އެކްޓްރެސް ޑިވްޔަންކާ ޓްރިއްޕަތް ޖަޒް ބާތް ޝޯވ ގައި ރޮއްވާލި ވީޑިއޯއެއް މީސް މީޑިއާގެ ސަމާލުކަަމަށް މި ވަނީ އައިސްފައެވެ. ރަޖީވްގެ އެ ޝޯވގައި ޑިވްޔަންކާ ރޮއްވާލީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ ވާހަކަތައް ދެއްކުމުންނެވެ.

ޑިވްޔަންކާ މިހާރު ކައިވެނި ކޮށްގެން އުޅުނު ނަމަވެެސް، އޭނާ ކުރީގެ ލޯބިވެެރިޔާ މަތިން އަދިވެސް ހަނދާން ވާކަން މީގެން އިނގެއެވެ. އެގޮތުން އޭނާ ކުރީގެ ލޯބިވެރިޔާ ޝަރާދް މަލްހޮޓްރާއާ ގުޅޭގޮތުން ވާހަކަދައްކަމުން ދިޔައިރު، އޭނާ ހުރީ ފެންކަޅިވެފައެވެ.

ރަޖީވް ޑިވްޔަންކާ ކައިރީގައި އެ ދެ މީހުންގެ ގުޅުން ކެނޑުމުން ދިމާވި ކަންތައްތަކުގެ ވާހަކަ އެހުމުން، އޭނާ ބުނީ، އަށް އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށްް އައި ކަން އެނގުމުން، ހީވީ މުޅި ދިރިއުޅުން ނިމުމަކަށް އައީ ކަމަށެވެ.

https://www.instagram.com/p/CACJ4i1hy8u/?utm_source=ig_embed

އޭނާ ބުނީ، ފަހުން އޭނާއަށް އެނގުނީ މާ ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ އެއީ ލޯބިކަންވެސް އޭނާއަށް ސުވާލު އުފެދޭ ކަމަށެވެ. އަދި އެއަށްވުރެ މީހަކާއި ލޯބީގެ ގޮތުން ގުޅިގެން ނޫޅުން މާ ރަނގަޅު ކަަމަށް އޭނާ ބުނެފައި ވެއެވެ.

"އަހަރެން ހުރިހާ ކަމެއް ހުއްޓާލިން، އެކަމައެކު އެއަށް ވަގުތު ނެގި"

ޑިވްޔަންކާ އާއި ޝަރާދްގެ ލޯބިގެ ގުޅުން ނިމުނީ 2015 ވަނަ އަހަރު ތެރޭގައެވެ. އޭގެ ފަހުން ޑިވްޔަންކާ ވިވެކް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަނީ ކައިވެނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު