ދުނިޔޭގެ އާބާދީގާއި 7 ބިލިއަނަށް ވުރެން ގިނަ މީހުން އުޅޭ އިރުގައި އާދަޔާ ޙިލާފް ކަންތައް ކުރާ މީހުންގެ އަދަދު ވަރަށްވެސް ގިނައެވެ. އޭގެން ގިނަ ކަންކަމަކީ އެހެން މީހުންނަށް އޭގެ ބޭނުމެއް ނުވެސް ވިސްނޭ ކަންކަމެވެ. ކަން މިހެން އޮތް ނަމަވެސް، އާދަޔާ ޙިލާފް އެތައްް ކަމެއް ދޭތެރެ ދޭތެރެއިން ވައިގައި ހިފަމުން ދާކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން މިހާރު ދުނިޔޭގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ ބޮޑު ކަމުދާ ތަކެތި ދިއްލިފައި ބަހައްޓަން މީހުން "ގްލިޓާ ޕިލްސް" ކިޔާ އެއްޗެއް ކަމުން ގެންދާ ވާހަކަ އެވެ. އާއްމު ގޮތެއްގައި ގްލިޓާ ބޭނުން ކުރަނީ ސްކޫލު ކުދިންނެވެ. ސުކޫލުގައި އާޓު ގަޑި އަށާއި އެކިއެކި މުނާސަބާތައް ފާހަގަ ކުރުމަށް ޒަމާނުށްސުރެން ދަރިވަރުން ގްލިޓާ ބޭނުން ކުރަމުން އައި ނަމަވެސް ޒަމާން ބަދަލުވަމުން އައިސް މިހާރު ގްލިޓާ ބޭނުން ކުރަން ފަށާފައި މިވަނީ ބޮޑުކަމުދާ ތަކެތި ރީތި ކުރުމަށެވެ.

މިއީ ގިނަ ބަޔަކަށް ތާކުންތާކު ޖެހޭ ވާހަކަ އަކަށްވެސް ނުވެއެވެ. އެއީ ގުދުރަތީ ނިޒާމެއްގެ ދަށުން ހަށިގަނޑުން ބޭރު ކޮށް، ފްލަޝް ކޮށްލާ އެއްޗެއް ރީތި ކުރަން ޖެހޭ ސަބަބެއް ގިނަ މީހުންނަށް ނުވިސްނޭތީއެވެ. ނަމަވެސް ޓެސްޓަކަށް ނަމަވެސް މި ގްލިޓާ ބޭސް ގުޅާ ކާ މީހުންގެ އަދަދު މަދު ނޫންކަން ފާހަގަކޮށްލެވެއެވެ.

ސިއްހީ މާޙިރުން މި ބޭސްގުޅަ ކާން ލަފާ ނުދިން ނަމަވެސް، ބޭސްގުޅަ ކެއުމަށް ފަހުގައި ބޮޑުކަމުދާއިރު ފާހާނާ ތަށި ތެރެ އޮންނަނީ އެއްކޮށް ދިއްލިފައެވެ. ހީވަނީ ޕާޓީ އެއްގައި ގްލިޓާ ޓައްޕެއް ބަހައްޓާފައި ހުރިހެންނެވެ. މިފަދަ ކަމެއް ރާއްޖޭގައި ކުރާ ބަޔަކު އެނގޭ ހެއްޔެވެ؟ އެހެން ވެއްޖެކަމުގައި ވަނީނަމަ މިކަމުގެ ސިއްހީ ގެއްލުންތައް އެމީހުންނަށް ކިޔައިދޭށެެވެ.

އެހެނީ، މި ބޭސްގުޅަ ވިއްކާ އެމެރިކާ ކުންފުނިންވެސް ވަނީ މިއީ ކެއުމަށް ރައްކާތެރި އެއްޗެއް ނޫން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަސަނު

    މަ ރޭގަ ޖަހާލި ބޮގު ފުނިވެސް ހުރީ ތިގޮތަށް ދިއްލިފަ.

    19
    8
  2. ޔަހުޔާގެފުތް

    ކިތަންމެ ދިއްލިފަ ފަރިވެފަ ހުއްޓަސް އޭގެން ދުވާ ވަސް ހުއްނާނީ ނުބައިކޮށް ހާހާ

    25
    7
    • ަސދަސދ

      ވަސް ބަދަލު ކުރާ ބޭސް ހުރޭ ބުރޯ

      11
  3. ހުސޭނުބޭ

    ތިހެން ތަރައްޤީކުރަމުންގޮސް މޭކަޕެއްގެ ގޮތުގައި މޫނުގައި ނުއުގުޅާފިއްޔާ ކިތަންމެހައިވެސް ރަގަޅު!

    36
    7