މޮޑެލް ކުރާ ޒުވާނުންގެ ތެރޭގައި ކައިޒީން އަށް ވުރެ މަޝްހޫރު މީހެއް އެބަހުރި ހެއްޔެވެ؟ ކައިޒީން ރީތިކަމާއި ހުނަރުވެރިކަމާއި ހިނިތުންވުން ބަލަން ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ. އިންސްޓަގްރަމް އާއި ފޭސްބުކް ފަދަ ތަންތަނުގައި ކައިޒީންގެ އެތައް ފޭނުންނެއް ތިބީ އޭނާގެ ހަރަކާތްތަކަށް އަބަދުވެސް ލޯތައް އަމާޒުކޮށްގެންނެވެ. ކައިޒީން ގިނަ ބަޔަކަށް މިހާރު އޮތީ ކަމު ވެސް ގޮސްފައެވެ.
ދިވެހި އެތައް ބްރޭންޑެއްގެ "މޫނު މަތި" ނަލަކޮށްދެނީ މިހާރު ކައިޒީންއެވެ. ގިނަ ކުންފުނިތަކުން ކައިޒީން އިހްތިޔާރު ކުރަން ތިބީ ކެތްމަދުވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކައިޒީންއަކީ ރާއްޖޭގައި ތިބި މޮޑެލްތަކުގެ ތެރެއިން އާންމުންގެ އެތައް ސަމާލުކަމެއް ހޯދާފައިވާ އެންމެ ބިޒީ މޮޑެލްއެވެ. ކައިޒީންގެ ބޭނުން ހިފަން އެތައް ބަޔަކު ބޭނުންވި އެއް ސަބަބަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އިސްތަށިގަނޑަށް ގެނައި ބަދަލުންނެވެ.
https://www.instagram.com/p/B7F5f2Kgjb2/?utm_source=ig_web_button_share_sheet
ކައިޒީންގެ އިސްތަށިގަނޑުގެ ކުލަ "ބްލޮންޑް" ކޮށްލުމަކީ އެތައް ބަޔަކަށް ސިހުން ގެނުވި ކަމެކެވެ. އޭރުގައި ބައެއް މީހުންނަށް ކައިޒީން ވައްތަރުވީ ރިއަލިޓީ ޓީވީގައި ދުނިޔޭގައި ރަނިކަން ކުރަމުން އަންނަ، ކައިލީ ޖެނާއާއެވެ. އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްގެން ވެސް ކައިޒީން އޭރު ބެލީ އޭނާގެ ފޭނުން ހިތްހަމަޖައްސައިދެވޭތޯއެވެ. އެއީ ފާޑުކިޔާ މީހުން ފާޑު ކިޔާނެ ކަން ވަރަށް ރަނގަޅަށް ދެނިހުރެއެވެ.
ކައިޒީންގެ އަޑު ކޮންމެވެސް ވަރަކަށް މަޑުވެފައި އޮއްވައި، އަނެއްކާ ވެސް ކައިޒީން ވަނީ އާންމުންގެ ސަމާލުކަން ދަމައިގެންފައެވެ. އިސްތަށިގަނޑުގެ ކުލަ، ކަޅަށް ބަދަލުކޮށް، އެތައް ބައެއްގެ ލޯތްބާއި ތަރުހީބު އަލުން ވަނީ ހޯދައިފައެވެ. ގިނަ ބަޔަކު ކުރާ ސުވާލަކީ އެކަމުގެ ސިއްރަކީ ކޮބައިތޯއެވެ. އަހަރެއް ފަހުން، އިސްތަށިގަނޑުގެ ކުލަ އަށް ބަދަލު ގެނައި އިރު، އެކަމުގެ ހަގީގަތަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ.
ކައިޒީން "ވަގުތަށް" ބުނި ގޮތުގައި ބްލޮންޑް ހެއާ ކަޅުކޮށްލީ މާ ބޮޑަށް އާންމުންނަށް ފާހަގަވާން ފެށުމުން ކަމަށެވެ. އެކަމުގެ ސަބަބުން ކައިގެ ދިރިއުޅުމުގެ އަމިއްލަ ކަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅެމުން އަންނަ ކަމަށް ވެސް ކައިޒީން ބުންޏެވެ.
https://www.instagram.com/p/B0lPjWFAyJb/?utm_source=ig_web_button_share_sheet
އިސްތަށިގަނޑު ކަޅުކޮށްލި ފަހުން ވަރަށް ބޮޑު ތަފާތެއް އައިސްފައިވާ ކަމަށް ވެސް ކައިޒީން ބުންޏެވެ.
"އަސްލު ބްލޮންޑް ހެއާ ކަޅުކޮށްލީ މާ ބޮޑަށް ނޯޓިސަބަލްވެފައި. ކައިގެ ޕްރައިވެސީ އަށް ހުރަސް އެޅޭތީ. ޕްލަސް މީހުން ސްޓެއަކޮށް ހަދާތީ ވަރަށް ބޮޑަށް އަންކޮންފަޓަބަލްވޭ، ކައި އަށް އެނގޭ މިހާރު ނޯމަލް ލައިފެއް އުޅެން އުނދަގޫވާނެ ކަން. އެކަމަކު އިސްތަށިގަނޑު ކަޅުކޮށްލީމަ ވަރަށް ބޮޑު ތަފާތެއް އައި،" ސޯޝަލް މީޑިއާގައި އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ކައިޒީން ބުންޏެވެ.
ކައިޒީން އަބަދުވެސް ދައްކާ އެއް ވާހަކައަކީ ކައި އަށް ކަމުދާ، ހިތްހަމަޖެހޭ ގޮތަކަށް އުޅެވޭތޯ ބެލުމެވެ. އޭރަކު ޓްރެންޑްވާ ފެޝަން ސްޓައިލްތަކަށް ބެލުމަކީ ކައިޒީން އަބަދުވެސް އިސްކަންދޭ ކަންކަމެވެ. ގިނަ ޒުވާން ކުދިން ދެކެނީ ކައިޒީންއަކީ ފެޝަން އިންސްޕްރޭޝަނެއްގެ ގޮތުގައި ބަލާ މީހެއް ކަމަށެވެ.
ކައިޒީން ދާދި ފަހުން މި ގެނައި ބަދަލުގެ ފޮޓޯއެއް އިންސްޓްގްރަމްގައި ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯ އާންމު ކުރުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު ކައި އަށް ކުރީ ތައުރީފެވެ.
https://www.instagram.com/p/BzFj41ugTyO/?utm_source=ig_web_button_share_sheet
އިންސްޓަގްރަމްގައި ކައިޒީންގެ ފޮޓޯއަށް ކުރި ފާހަގަކޮށްލެވޭ ބައެއް ކޮމެންޓުތަކުގެ ތެރޭގައި އެކަކު ބުނީ ކައިޒީން މިހާރު ވަރަށް ތަފާތުވެފައި ރީތި ކަމަށެވެ. އެހެން މީހަކު ބުނި ގޮތުގައި ކައިޒީންއަކީ "ހަމަ މަރަނގަޑެއް ސަހާދެއް،" މިހެންނެވެ. ހަމަ އެއ ފޮޓޯ އަށް އެހެން މީހަކު ކުރި ކޮމެންޓެއްގައި ވަނީ ކައިޒީން މި ގެނައި ބަދަލަށް މީގެކުރިން ވެސް އުންމީދު ކުރި ކަމަށެވެ.
އެހެން މީހަކު، ކޮމެންޓު ކުރަމުން ބުނީ ކައިޒީންގެ ފޮޓޯ ޕްރިންޓްކޮށް ދިނުމަށެވެ.
ކޮންމެއަކަސް ކައިގެ އިސްތަށިގަނޑަށް މި ގެނައި ބަދަލުން އާންމުންގެ ހިތްތައް އިތުރަށް އޭނާ އަށް ދަމައިގެންފިއެވެ.
ފޮޓޯޖަހާއިރު ހަޑިފޮޓޯ ނުޖަހަބަލަ މީވަރަށް ވާހަކަ
ﷲ ކައި އަށް ރަގަޅުގޮތް މެދުވެރިކުރައްވާށި ކު ރީގަވެސް އުޅުނު ތިޔާކަހަލަ މޮޑަލެއް. ޥިލުނޫ ކަޅި ރަވައިގެ ވެ ރިއެއް. ޙިތާމަ ހު ރިކަމެއް
ޢަސްލު ސަޅިި
ހަގީގަތަކީ ވައްހާބީންގެ ހިތްތައް ކަތިލުން.
ބޯގޯސް ކޮމެންޓެއް...
ރީތިކަމަކީ އެއ އްވެސް އަގެންހުރި އެ އްޗެންނޫ އް ރިވެތި އަހުލާގު ހުރިހާވެސް އެއ އްޗަކީ.
ހަގީގަތަކީ ބްލޮންޑް ކޮށްފަ ގިނަ ދުވަސް ވުމުން އިސްތަށިގަނޑު ހަޑި ވާކަން
މިދެން މިސް ވޯލްޑް ވިއްޔަ.. ތިޔަހެން އުޅެންޏާ ޓެކްސީ އަށް ނާރާ.. ހެލިކޮޕްޓަރ ގަ އުޅޭ.. ޕްރައިވެސީ ބޭނުމިއްޔާ ގޭގަ އޮންނަން ވީނު
ރީތިކަމޭ؟ ހުސްމޭކަޕް އާ ފޮޓޯޝޮޕް، ހުނަރޭ؟ ދައްކަބަ އޭނަގެ ހުނަރެއް؟ މަ ނުދަންނަ ގޮތްގޮތް ފޮޓޯނަގަން ހުއްޓިގެން ހުރިމަކީ ހުނަރެއްކަން، ފޮޓޯނަގާމީހާގެ ހުނަރެއް ހުންނާނެ، ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކޭ؟ ލޮލް ކޮން ކުންފުންޏެއް؟ ކަންމަތީ ޖިމަކީ ބޮޑު ކުންފުންޏެއް ނޫން
މިސަތޭކަ ސާޅީހުގެ ކޮމެންޓެއް!
ޅަބޭ އަށް ވައްހާބީންގެ މާނަ އިންގޭތަ؟؟؟
ވައްހާބީންގެ މާނައަކީ ބޮޑު ތުނބުޅިލާފަތިބޭ ކަށިމައްޗައް ފައިކުރިއޮޅާފަ، ހައްދުފަހަނައެޅި ވަކިޖަމާއަތެއް ހަދައިގެންއުޅޭ، އަންހެނަކު ފެންނައިރައް އާދަޔާހިލާފައް ހިތްކާފަރުވާ މީހުން.
އެހެންވިއްޔާމު ޅަބޭ އަށް ތިއޮތީ ވައްހާބީ ވަރަށް ރަނގަޅަށް އެނގިފަ. ޅަބޭ ޅަވެފަ ފިކުރިވެސް ޅަވީމަ ދެންކިޔާނީ ގަބޭ
ބުނަން ރަނގަޅު ވާހަކައެއް.ބަކަށި ކަތިލާފަ މަގޭ ކޮޔައްކިއީ ކަައިޒީނެއް ނޫން އަދި ކައި އެއްވެސް ނޫން. ޒަޔާނު މަގޭ ކޮޔައް ކިޔަނީ. ކޮން ކައިއެއް ބައިއެއް ކިޔާކައް
ތީ ނަޔަ އްވުރެ މާ ރީތި ކުދިން މި ރާ އްޖޭގަ އީ އެބަ އުޅޭ.. ތި ދުންޏަވީ ރީތި ކަމަކީ ހިނދު ކޮޅެ އްގެ ކަމެ އް..
އެއްގޮތެއްގައި ދެމިނުހުރެވުން.
މޭކަޕް ކުރީމަ ކޮންމެ މީޙެ ޥެސް ރީތިވާނެ
މީނަ ދެން މީކާކު މާ ފޭމަސް ވާޙިތުން ހަހަހަހަހަހަހ
ހެޔޮނުވާނެ ތިކަހަލަ ބާރު ހެދުން ނުލާބަލަ، ﷲ ތިބާ ހެޔޮ ރަހްމަތް ލައްވާށި
ކައިޒީން އަކީ މަގޭ ނަންބަރު ވަން
ހަގީގަތުގައި ވެސް ކައިޒީން ވަރުގެ މީހެއް ނެތް. އައި ލަވް ޔޫ.
ތިކައިޒީންގެ މަޝްހޫރުކަން ދަމަހައްޓާނީ ވަގުތާއި ދޯ އިން. އެއީ އެމީސްމީހުންނަކީ ކައިޒީންގެ އަވާގައި ޖެހިފަވާ ބައެއްކަމަށް ވާތީ.
އަހަންކަށް އެއްގޮތަކަށްވެސް ތިކައިޒީނެއް ރީއްޗެއްނޫން. އެކަމަކު ފިރިހެނުންގެ ހިތްތަކާ ކުޅެލާ ފޮޓޯތަކުން. އެއީ މިވާގޮތަކީ.
ކައިޒީންއަށް އެނގޭބާ އޭނާގެ ސަބަބުން ކިތައްމީހުންނަށް ފާފައަށް އަރުވާލެވޭކަން.
ކައިޒީންއަށް އެނގޭބާ އޭނަ އެއުޅެވޭގޮތުން ދުނިޔޭގެ އުފަލުގަ މަޝްހޫރުވިޔަކަސް، އާޙިރަތް ދުވަހު ތިކަމުގެ ސަބަބުން އޮންނަން ޖެހޭނީ ނަރަކައިގަކަން؟
ނަރަކައިގަ އެއްމެ ގިނަވާނީ މިވައްތަރަށް އުޅޭ އަންހެނުންކަން ވަރަށް ސާފުކޮށް ވަނީ ބަޔާންވެފަ.
އަހަރެން ކައިޒީންއަށް ދޭން ބޭނުންވާ ނަސޭހަތަކީ ދުނިޔޭގެ އުފަލަށްޓަކައި އާޙިރަތް ނަގާނުލާށޭ. އަދި ތަޢުބާވެ އީމާންތެރިކަން ވަރުގަދަކޮށް ﷲސވއަށް ކުއްތަންވާށޭ. އޭރުން ދުނިޔޭގެވެސް އަދި އާޚިރަތުގެވެސް އުފާ ލިބިގެންދާނެ.
ފިރިހެނުން ހިތް ކިޔާތޯ ކުރާކަން ތަ އްތީ
ސުވަރުގެ އާއި ނަރަކަ. ކޮންތަނެއްތޯ އެގޭބާ
ޕްރައިވެސީއޭ؟
އެހެންނަ މަ ގޮލާ ހީކުރީ ތީ މިސް ޔުނިވާސް ކަމަށް؟ ޕަޕަރާޒީން ދުވަންތީ ކާކު. ހިތުން ވަރަށްރީތި. ފުއްތަޅާ ފައުންޑޭޝަނާއި ސިމެންތިޔާ ދަވާދާ އެއްޗެހި ފައިގަޔާ ަތުގަޔާ ދެންހުރި ތަނެއްގަޔާ ލައިގެން ދޮން މީހެއްކަން ދައްކަން
ޙަހަހަހަ ????
މަށަށް އެއްވެސް ރީއްޗެއްނޫން ލޮލް
އަަސްލު މިއީ ކިހިނެއްވާ އަންހެނެއް އަހަރެމެންވެސް އެބައުޅެން އަހަރެމެން ވާހަކައެއްނުޖަހާ ޢަހަރެން މިއުޅެނީ ކުރިން ދުވަހެއްގަ އަޔާޒް ލައްވާ ބޯކޮށާލައިގެން މިވާހަކަ ނިކަން ހަބަރެއްގަ ޖަހާލަބަލަ
ޖަހައްނަމައިގެ އެންމެ އަޑީގައި އަޒާބް ލިބުން ނޭދޭކަމުގައި ވަނީނަމަ ތައުބާވެ އިސްލާހްވޭ.
ކައިޒީން ވިތައުޓް އެނީ މޭކްއަޕް، ކިހިނެއްބާ ހުންނާނީ...??
ރީތި މީހެކޭ ބުނާވަރެއް ނުވާނެ
ހުސް މޭކަޕު މިހާރުވެސް މޫދަށް އެރިލާފަ އަރާބަލަ ޖަހާ ވައްތަރުބަލަން ސިދާތާ އަށްވުރެވެސް ހަޑިވާނެ.
މީދެންކާކުތަަަަަަަަަ މަވެސް މާރީތިިިިިިިިިވާނެ މޭކަޕު ކޮށްލީމަ. ތީހުސްމޭކަޕު މިހާރުވެސް ފެންބާލިދިޔެއްޖަހާބަލަ މަގޭ މާމައައްވުރެވެސް ހަޑިވާނެ.
ޥަގުތުން މީނަ ފޭމަސް ކުޜަނީ ޙާޙާޙާ
މީނަ މީވަރަށް މަސްހުޫޜު ވާހިތުން ޢުލޭމީހެއް ހަހަހަހަަހަހަހަަހަހ
އެއްވެސް ރީތި އެއްނޫ
ތީ ސޭބޯ ކައިޒީއޭ
ފޭމަސް ޥަާޙިތުން ހެޔާލަ ކުރަނީ ޕިސް ޕިސް
ތިބާ މޭމަތި ނުފަޮރުވާ އެއްޗެހިލާ ކައް ލަދެއްނުގަނޭތަ ..ޒަޔާންްއައް މާތްﷲ ހެޔޮވިސްނުން ދެއްވާންދޭ.....ތިބާގެ އައުރަ މީހުންގެ ތެރޭ ނީލަން ނު ކިޔާ....ތިބާ ދެރަ ކަމަ ކާ ދިމާވީމަ އެ ކަމާ ދެރަވެ ހިތާމަ ކުރާނެ...މީ ވަރައް ވާހަ ކަ
މީނަޔަ ހަނމަ ކިޔަނީ ކައިޒީންތަ ލިޔުން ތެރިންވެސް ލިޔާއިރު ފުރިހަނމަ ނަން ބޭނުން ކުރިޔާ ވރައް ފުރިހަނމަ ވާނެ.
ކަނބުލޮ ތިޔައީ ދިވެއްސެއްބާއޭ ހިތަށް އަރާ, އެކަމަކު ކޮޔާ ތިޔައީ ފުކެއް ބޮޑުވަރު, އެކޮއެ ކޮންމެ ގޮތަކަށް ހެދުން އަޅައި ބޮލުގައި ކޮންމެ ކުލައެއް ވެށިޔަސް ތިޔައީ ދިވެއްސެއްކަން ހަނދާނުގައި ބަހައްޓައިގެން ވާހަކަ ދައްކާބަލަ! ތިމާގެ އަމިއްލަ ގައުމުގެ ބަހުން ވާހަކަ ދައްކަން ލަދު ގަންނަނީތަ ދެބަސް ދޭތެރެޔައް އިނގިރޭސި ބަހެއް ތިލަނީ؟؟؟؟
އަހަރެން ކޮމެންޓްއެއް ކުރީމަ ނުކެރުނުދޯ ޖަހާކަށް
އެއްވެސް ޜީތިކަމެަޢް ނެޢް ހެހެހެހެހެހ
ޖޯޑިން އަށް ފޮނި ދައްކާލަން ދޯ
ހުރިގޮތަށް ހުރި ފިތުނައެއް.?ރީތިކަން ނީލަން ކިޔުމުގެ ހުރި ނުބައިކަން އިޙްސާސް ވެސް ނުވަނީބާ. ވަގުތު ފާއިތު ވުމުގެ ކުރިން ހެޔޮ މަގު ދައްކަވާށި.
ޕުރައިވެސީ ލިބޭނެ ކައްވަޅުގަ...
މި ކައިޒީން މީ މި ގައުމަށް ހިތުން ދެން މާރީތި މީހެއްމީ، ދިވެހި ފިރިހެނުންވެސްދެން އުޅެނީ ހޭބަލިވެގެން. ނުޖެހޭ ކޮންމެހެން އަދި މީހަކު ފޮޓޮއެއް ލާއިރަށް ލައިކުޖަހާކަށް. ކާކުތަދެންމީ
ތި ފާޅުކުރާ ރީތި ކަމުން ކައްވަޅުގެ އަޛާބަކުން ސަލާމަތެއް ނުވާނެއެވެ ..