އޮސްޓްރޭލިއާގެ ހިސާބެއްގެ މަގުމަތީގައި ފެންބޮޑުވުމުން މީހަކު ބާގާ އެއް ގަންނަން ޖެޓްސްކީ އެއްގައި ގޮސްފިއެވެ.

އޮސްޓްރޭލިއާ އަށް ގިނަ ދުވަސްތަކެއް ވަންދެން ވިއްސާރަ ވެހުމަށް ފަހުގައި މިހާރު ކުރަމުން ގެންދާ ބޯ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

މިއާއިއެކު ސައުތްވޭލްސްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާއިރު އެ ގައުމުގައި އުޅޭ ފިރިހެނަަކު ވަނީ މަގުމައްޗައް ޖެޓްސްކީ ނެރެފައެވެ. އަދި މުޅި ދުނިޔެ އަށް މަޝްހޫރު މެކް ޑޮނަލްޑްސް އަށް ބާގާ އެއް ގަންނަން އޭނާ ޖެޓްސްކީގައި ދިއުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ލިބިފައެވެ.

އެވަގުތު މެކްޑޮނަލްޑް ތެރޭގައި އިން މީހަކު މި ވީޑިއޯ ކޮށްފައި މީސް މީޑީއާގައި ހިއްސާ ކުރަމުން ބުނެފައި ވަނީ އޭނާ އުޅުނީ އަދި ޖެޓްސްކީގައި މެކު ތެރެއަށް ނުވަދެ، ވެހިކަލްތަކުގައި އަންނަ މީހުންނަށް ޙާއްސަ ކޮށްފައިވާ ޑްރައިވް ތްރޫ އިން ދިއުމަށް ކަމަށެވެ.

އޮސްޓްރޭލިއާގެ ބޮޑު ސަރަހައްދެއްގައި އާދަޔާ ޙިލާފަށް ފެންބޮޑުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅެން ދަތިވެފައި ވާއިރު، ގިނަ މަގުތައް ވަނީ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައެވެ.

މިކަން ސައުތްވޭލްސްގެ އެމަޖެންސީ މިނިސްޓަރުގެ ސަމާލުކަމަށް އައިސްފައިވާއިރު، މީސް މީޑިއާ މެދުވެރިކޮށް އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މި މައްސަލަ ބަލާނެ ކަމަށާއި މަގުމައްޗަކީ ޖެޓްސްކީ ދުއްވަން އޮންނަ ތަނެއް ނޫން ކަމަަށެވެ.