ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯޕީ ޓަނާ ފުރަބްންދުގައި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާގެ ފިރިމީހާ ޖޯއީ ޖޯނަސް އަށް މޭކަޕް ކޮށްދީފިއެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ގިނަ ގައުމުތަކެއް ވަނީ ފުރަބަންދުކޮށްފައެވެ. އެގޮތުން ފުރަބަންދުގައި ތިބެގެން ބޮލީވުޑް އަދި ހޮލީވުޑްގެ ފަންނާނުން އަންނަނީ އެކިއެކި ކަންކަން މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އެގޮތުން ގޭމް އޮފް ތުރޯންސްގެ ތަރި ސޯފީ ވަނީ އޭނާގެ ފިރިމީހާއަށް މޭކަޕްކޮށްދީ އޭނާގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ދާދިފަހުން އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަކީ އެހާ ބޭރަށް މީހުންގެ ތެރެއަށް ނިކުމެ އުޅޭ ހިތްވާ މީހެއް ނޫން ކަމަށެވެ. ގޭގައި އޮންނަން ޖެހުމަކީ އޭނާ އެންމެ ހިތްހަމަޖެހޭ އެއް ކަންތައް ކަމަށް ވެސް ސޯފީ ވަނީ ބުނެފައެވެ.

ސޯފީ އާއި ޖޯއި ތިބީ އަލަތު ދަރިއެއްގެ އިންތިޒާރުގައެވެ. "ޑެއިލީ މެއިލް" ގައި ބުނެފައި ވަނީ ސޯފީ އަލަތު ދަރިފުޅަށް ބަލިވެ އިން ޚަބަރާއި ގުޅޭ ގޮތުން އެނާގެ ތަރުޖަމާންގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބު ނުވާ ކަމަށެވެ. ސޯފީ ބަލިވެ އިން ޚަބަރު މީޑިއާތަކުން ގެނެސްދެމުން ގެންދިޔަ ނަމަވެސް ވިހާނެ ކަމަށް ލަފާކުރެވޭ ދުވަހެއް އަދި މީޑިއާތަކަށް އެނގިފައެއް ނުވެއެވެ.

ސޯފީ ވަނީ ދާދިފަހުން އެކްސް މެންގެ ޖީން ގުރޭގެ ރޯލު ކުޅެން ފުރުސަތު ލިބިއްޖެ ނަމަ ތައްޔާރަށް ހުރިކަމަށް ބުނެފައެވެ.