަކީވެސް އިންޑިއާގައި ހިތާމަވެރި ހާދިސާއެއް ހިނގައިދިޔަ ދުވަހެކެވެ. އެގޮތުން ރޭޕްކޮށް މަރާލާފައިވާ ޒުވާން އަންހެނެއްގެ ހަށިގަނޑު، އެޤައުމުގެ ޝާމްޝަބާދުން ފެނިފައިވާއިރު، އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ކާކުކަން ނޭނގޭ ވަރަށް އަންދާލާފައެވެ.

މި ހާދިސާ ހިނގި ވަގުތު، އެ އަންހެން މީހާގެ ހަށިގަނޑުގައި އަލިފާން ރޯވެ އަނދަމުންދިޔަ މަންޒަރު އާންމު ބަޔަކަށް ވަނީ ފެނިފައެވެ. އެފަރާތްތަކުން އޭނާގެ ގައިގައި ރޯވެފައިވާ އަލިފާން ނިއްވަން ކުރި މަސައްކަތް ކާމިޔާބު ނުކުރެވެނީސް އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެ އަންހެން މީހާއަކީ އުމުރުން 30 އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނެކެވެ. ނަމަވެސް އޭނާއަކީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެއެވެ. ފުލުހުން ވަނީ މި މައްސަލައިގެ ތަހުޤީޤަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އޭނާގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައެވެ.

2. ސިފައިންގެ މީހަކު ކުޑަކުއްޖަކު ރޭޕްކޮށްލުން

އިންޑިއާގެ ސިފައިންގެ މީހަކު ކުޑަކުއްޖަކު ރޭޕްކޮށްލި މި ހާދިސާ ފެންމަތިވެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ، އުމުރުން 17 އަހަރުގެ އެ އަންހެން ކުއްޖާ ރޭޕްކޮށް ޖިންސީ ގޯނާ ކޮށްފައި ވަނީ، އެކުއްޖާ ދިރިއުޅޭ ގޭގެ ޓެރެސްގައި ކަމަށް ވެއެވެ.

އެ ކުއްޖާ ރޭޕްކޮށްލި މީހާއަކީ، އެގެއާއި ޖެހިގެން ހުރި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެއް ކަމަށް ވެއެވެ. މި މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައި ވަނީ، ހާދިސާ ހިނގިފަހުން އެ ކުއްޖާ އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ އަސްކަރިއްޔާގައި މަސައްކަތްކުރާ އުމުރުން 25 އަހަރުގެ ޖޫނިއާ އޮފިޝަލެކެވެ.

3. އުމުރުން 6 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުން

އިންޑިއާގެ ރާޖަސްތާނުގައި އޮންނަ އަވަށެއް ކަމަށްވާ އަލީގަރްގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލި މި ހާދިސާވެސް ފެންމަތިވެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

މި ކުއްޖާ ރޭޕް ކޮށްލުމަށްފަހު މަރާލާފައި އޮއްވާ ފެނިފައިވަނީ، ސްކޫލަށް ދިޔަ ފަހުން ޚަބަރެއް ނުވެގެން ކުއްޖާގެ އާއިލާގެ މެމްބަރު އޭނާ ހޯދަމުން ދަނިކޮށެވެ. އާންމުކޮށް މީހުން ގޮސް ނޫޅޭ ސަރަޙައްދަކަށް އެކުއްޖާގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފެނުނުއިރު، އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުއްޓެވެ.

ތަހުޤީޤަށް އެނގިފައިވާ ގޮތުގައި، އެކުއްޖާ މަރާލީ ރޭޕްކޮށްލުމަށްފަހު، ނޭވާ ހާސްކޮށްލައިގެންނެވެ. މި މައްސަލަ އިތުރަށް ބެލުމަށްޓަކައި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ.

4. ހަ އަހަރުގެ ކުއްޖަކު ރޭޕްކޮށްލުމަށްފަހު، ބެލްޓަކުން ތަޅައި މަރާލުން

މިއީވެސް އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކާއި މެދު، ހިތެއްނެތް މީހަކު ކުރި ކަމަކުން އެތައް ބަޔަކު ރޮއްވާލި ހާދިސާއެކެވެ. މި ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އިންޑިއާގެ އަވަށެއް ކަމަށްވާ ކެތްރީނާގަރުން މިދިޔަ އާދީއްތަ ދުވަހުއެވެ.

މި ކުއްޖާ މަރާލާފައި ވަނިކޮށް ފެނުނީ، ހޮނިހިރު ދުވަހު އޭނާ ސްކޫލަށް ދިޔަފަހުން ގެޔަށް ނައުމުން ހޯދަމުން ދަނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި ކުއްޖާ މަރާލުމަށްފަހު އެއްލާލާފައި އޮތް ސަރަޙައްދުން ބަނގުރާ ހުސްކުރި ފުޅިތަކެއް ވަނީ ފެނިފައެވެ. އަދި އެކުއްޖާ މަރުވެފައި ވަނީ ބެލްޓަކުން ކުއްޖާގެ ގައިގައި ތަޅައި އަނިޔާކޮށްގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

5. ރޭޕްގެ ޝިކާރައަކަށްވި ޓީޗަރަކު މަރާލާފައި އޮއްވައި ކޮލެޖެއްގެ ތެރެއިން ފެނުން

މި މަހުގެ އެއްވަނަ ދުވަހު އިންޑިއާގެ ރައިރަންގުޕޫރުގެ ކޮލެޖެއްގެ ތެރެއިން، އެ ކޮލެޖުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކު މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ. މި ހާދިސާ ހިނގާފައި ވަނީ، އާއިލީ މީހަކު އޭނާ ރޭޕްކޮށްލި މައްސަލައެއް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅިތާ ގިނަ ދުވަހެއް ނުވަނީހެވެ.

އުމުރުން 23 އަހަރުގެ މި ޒުވާން ޓީޗަރު މަރުވެފައި އޮއްވާ ފެނުނީ، އޭނާގެ ޚަބަރެއް ނުވެގެން ކޮލެޖުގެ ބައެއް އެހެން މުވައްޒަފުން އޭނާގެ ކޮޓަރި ބެލުމުންނެވެ. ނޫސްތައް ބުނާގޮތުގައި އެ އަންހެން މީހާ ފެނިފައި ވަނީ، ކޮޓަރީގައި ހުރި ފަންކާއެއްގައި ދަންޖައްސާފައި ހުއްޓައެވެ.

6. އުމުރުން 70 އަހަރުގެ މީހަކު ރޭޕްކޮށްލުން

މި މަހުގެ ދެވަނަ ދުވަހު، އިންޑިއާގެ އުއްތަރ ޕްރަދޭޝްގައި އުމުރުން 70 އަހަރުގެ، ދުވަސްވީ އަންހެނަކު ރޭޕްކޮށްލި މައްސަލައެއް ހޫނުވިއެވެ. މި ހާދިސާ ހިނގާފައި ވަނީ ޑިސެމްބަރު އެއްވަނަ ދުވަހުގެ ރޭގައެވެ. މި މައްސަލަ އާއި ގުޅިގެން ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ހާދިސާގައި އެ އަންހެން މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައި ވުމުން އޭނާއަށް މިހާދު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

7. ފުލުހަކު އަންހެނަކު ރޭޕްކޮށްލުން

މިމަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ފުލުހަކު، އަންހެނަކު ރޭޕްކޮށްލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެޤައުމުގެ ޕޫރީގައި އޮންނަ އޮޑިޝާ ނަމަކަށް ކިޔުނު ސަރަޙައްދުގައި ހިނގި މި ހާދިސާ ފަޅާއެރީ، ރޭޕްގެ ޝިކާރައަކަށްވީ އަންހެން މީހާ އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުންނެވެ. އޭނާ ބުނެފައި ވަނީ އޭނާ ރޭޕްކޮށްލީ، ގެއަށް ދަނިކޮށް ކާރެއްގައި ދިޔަ ބަޔަކު "ލިފްޓެއް" ދޭނެ ކަމަށް ބުނުމުން އެ ކާރަށް އެރިތަނާއެވެ.

މި ހާދިސާގައި ފުލުހެއްގެ އިތުރުން، އިތުރު މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ. އެ ދެމީހުން އޭނާ ރޭޕްކޮށްލީ އެ ސަރަޙައްދުގައި ހުރި ގެޔަކަށް ގެންދިއުމަށްފަހު ކަމަށް ވެއެވެ.

8. އުމުރުން 60 އަހަރުގެ ބޮޑުދައިތަ ރޭޕްކޮށްލި މައްސަލައެއް

މިދިޔަ ބުދަ ދުވަހު އިންޑިއާގެ އިރުމަތީ ގޯދާވަރީގެ ޕޮލަވަރަމް ނަމަކަށްކިޔާ އަވަށެއްގައި އުމުރުން 60 އަހަރުގެ އަންހެނަކު ރޭޕްކޮށްލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ނޫސްތައް ބުނާގޮތުގައި އެ އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ އޭނާގެ އުމުރުން 31 އަހަރުގެ ކޮއްކޮއެކެވެ. އެ ފިރިހެން މީހާއަކީ މީގެ ކުރިންވެސް ރޭޕްގެ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވާ މީހެކެވެ. އޭނާ އެ އަންހެން މީހާ ރޭޕްކޮށްލީ އެކަނި ގޭގައި އިންދައި އެގެޔަށް ގޮހެވެ.

އުމުރުން 60 އަހަރުގެ ބޮޑުދައިތަ ރޭޕްކުރުމަށްފަހު އޭނާ ދިޔައީ އެގޭގައި ހުރި ގަހަނާ އާއި ފައިސާތަކެއްވެސް ފޭރިގަނެންނެވެ.

9. ބައްޕަގެ ރޭޕްގެ ޝިކާރައަކަށްވީ 9 އަހަރުގެ ކުއްޖާ މަރުވީ ފަރުވާދެމުން ދަނިކޮށް

އިންޑިއާގެ ހަރިޔަނާގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އުމުރުން ނުވަ އަހަރުގެ އެ އަންހެން ކުއްޖާ ރޭޕްކޮށްލީ އޭނާގެ ބައްޕަކަން ވަނީ އެނގިފައެވެ.

އަނބިމީހާ އާއި ވަކިން ދިރިއުޅެމުން ދިޔަ އެ ފިރިހެން މީހާ އޭނާގެ ދަރިފުޅު ރޭޕްކޮށްލީ އޭނާ ދިރިއުޅޭ ގެއަށް ގެންދިއުމަށް ފަހުއެވެ. އެކުއްޖާއަށް ނުރައްކަލެއް ކުރިމަތިވެފައިވާކަން ހާމަވީ، އަނބުރާ ގެއަށް ގެންދިޔަފަހުން ކުއްލިއަކަށް ހާލުދެރަވުމުންނެވެ.

ނޫސްތައް ބުނާގޮތުގައި އެކުއްޖާ މަރުވީ، ހާލު ދެރަވެގެން ހަރިޔާނާގެ ހޮސްޕިޓަލެއްގައި އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މި ހާދިސާ އާއި ގުޅިގެން އޭނާގެ ބައްޕަ ވަނީ ހައްޔަރުކޮށްފައެވެ.

10. ހޮޓަލަށް ދިޔައީ ޓްރޭނިންގަށް - ރޭޕްގެ ޝިކާރައަކަށްވީ މުވައްޒަފެއްގެ ފަރާތުން

އިންޑިއާގެ ޖައިޕޫރުގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކު ރޭޕްކޮށްލި މި މައްލަސަ ފެންމަތިވީ މިދިޔަ ބުރާސްފަތު ދުވަހުއެވެ.

އޭނާ ރޭޕްކޮށްލާފައި ވަނީ، ޓްރޭނިންގު ހެދުމަށް ދިޔަ ހޮޓަލެއްގެ މުވައްޒަފެއްގެ ފަރާތުންނެވެ. މި މައްސަލަ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންދިޔައީ އޭނާ އަމިއްލައަށެވެ. އެ މުވައްޒަފު އޭނާ ރޭޕްކޮށްލީ އޮޅުވާލައިގެން ކޮޓަރިއަކަށް ގެންދިއުމަށްފަހު އަނިޔާކުރުމަށްފަހު ކަމަށް ވެއެވެ.

މި މައްސަލަ އާއި ގުޅިގެން ބަޔަކު ހޯދަމުން ދިޔަ ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަންސޫރަ

    އިސްރާއީލް މީ ހުންނަށް ވުރެވެސް ނުބައިބައެއް

    51
    1
  2. ިޮފަލިނަރަ

    ހހާދަ ބިރުވެރި ތަނަކެ ތިއީ

    49
  3. ހުސޭނުބޭ

    އިންޑިޔާ ފަސްޓް ޕޮލިސީ..... ދެތިން ލެޑް ލައިޓް ދެނިކޮށް ތިކަން ހިންގުމަށް އިބޫމެން ހަމަ ތައްޔާރު!

    42
    2
  4. ކެނެރީ

    މިވަރު ގައުމެއް މިއުލެނީ މިލިއަނުން މިލިއަނުން މި ކުޑަ ގައުމަށް (ނަމުގަ ދީލަތި) އެހީ ތަށް ދިނުމުގަ. އެއްމެ ފަހުން (ރާއްޖެ ފިޔަވާ ލަންކާ) އިތުރުމިވީ ދާދި އިހަކަށް ދުވަހު. ނުލާހިކު ހާލުގަ އަމިއްލަ ވަޒަނުގެ ރައްޔިތުން އުލެމުންދާއިރު އެ ރައްޔިތުންނަށް ދޭންޖެހޭ، ލިބެންޖެހޭ އެއްމެ ކުޑަ އަސާސީ ހައްޤުވެސް ނުލިބިއެދަނީ!

    33
  5. މިއަދު

    މޯދީއަށް މިހާރު އިންޑިޔާއަކީ ގައުމެއްނޫން މޯދީބޭނުންވަނީ މޯލްޑިވްސް

    35
  6. ޚަރުން

    ހިލަ ގަނޑަކަށް އަޅުކަން ކުާނީ ކިހާ ޖާހިލު ބައެއް...ތިޔަ އެއްޗިހި ރާއްޖެ ނާދެވޭހެން ހަދަން އެބަ ޖެހޭ..ރިސޯޓުތަކުގަ ވެސް ބޮޑު ބަލާއަކަށް ވެއްޖެ އަދިވެސް ސަން ޝިޔާމު ބުނާނެ އަގުހެޔޮ ވީމަ ރަނގަޅޭ...އަގެއް ނެތް އެއްޗިހި ބާޒާރުން ގަންނަން ލިބޭ އަގު ހެޔޮވާނެ...

    35
  7. ހހހހ

    މި ވަރުގެ ވަހުޝީ ބައެއްގެ އަޅުވެތިކަމަށް ދިވެހިން ގެންދިއުމު މަސައްކަތް ރައީސްއާ މަޖްލިސްގެ ރައީސް ހިއްޓުމެއްނެތި އެކުރަނީ. ދިވެހި ދަރިންނާއި މައިންނާއި މާމައިންނާއި ބޮޑުދައިތަމެންގެ އިއްފަތް ދުއްވާލާ މިފަދަ އަނިޔާވެރި އަމަލުތަކަށް މަގުފަހިކުރަން ދިވެހިންގެ ވެރިން އެމަސައްކަތް ކުރަނީ.

    31
  8. ދޯ

    ރޭޕިސްތާނު

    31