އޮސްޓްރޭލިއާ މީހަކު އޭނާގެ ކުޑަ ދިން ދަރިން ކާރެއްގެ ތެރެއަށް ލުމަށްފަހު ކާރުގައި އަލިފާން ރޯކޮށްލައިގެން ތިން ދަރިންނާއި އެކުދިންގެ މަންމަ މަރާލުމުން މުޅި ދުނިޔެއަށް ހައިރާންކަން ލިބިއްޖެއެވެ.

އޮސްޓްރޭލިއާގެ ކޭމްޕް ހިލްގައި ރޮވަން ޗާލްސް ބެކްސްޓާ ނަމަކަށް ކިޔާ މީހަކު އޭނާގެ ތިން ދަރިން މަރާލީ ބުދަ ދުވަހު ހެނދުނު 08:20 ކަންހާއިރު އެވެ.

ޗާލްސްގެ ތިން ދަރިންނަކީ އުމުރުން ހައަހަރުގެ އާލިޔާއާ ހަތަރު އަހަރުގެ ލައިނާ އަދި ތިން އަހަރުގެ ޓްރޭ އެވެ. ތިން ކުދިން ވަނީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު މަރުވެފައެވެ. ނަމަވެސް ކުދިންގެ މަންމަ މަރުވި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ގެންދަނިކޮށް ބުރާސްފަތި ރޭގެ ވަގުތެއްގައެވެ.

ޗާލްސް އޭނާގެ ދަރިންނާއި އަނބިމީހާގެ ގަޔަށް ޕެޓްރޯލް އެޅުމަށް ފަހު އަލިފާން ރޯކޮށްލުމުން އަނބިމީހާ ވަނީ ކާރުން ފައިބާ އެހީއަށް އެދި ހަޅޭ ވެސް ލަވާފައެވެ. އޭރު އޭނާގެ ގައިގަ ހުރީ އަލިފާން ރޯވެފައެވެ.

ޗާލްސް ވަނީ އިރުކޮޅެއް ފަހުން އަމިއްލައަށް އޭނާގެ މެއަށް ވަޅިއެއް ހަރާލައިގެން މަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗާލްސް އާއި އޭނާގެ އަނބިމީހާ މިހާރު ވަކިން ދިރިއުޅެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ދެމީހުން އެކުގައި ހިއްސާވެގެން ކުރިން ހިންގަމުން އައި ވިޔަފާރިއެއް ވެސް މިހާރު ވަނީ ހުއްޓާލައި ދެމީހުންގެ ހިއްސާ ވަކިކޮށްފައެވެ.

ޗާލްސްއަށް ފަހަކަށް އައިސް "ނަފްސާނީ މައްސަލަތަކެއް" ދިމާވެފައިވާ ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެއެވެ.

ނަމަވެސް މިހާދިސާއާއި ގުޅިގެން ޚިޔާލުފާޅު ކުރި މީހުން ބުނީ "ނަފްސާނީ މައްސަލައެއް" ބަހަނާއަކަށް ދެއްކުމަށް ފަހު މިފަދަ ބޮޑެތި ޖަރީމާތައް ހިންގުން އެއީ ބަލައިގަންނަން އުނދަގޫ ކަމެކެވެ.

"ނަފްސާނީ މައްސަލައެއް ހުރިނަމަ ފަރުވާ ކުރޭ، މިފަދަ ލާއިންސާނީ އަމަލުތައް ނުހިންގާ." މީހަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުސްލިމް

  މުސްލިމެއްނަމަ މި މީހާ ވާނީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހަކަށް.

  66
  4
 2. ކަމަނަ

  ޙައްތަހާވެސް ނަފުސާނީ ވެފަ ތިބޭމީހުން

  20
  1
 3. ޒޯއީ

  ދީނީ ގޮތުން ހައްދުފަހަނައަޅާ މީހުއްނަކީ މުސްލިމުން ކަމުގައި މަށެއް ގަބޫލެއް ނުކުރަން.. އެމީހުން އުޅެނީކީ ފުރިހަމަ މުސްލިމުން އުޅޭހެނެއް ނޫން..

  20
  1
 4. މާރިޔާ

  މިވެސް ނަޝީދުމެން ބޭނުންވާނެ ގޮތެއް.

  7
  4