އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރޮން ކާޓާ ރާއްޖޭގެ ޑިޖިޓަލް އާޓިސްޓް، އަލީ ޝިމްހާގްގެ އާޓް ޕީސްއެއް ވަގަށް ނަގައި އޭގެ ބޭނުންކުރި މައްސަލަ އާއި ގުޅިގެން އާރޮންއާ ދެކޮޅަށް "ކޮޕީރައިޓް އިންފްރިގްމެންޓް" ދައުވާ ކުރުމަށް އިއްޔެ އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަން ޝިމްހާގް ކުރި ޓްވީޓެއްގައި ވަނީ ކަށަވަރު ކޮށްދީފައެވެ. ޝިމްހާގް ބުނީ، އާޓްވޯކްގެ މަސައްކަތްތަކީ ވަރަށް ބުރަ އަދި ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަވާ މަސައްކަތްތަކެއް ކަމަށެވެ. އޮންލައިންކޮށް ކުރެހުމެއް ފެންނަން ހުރުމަކީ އާޓިސްޓްގެ ހުއްދަ ނެތި އެ ކުރެހުމެއް ބޭނުން ކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ޝިމާހްގް ބުންޏެވެ.

މިމައްސަލައިގައި ޝިމްހާގްގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ރާއްޖޭގެ ދެ ވަކީލެއްގެ އިތުރުން ދެން ހަރަކާތްތެރިވަނީ ނިއުޔޯކްގެ ލޯ ފާމެކެވެ.

ދައުވާގައި ޝިމްހާގްގެ ފަރާތުން އެދިފައި ވަނީ ކާޓާގެ އަތުން 25000 އެމެރިކާ ޑޮލަރު (385000 ރުފިޔާ) ގެ ބަދަލެއް ނަގައި ދިނުމަށެވެ.

2014 ގައި ޝިމްހާގް ކުރެހި ސިންގާއެއްގެ ކުރެހުން ކާޓާ ބޭނުންކުރަމުން ގެންދާކަން އެނގުނީ އެ ކުރެހުމަކީ ކާޓާގެ އެއްޗެއް ކަމަށް ބުނެ ކާޓާގެ ނަމުގައި ހިންގާ އިންސްޓަގްރާމްގައި އެ ކުރެހުން ހިއްސާ ކުރުމުންނެވެ. ކާޓާ ފޮޓޯ އިންސްޓަގްރާމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އެވެ.

"އަހަރެން މިކަމާ ޝަކުވާކުރީމަ އޭނަ މިހާރު ބުނަނީ ތިމަންނަ ގަނެފައި އިން އެއްޗެކޭ އެއީ. އެކަމަކު އަހަރެން އެއްވެސް މީހަކަށް އެ ކުރެހުން ވިއްކައެއް ނުލަން. އަދި ބޭނުން ކުރުމުގެ ހުއްދައެއް ވެސް ނުދެން،" ބައޮމެޑިކަލް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޝިމްހާގް ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

މައްސަލަ ހޫނުވުމުން ކާޓާ ފަހުން ވަނީ އިންސްޓަގްރާމް އިން އެ ކުރެހުން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙުއްތު

    ލާރިކޮޅު ލިބުނީމަ ސަގާތްކޮށްލާތި

    21
    2
  2. ހަނދާނީ ފިލާ

    ގަދަ ކަލޯ..25000 ޑޮލަރު ލިބުނީމަ ކޮފީއަކަށް ގުޅައްޗޭ...

    21
    4
  3. ހުސޭނު

    ގޯ ގެޓް ހިމް!

    9
    1
  4. އަހުމަދު

    25000 ހާސް މާ ކުޑަ. އާއްމުކޮށް އެމެ ރިކާ މީހަކު ދައުވާ ކިށްފު ނަމަ 10 މިލިއަން ވަ ރު ޖަހާ. ބަދަލު ކު ރޭ.

    11
  5. ޭެެެކުޑަ އެހީ އެއް ބޭނުން ވާ މީހާ

    އެއް ބާ ދެއްޗޭ.ޕްލީސް

    8
    1
  6. Anonymous

    ދަރިފުޅާ ތީތި ކާމިޔާބު ކުރަންވާނެ. ކުޑަޤައުމެއްވީމަ ހިތަށް ނާރާނެ. ބޭނުން ގޮތެއް ހަދާނަމޭ ހީކޮށް އެއުޅެނީ.

  7. ޢަހަރެން?

    ޢޭރުން ކަލޭ ގައިން އެއްބައި އުނި ވަނީ ތަ އެ ކުރެހުން ބޭނުން ކޮށްލާއިރަށް...ތިހާ ދަހިވާކަށް ނުވާނެ...ފުކެއް ބޮޑުވަރު ދެން މީ..