ބޮޑުބެރު ޗެލެންޖްގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަޤާމު ދެފަހަރު ހޯދައި އަދި އޭގެ އިތުރުން އެމްއެންޑީއެފްގައި މަސައްކަތް ކުރިއިރު ވޮއިސް އޮފް އެމްއެންޑީއެފް މުބާރާތުގެ އެއްވަނަ ވެސް ހޯދާފައިވާ ލަވަކިޔުންތެރިޔާ ޢަބުދުއްރާޒިޤް ލަވަކިޔުން ހުއްޓާލައިފިއެވެ.

އިސްލާމްދީނުގައި ލަވަ ކިޔުމާއި ގުޅޭ ގޮތުން ހުރި މައުލޫމާތުތައް ސާފުވެގެން ރާޒިޤް ލަވަކިޔުން ހުއްޓާލިކަން އިއުލާންކޮށް އޭނާ ބުނީ މިއުޒިކްގެ ތެރޭގައި އުޅެވުނީ "ޣާފިލްވެފައި ހުރުމުން" ކަމަށެވެ.

ރާޒިޤް މިއުޒިކް ކުޅުން ހުއްޓާލުމާއި އެކު ރަމަޟާން މަސް ފެށުނު ފަހުން މިއުޒިކް ކުޅުން ހުއްޓާލިކަން އިއުލާން ކުރި މަޝްހޫރު ދިވެހި ފަންނާނުންގެ އަދަދު މިވަނީ ތިނަކަށް އަރާފައެވެ. މީގެ ކުރިން މޯލްޑިވިއަން އައިޑޮލްގެ ތަރި މުހައްމަދު އިޝާން އާއި ދިވެހި ހިޕްހޮޕް މިއުޒިކްގެ މަޝްހޫރު ފަންނާނު ސުއާދު އަބްދުއްރަހީމް (ޒިޕްސް) ވެސް ވަނީ މިއުޒިކް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.

މިޔުޒިކާއި ދުރަށް ދާން ނިންމި ސަބަބު ހާމަ ކުރަމުން ރާޒިޤް ވެސް ބުނީ ބޮޑުބެރުގައި ޙަރަކާތްތެރިވަމުން ދިޔައިރު ވެސް އެކަމުން ޙަޤީޤީ ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށެވެ. އޭގެ އިތުރުން ދީނަށް ލޯބި ކުރާ ރަޙުމަތްތެރިން ކުރިން ވެސް މިޔުޒިކާއި ދުރުވާން ނަސޭޙަތްތެރިވި ކަމަށް އޭނާ ބުންޏެވެ.

''ހިތްހަމަ ޖެހުމެއް ނުލިބޭ، ދިރިއުޅުމަކަށް ލުޔެއް ނާދޭ، ފައިސާ ލިބުނަސް ކުލި ނުދެއްކިގެން ވެސް އުޅެންޖެހޭ، އޭގެ އިތުރުން ދީނަށް ލޯބިކުރާ ޒުވާން ކުދިން އޭރުވެސް ބުނަމުންދޭ ހުއްޓާލަން، އޭރު ދެން އެމީހުންނާ ޖަދަލުވެސް ކުރެވުނު، އެކަމާ މިހާރު ދެރަވެސް ވޭ، އަދި އެމީހުން ކިބައިން މާފަށް އެދެން ވެސް ބޭނުން، އަދި އަހަރެންގެ ފަރާތުން އެއްވެސް މީހަކާ މެދު ގޯސްކޮށް ކަމެއް ކުރެވިފައި އޮތަސް ހިތްހަމަ ނުޖެހޭ ބަހެއް ބުނެފައިއޮތް ނަމަވެސް އެކަމަށް ވެސް މާފަށް އެދެން'' އޭނާ ބުންޏެވެ.

ރާޒިޤު ބުނީ މިޔުޒިކާއި ދުރުވި ހިސާބުން ފެށިގެން މަލާމާތާއި ޖެއްސުމުގެ ބަސްތައް ލިބެމުންދާ ކަމަށާއި އެހެންނަމަވެސް އެފަދަ މީހުންނާއި މެދު ވެސް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށެވެ.

ރާޒިޤް ބުނީ އޭނާގެ މިހާރުގެ ހުވަފެނަކީ ޤާރީކޯސް ހަދާ އިމާމަކަށްވުން ކަމަށެވެ. އެމަސައްކަތް ކޮވިޑް-19 އިން ސަލާމަތްވިހާ އަވަހަކަށް ފަށާނެ ކަމަށް އޭނާ ބުންޏެވެ.

މިއުޒިކް ކުޅުން ބައެއް ފަންނާނުން ހުއްޓާލަމުން އަންނާތީ ދީނީ އިލްމުވެރިން ގެންދަނީ މީސް މީޑިއާގައި އެކަމަށް ޝުކުރު އަދާކޮށް، އަދި އެފަދަ ނިންމުންތައް ނިންމުމަށް އެހެން ޒުވާނުންނަށް ވެސް ހިތްވަރު ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަދުރޭ_09

    ރާޒިގް ލަވަކިޔުން ހުއްޓާލިކަން އިއުލާން ކުރީ މި ރަމަޟާން މަހަކުނޫން، މީގެ އަހަރެއްހާ ދުވަސް ކުރިން އެކަން ވަނީ އިއުލާން ކޮށްފަ. ވަގުތުވެސް ތަންކޮޅެއް އަޕްޑޭޓް ވެ ބަލަ.....

    39
    2
  2. އާސިފު

    މިފަދަ ހަބަރުތައް ޖަހާ އިރު ނަވާޒުމެން އެބަޖެހޭ އެކަމުގެ ހުކުމްތައް އިލްމުވެރިންގް ކިބައިން ސާފުކޮއްދީ އޭގެ ތަފުސީލުތައްވެސް ހިމަނަން. އޭރުން ހަބަރު ފުރިހަމަ ވާނީ.

    38
    3
  3. Anonymous

    އަލްހަމްދުލިއްލާހި ، ރާޒިޤު އަށް ބަރަކާތްތެރިކަންހުރި ، އަދި ﷲ ތިބާގެ އުއްމީދުތައް ހާސިލްކޮށްދެއްވާށި ، އާމީން

    65
    3
  4. އަލްހަމްދުލިއްލާހި

    58
    3
  5. ާަ އ.އ347

    ދީނީ އިލްމު ވެރިން ވިދާޅުވާ ގޮތުގައި ލަވަކިޔުމަކީ ހުއްދަ ކަމެއްނޫން. ހުއްދަ ނޫންކަންތަށް ގައުމީ ޗެނަލުން މިދައްކަނީ ކީއްވެ؟

    46
    3
  6. ޢަލި

    ހިތް ބުރަވިޔަސް ކޮން ކަމެއް 3 ވަނަ އިބްލީސް ލޮލް

    7
    40
  7. ??

    އަލްހަމްދުﷲ
    ﷲ ތިބާ އައަ އް ރަހުމަތް ލަ އްވާށި
    ދެން އެންމެ އަޑު އަހަން ބޭނުންވަނީ ސަލަބީ ހު އްޓާލާ ވާހަކަ

    59
    2
  8. މައުމޫން

    ދަރިފުޅާ ޔުމްނާ އާޓިސްޓުން އެހެރެ ހުސްވަނީނު. އަވަހަށް ކޯޓް އަމުރެއް ނެރެވޭތޯ ބަލަންވީނު. ފައުންޑޭޝަނުން ލަވަ މުބާރާތްތައް ބާއްވާ ހިސާބަށް ދިޔަ ނުދެއްޗޭ. މިވަރުން ދަރިފުޅު ބުރުގާ ނާޅާ މިނިސްޓަރުކަން ނިމޭނެތަ؟

    21
    8
  9. ޕިންކި

    އަލްހަމްދުލިﷲ. މަރުހަބާ. ތިބާ އަށް ސަބިތުކަން ދެއްވަށި

    50
    2
  10. ޖޯޒީ ނަމްބަރ 420

    ވަގުން ވެސް ދެން ވައްކަން ނުކު ރާނެ ކަމުގެ ޗެލެންޖު ކެ ރިގެން ފަށަންވީ

    28
    2
  11. ފުރޯ

    ސާބަހޭ ރާޒިގޫ

    32
    3
  12. ހަރުކަށި ފިކުރު

    ރެކްރޫޓް ރެކްރޫޓް

    4
    18
    • Anonymous

      އެލާޓް އެލާޓް. ލާދީނީ މަޑުކަށި ފިކުރު އިން ޓައުން.

      13
      2
  13. ޙަސަނާ

    މާޝާﷲ ހެޔޮކަމުގެ ދޮރެއް މަލާނަތްކުރާބަޔަކުގެ މަލާމާތައް ބަލާނެކަމެއްނެތް އެބައިމީހުނައްވެސް އަދިވިސްނޭނެ މަރުހަބާ...

    42
    1
  14. ސޮމެޮނެ

    ތިޔައީ ކޯވިޑްގެ ހެޔޮފަރާތް ތޯއްޗެ ....

    5
    2
  15. ާއަހުމަދު

    މީހުން ހަރާމްކަންތައްކުރާނެ ސަރުކާރުއެކަން ހުއްޓުވަންޖެހޭ ފިލްމުކުޅުން ލަވަކިއުން ބެރުޖެހުން ކުރިއަރުވަން މިނިސްޓުރީއެއްހަދާފަ އެންމެގިނައިން ހަރަދުކޮއްގެން ބާއްވަނީ ލަވަމުބާރާ ދީނާއިހިލާފު(ހަރާން)ކަންތައް ސަރުލާރުންކުރުވަނީ ކީއްވެ؟

    15
    2
  16. ހަގީގަތް

    ރާއްޖޭގެ ލަވަކިއަން ހުއްޓާލާ

    13
    2
  17. Anonymous

    الحمدلله
    ماشاءﷲ.
    ސާބަހޭ ދަރިފުޅާ ދޫންޏާ. ﷲ ތެދުމަގު ދައްކަވަން އިރާދަކުރެއްވި އަޅަކަށް ނުބައިމަގު ދައްކާނެ ފަރާތެއް ނުވެ. ރިވެތި އަޑުން ކީރިތި ޤުރުއާން ކިޔަވާ އަޑު އަހާލާހިތްވޭ. ދީނުގައި އަންގަވާފައިވާ ގޮތަށް ހުރިހާ ކަމެއްގައި ވެސް ޢަމަލު ކެރާންވޫ.

    8
    2