ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން އަނެއްކާވެސް ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް އެހީ ފޯރޮކޮށްދިނުމަށް ނިންމައިފިއެވެ.

މީގެ ކުރިންވެސް ރިތިކް ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ނަރެންދްރަ މޯދީގެ ކެއާ ފަންޑަށް ވެސް އެހީ ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން އޭނާ ވނީ ކާބޯތަކެތި ލިބުމަށް ދަތިވެފައިވާ މީހުން އަށް ކާބޯތަކެތި ފޯރުކޮށް ދިނުމަށް 1.2 ލައްކަ އިންޑިއަން ރުޕީސް ވަނީ ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން ރިތިކް ވަނީ އިތުރު 25 ލައްކަ ރުޕީސް ގެދޮރުނެތް ކާބޯތަކެތި ލިބުމަށް ދަތިވެފައިވާ މީހުން އަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެހީ ވުމުގެ ގޮތުން ދީފައެވެ.

ރިތިކްގެ އިތުރުން ބޮލީވުޑްގެ އިތުރު ފަންނާނުންވެސް ވަނީ މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ އިގުތިސާދަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށާއި އެގައުމުގެ ހާލު ޖެހިފައި ތިބި މީހުން އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ވަރުން ދަވަން، އަކްޝޭ ކުމާރު، ރަޖްނީކާންތު، ކަޕިލް ޝަރުމާ، ޕްރިޔަންކާ ޗޮޕްރާ، ކަރީނާ ކަޕޫރު އަދި އަނުޝްކާ ޝަރުމާ ވެސް ހިމެނެއެވެ.

މިބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާ އޮތީ ފުރަބަންދުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އާންމު ފަރާތްތަކަށް ބޭރަށް ނިކުމެ އުޅުން މަނާ ވާނެއެވެ.

އިންޑިއާ ފުރަބަންދުކުރުމާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ހުރިހާ ފިލްމު ޕްރޮޑަކްޝަނެއް ވަނީ ހުއްޓާލާފައެވެ. އަދި ސިނަމާއަށް ނެރުމަށް ހަމަޖެހިފައިވާ ގިނަ ފިލްމުތަކެއް ވަނީ ނެރޭނެ ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އޭގެއިތުރުން ސްޓާޕްލަސް، ކަލާސް، ޒީޓީވީ އިން ގެނެސްދޭ ޑްރާމާތައް ގެނެސް ދިނުން ވެސް ވަނީ ހުއްޓާލާފައެވެ.

ރިތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސިދާތު އާނަންދު ޑައިރެކްޓްކޮށް ނެރުނު "ވާރ" އިން އެވެ. މި ފިލްމުން ރިތިކްގެ އިތުރުން ލީޑު ރޯލުން ޓަރިގާ ޝްރޮފް އާއި ވާނީ ކާޕޫރު ވަނީ ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަޝްވިން

    ސްޓާޕްލަސް، ކަލާސް، ޒީޓީވީ އަދި ސޮނީ ޓީވީ އާ ެއއހެން ޗެނެލް ތަކުން ގެނެސްދޭ ޑްރާމާތަ އް ގެނެސް ދިނުން މެދުކަނޑަ އެއ އް ނުލާ އާއޕިސޯޑުތަ އް ގެނެސް ނުދެނީ ކުރީގެ އެޕިސޯޑްތަކާ ކުރީގެ ޑްރާމާތަ އް ގެނެސްދޭ

    1
    4